ޕާކިސްތާނުގެ ހިލޭ އެހީގައި ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަނީ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސްޓޭޑިއަމަކީ ރާއްޖޭގައި ކުޅިވަރުގެ ހުރިހާ ދާއިރާއެއް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި ޕާކިސްތާން ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި މި ސްޓޭޑިއަމް ދީފައިވާއިރު، ވަރަށް އަވަހަށް މީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސްޓޭޑިއަމަކީ ރާއްޖޭގައި ކުޅިވަރުގެ ހުރިހާ ދާއިރާއެއް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި ޕާކިސްތާން ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި މި ސްޓޭޑިއަމް ދީފައިވާއިރު، ވަރަށް އަވަހަށް މީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އެހީއަކީ ރައީސް މުއިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ލިބުނު އެހީއެކެވެ. އަދި އެއްބަސްވުމުގައި ސޮއިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގުޅީފަޅުގައި މި ސްޓޭޑިއަމް އެޅުމުގެ ޕްލޭން ވަނީ އެކުލަވާލާފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ކުރުމަށްޓަކައި ޕާކިސްތާނުގެ ޓީމެއް މިއަހަރުގެ ތެރޭގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅީފަޅުގައި އަޅާ މި ސްޓޭޑިއަމްގެ ސަބަބުން، ކުޅޭނެ އެކަށީގެންވާ ދަނޑެއް ނެތުމުން ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް ދިމާވެފައިވާ ދިގުލީ ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެއެވެ. މިހާރު ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދަނީ ސްރީލަންކާ ފަދަ ގައުމުތަކަށް ގޮސްގެންނެވެ.




ކޮމެންޓު