ޙަބަރު

ގަލޮޅު ދަނޑު ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަކޮށް އަލުން ތަރައްގީކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކުޅިވަރު ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގަލޮޅު ދަނޑު އަލުން ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން، ދަނޑުގެ ތިރީގައި ހުރި ފިހާރަތައް ނަގައި، އެތަނާ އިންވެގެން އޮންނަ މަގު ފުޅާކޮށް، ހިނގާފައި އުޅޭ ސަރަހައްދަކަށް (ޕެޑެސްޓްރިއަން ވޯކްވޭއަކަށް) ބަދަލުކުރުމަށް ވަނީ ނިންމަވާފަ އެވެ.

ހުސައިން އިސްމާއިލް

1 މިނިޓު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ގަލޮޅު ރަސްމީ ދަނޑަކީ ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ތަނެއްގެ ގޮތުގައި އަލުން ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކުޅިވަރު ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގަލޮޅު ދަނޑު އަލުން ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން، ދަނޑުގެ ތިރީގައި ހުރި ފިހާރަތައް ނަގައި، އެތަނާ އިންވެގެން އޮންނަ މަގު ފުޅާކޮށް، ހިނގާފައި އުޅޭ ސަރަހައްދަކަށް (ޕެޑެސްޓްރިއަން ވޯކްވޭއަކަށް) ބަދަލުކުރުމަށް ވަނީ ނިންމަވާފަ އެވެ.

މީގެއިތުރުން، ދަނޑުގެ އެތެރޭގައި މިހާރު އޮތް ވިނަގަނޑު އެއްކޮށް ނަގައި އާ ވިނަގަނޑެއް އެޅުމާއި، ސަޕޯޓަރުން އިށީންނަ ސިޑިބަރިތައް މަރާމާތުކުރުން ހިމެނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތްތަކާއެކު ގަލޮޅު ދަނޑު ވެގެންދާނީ ފުޓުބޯޅައާއި، އެހެނިހެން ކުޅިވަރުތަކާއި ހިތްހަމަޖައްސާލުމުގެ ހަރަކާތްތައް ބޭއްވުމަށް ހިތްގައިމު ތަނަކަށެވެ.

ރާއްޖޭގެ އެތެރޭގެ އަދި ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ހުރިހާ ކަމެއްހެން މިހާތަނަށް ބަރޯސާވެފައިވަނީ ގަލޮޅު ދަނޑަށް ނަމަވެސް، އެކަށީގެންވާ ސަމާލުކަމެއް ނުދެވި ދަނޑު ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. ފަހަކަށް އައިސް ބައެއް މަރާމާތުތައް ކުރި ނަމަވެސް، އަދިވެސް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުރީ ނުނިމި އެވެ.

ދަނޑުގެ ވިނަގަނޑު ހަލާކުވެފައި އޮތުމުގެ ޝަކުވާ ކުޅުންތެރިން ކުރަމުންދާއިރު، ސަޕޯޓަރުން އަރާ ބައެއް ސިޑިތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ދަނޑުގެ ބާވެފައިވާ އިމާރާތުގައި ބޮޑެތި ރެނދުތައް ލާފައި ހުރުމުގެ ސަބަބުން ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ވެސް އޮތީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. މީގެއިތުރުން، ދަނޑުގެ ބޭރުގައި ޕާކުކުރާނެ ޖާގަ ނެތުމުގެ ސަބަބުން، މެޗު އޮންނަ ދުވަސްވަރު އެ ސަރަހައްދުގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވެ އެވެ.

ޝެއާ

ކޮމެންޓު