ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 66 / 179

ޙަބަރު

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ސަފުތަކުގައި އިސްކޮށް ތިއްބެވި ތިން ބޭފުޅުންނެވެ. އެއީ: ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ […]

ޙަބަރު

ހއ. އުތީމުގެ ބަނދަރު ތަރައްޤީ ކުރުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ސަރުކާރުން ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފެވެ. […]

ޙަބަރު

ހދ. ވައިކަރަދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެއް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދުއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރުއެވެ. ވައިކަރަދޫގައި ކުރިއަށްގެންދާ މި […]

ޙަބަރު

އއ. ހިމަންދޫ އަދި ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގ ޖެނެރަލް މެނޭޖަރު ހަސަން ރިފާއީ ބުޝްރީއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުމާ ގުޅިގެން، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފާޑުވިދާޅުވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒް މުހުސިން ފާޑުވިދާޅުވެއްޖެއެވެ. މި މައްސަލައަކީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ […]

ޙަބަރު

ލ. މުންޑޫ އަދި ރ. އަނގޮޅިތީމުގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު ދެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ޢަބްދުލް ރަޙްމާން ޔޫސުފްއެވެ. […]

ޙަބަރު

ރާއްޖޭގެ ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އބްދުލް ރަހްމާން ޔޫސުފްއެވެ. މި މަޝްރޫޢުތަކަކީ ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް (ޓާމިނަލް 2) ކުރިމަތިން ޓެކްސީތަކަށް އަރާ ފޭބޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ. އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 10:00 އިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލަކީ އެތެރެއިން އުދުހުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް ޓެކްސީ ހޯދުމުގައާއި ޓެކްސީން ފޭބުމުގައި ކުރިމަތިވާ ދަތިތަކަށް […]

ޙަބަރު

މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތަށް ބޭނުންވާ އިލެކްޓްރިކް އުޅަނދުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް، ކްލިއަރެންސްގެ މަސައްކަތް ހުޅުމާލެ ޕޯޓުގައި ކުރިޔަށް ގެންގޮސްފިއެވެ. މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މިހާރު ގެނެސްފައި ވަނީ ‘ޗަންގަން’ ބްރޭންޑުގެ S05 މޮޑެލްގެ ކާރުތަކެވެ. މީގެ އިތުރުން، ކުރިއަށް އޮތް ޝިޕްމަންޓްތަކުގައި ޗަންގަން އެސްއޯ7 މޮޑެލްއާއި، ކުދި […]

ޙަބަރު

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އެ މަނިކުފާނަކީ ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވައި، މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު […]

ޙަބަރު

މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ “މާލެ ޓެކްސީ ލައިން” ގެ ޚިދުމަތަށް ބޭނުންވާ ޕާޓް-ޓައިމް ޑްރައިވަރުން، ޑްރައިވަރުންގެ ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި ޚިދުމަތާ ގުޅެން ބޭނުންވާ ޑްރައިވަރުން ރަޖިސްޓްރީ ވާންޖެހޭނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިއީ […]

ޙަބަރު

ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކޮށް، ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ސަރުކާރުން ހިންގާ “އެންކާ” ނެޓްވޯކްގެ ތެރެއިން، ރާއްޖޭގެ ތިން ބައިނަލްއަޤްވާމީ ބަނދަރު ލޮޖިސްޓިކަލީ ގުޅައިލެވި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސް ދައުރެއް އަދާކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، “އެންކާ” ނެޓްވޯކަކީ ރާއްޖޭގެ […]