ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 65 / 179

ޙަބަރު

އަމާޒަކީ މާލެ ސިޓީގައި ދިރިއުޅޭ އާއިލާތައް ތަރައްގީކޮށް އަމަލީ ގޮތުން ނަތީޖާ ނެރެދިނުން ކަމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި ހުންނަ އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލައިކާ ވިދާޅުވީ، މި މަގާމަށް ކުރިމަތިލެއްވީ އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުންދާ ދަތިތަކަށް ހައްލު ހޯދައިދީ، މާލެ ސިޓީ ތަރައްގީކުރުމުގައި އާއިލާތަކަށް […]

ޙަބަރު

ރާއްޖޭގެ މައިގަނޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަންޖެހެނީ، އިންތިޚާބުތަކާ ދިމާކޮށް ހިންގާ “ކަޑަޖެހުން” ހުއްޓުވައި ހުދުމުޚުތާރު ނިޒާމު ނައްތާލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ‘ސަންގު ޓީވީ’ން ގެނެސްދިން “އެސްޕްރެސޯ ވިތު ރައީސް” ޕްރޮގްރާމުގައި ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުވޭނެ މަޖިލީހެއް އިންތިޚާބު ކުރުމަށް އޮތް މުހިންމު މަގެއް ކަމަށެވެ. އަދި ހުދުމުޚުތާރުކޮށް ވެރިކަން ކުރަން ބޭނުންވާ ބަޔަކު އަބަދުވެސް ބޭނުންވާނީ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްތަކުގެ މެންބަރުންގެ މަސައްކަތްތަކާމެދު ރައްޔިތުން ހިތްހަމަނުޖެހޭ ހާލަތްތަކުގައި، އެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ. ޒުވާނުންނާ ބައްދަލުކުރެއްވުމަށް “ޔޫތު ހަބް” ގައި ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ހުށަހަޅާ އިސްލާހީ އެޖެންޑާގެ ދަށުން “ރީކޯލް ވޯޓު” ނުވަތަ މެންބަރުން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ. […]

ޙަބަރު

މި ސަރުކާރުން ކުރިއަށްގެންދާ އިސްލާޙީ މަސައްކަތްތަކަކީ އަމިއްލަ ޒާތީ ލުއިފަސޭހައަކަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަންގު ޓިވީން ތައްޔާރުކޮށްގެން ގެނެސްދިން “އެސްޕްރެސޯ ވިތް ރައީސް” ޕްރޮގްރާމުގައި ރޭ ޒުވާނުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ސަރުކާރުގެ އިސްލާޙީ އެޖެންޑާގެ ދަށުން ރައްޔިތުންގެ […]

ޙަބަރު

ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުން ދިވެހިރާއްޖެއިން ބަލައިނުގަންނަކަން ރަސްމީކޮށް އިނގިރޭސި ސަރުކާރަށް އަންގާފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި އެއްބަސްވުމާ މެދު އޮތް ކަންބޮޑުވުންތައް ލިޔުމުންނާއި ފޯނުން ކުރެވުނު މަޝްވަރާތަކުގައި އިނގިރޭސިވިލާތަށް ހާމަކޮށްފައެވެ. މިގޮތުން، ނޮވެމްބަރު 2024 އަދި މިދިޔަ ޖެނުއަރީ ގައި މި މައްސަލައިގައި ރާއްޖެއިން ރަސްމީކޮށް އިޢުތިރާޒުކޮށް ސިޓީ ފޮނުވާފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ […]

ޙަބަރު

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިކަމަށްޓަކައި ދިއްދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އޮނަރަބަލް ޢަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله […]

އަޕްޑޭޓު
ޙަބަރު

ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރު ބޮޑުކުރުމުގެ އިތުރުން ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ފަރެސްމާތޮޑާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އަދި އެމްޓީސީސީގެ އިސްވެރިންނާއި ރަށު ކައުންސިލްގެ ރައީސް […]

އަޕްޑޭޓު
ޙަބަރު

ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޖަމްޝީދާއި، […]

އަޕްޑޭޓު
ޙަބަރު

ގދ. ހޯޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހޯޑެއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒް އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެމްޓީސީސީގެ ޑެޕިއުޓީ […]

އަޕްޑޭޓު
ޙަބަރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނީ މައްސަލައެއް އޮތް ކަމަކަށް ނުފެންނަ ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. އާޒިމާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ “ސިޔާސަތު ހާއްސަ” ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުންނެވެ. އާޒިމާ ވިދާޅުވިގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ގާނޫނުއަސާސީން އެކަންތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްވާ ދެ އިންތިހާބު އެއް ނުކުރެވޭނޭ […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސް ހާއްސަ ބިލެއް ފާސްކުރާތާ 15 ދުވަސްތެރޭ، އެ ބިލް ފާސްކުރަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި ތަސްދީގުނުކޮށްފިނަމަ ބިލު ބާތިލުވާނޭ ބުނާބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ދިޔާނާ ވިދާޅުވީ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު ތަސްދީގުކުރުމާއި ބެހޭގޮތުން ގާނޫނުއަސާސީގައި ދެ މާއްދާއެއް އޮންނަ ކަމަށެވެ. […]

ޙަބަރު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ އޭގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ތާއީދުކުރައްވާކަން އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކުރަމް ކަމާލުއްދީން ހާމަކުރައްވައިފިއެވެ. އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަކުރަމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ މި ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކުރައްވާ މައިގަނޑު ހަ ސަބަބެއް ތަފްސީލީ ގޮތެއްގައި […]