ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑު ދަރަންޏެއް ކަމަށްވާ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ) ގެ ސުކޫކު، ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި، މި ސަރުކާރުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކައި ހަލާސްކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް […]
ޙަބަރު
ފަހުގެ ޚަބަރުތައް
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން (އީސީ) އިޢުލާންކޮށްފައިވާއިރު، މި ނަތީޖާ ދައްކާގޮތުން ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) އިން ޖުމްލަ 584 ގޮނޑި ކާމިޔާބުކޮށް، އިންތިޚާބުގެ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 563 ގޮނޑިއެވެ. ރަށްރަށުގެ މެޖޯރިޓީއަށް ބަލާއިރު ޕީއެންސީން 75 ރަށެއްގެ ކައުންސިލް މެޖޯރިޓީ ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 73 ރަށެއްގެ މެޖޯރިޓީއެވެ. މީގެ އިތުރުން […]
މާލޭގެ މަގުމަތީގައި އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ބޭނުންވާ ފޮޓޯ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ސީނިއާ މެންބަރު ޝުޖާއު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ރެއަކު މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެމްޑީޕީން ހިންގާ ހަރަކާތްތަކަކީ ސަރުކާރުގެ ނިންމުމަކާ ގުޅިގެން ނުވަތަ ކަމެއް ގޯސްވެގެން ކުރާ ކަމެއް […]
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް އޮތް އިތުބާރު ބޮޑުވަމުންދާކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހޯދައިފިއެވެ. އައިޖީއެމްއެޗްގެ ކަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމުން ވަނީ މުހައްމަދު ޔާސިން ޒާދީ ނަމަކަށް ކިޔާ ބަލިމީހެއްގެ އުނަގަނޑުގެ ދެހުޅު އެއްފަހަރާ ބަދަލުކުރުމުގެ ނުވަތަ “ބައިލެޓަރަލް ޓޯޓަލް ހިޕް ރިޕްލޭސްމަންޓް” އޮޕަރޭޝަން ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ޔާސިންގެ ބަލި ހާލަތު އެންމެ ފުރަތަމަ އެނގުނީ […]
ކާމިޔާބީއާއި ނާކާމިޔާބީގައި ވެސް ސަރުކާރުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވަނީ އއ. ރަސްދޫ، އއ. ތޮއްޑޫ އަދި އއ. އުކުޅަހުން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ތާރީހީ […]
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަތޮޅުތެރޭގެ ބައިނަލްއަގުވާމީ އެއާޕޯޓަކުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ތާރީޚީ ފެށުން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އުމްރާގެ އަޅުކަމަށް މީގެ ކުރިން ރާއްޖެއިން ފުރާ ހުރިހާ އުމްރާވެރިންވެސް ދަތުރުކުރަން ޖެހެނީ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށެވެ. ނަމަވެސް، މި ނިންމުމާއެކު އަތޮޅުތެރޭގެ އެއާޕޯޓަކުން ސީދާ ރާއްޖޭން ބޭރަށް، ޚާއްޞަކޮށް […]
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުން ދިޔަ ނަމަވެސް، ދިވެހި މަސްވެރިންނަށް އެކަމުގެ ބުރަ ނުޖައްސައި، ސަރުކާރުން އެކަން އެންމެ ފުރިހަމައަށް މެނޭޖުކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުރު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަހަށް ނުކުމެވޭނެ މަގު ކަށަވަރުކޮށްދިނުމަށް […]
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެބް އެޕް މެދުވެރިކޮށް މާލެ ޓެކްސީ ލިބޭގޮތް ހަދައިފިއެވެ. އެމްޓީސީސީ އިން ވަނީ މާލެ ޓެކްސީގެ ހިނދުމަތް އިތުރަށް ފަސޭހަ ކުރުމަށްޓަކައި ވެބްއެޕެއް ތައާރަފްކޮށް، އެޕުގެ ހިދުމަތް ދޭން ފަށާފައެވެ. މިހާރުވެސް1655 އަށް ގުޅާލުމުން ޓެކްސީ ހޯދޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. ވެބްއެޕުން ދަތުރު ހޯދާނެ ގޮތް: އަމިއްލަ ނަންބަރު އެސްއެމްއެސް ކޯޑް މެދުވެރިކޮށް ވެރިފައި ކޮށްލާ ދަތުރު ކުރާ ޕަސެންޖަރުންގެ އަދަދާއި ގެންދާ […]
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އާ އޮފީހެއް އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި މި ބިއުރޯއަކީ، ރައްޔިތުން ހުށަހަޅާ ތަފާތު މައްސަލަތައް ބަލައި، އެކަންކަމަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ހާއްސަކޮށްގެން އުފެއްދެވި ތަނެކެވެ. މިފަދަ ބިއުރޯއެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. […]
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ހާއްސަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް ޖުލައި މަހުގެ ނިޔަލަށް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މި ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން […]
އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލުމުން، ދެން އަތޮޅު ކައުންސިލްތަކުގެ މަސައްކަތްތައްކުރަމުންދާނީ ލޯކަލް ގަވާމެންޓް އޮތޯރިޓީން ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ. އެލްޖީއޭއިން މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާ އުވާލުމާ ގުޅިގެން ޤާނޫނީ ހުސްކަމެއް އަތުވެދާނެ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ. އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނުއަސާސީގައި ވަނީ […]
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހުންނަ ސުނާމީ ބިނާ މައިޒާން ވީރާނާވެފައި އޮތުމަށްފަހު، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކުންފުނިން ބުނި ގޮތުގައި، ސުނާމީ ބިނާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މި މަހުގެ ދެވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލައިފައެވެ. މަސައްކަތް ނިންމާލުމަށްފަހު، އެ ސަރަހައްދު ދިއްލާލައި، ގެނެސްފައިވާ ބަދަލުތަކުގެ ފޮޓޯތައް އެމްޓީސީސީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. […]











