ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެކަމާ ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޚާއްސަކޮށް، ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަށްފަހު ދަތުރު ނުކުރެވުމުގެ މައްސަލަތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިފަދަ […]
ޙަބަރު
ފަހުގެ ޚަބަރުތައް
މުދަލު ޒަކާތް ވާޖިބުވާ ފައިސާގެ ނިސާބަށް ބަދަލު އައިސްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު އިޢުލާނު ކުރައްވައިފި އެވެ. ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ މިންވަރަކީ 21،836.50 (އެކާވީސް ހާސް އަށްސަތޭކަ ތިރީސް ހަ ރުފިޔާ ފަންސާސް ލާރި) އެވެ. މިއީ ކުރިން ކަނޑައެޅިފައިވާ މިންވަރަށްވުރެ ބަދަލު އައިސްފައިވާ އަދަދެކެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލަނީ ރިހީގެ އަގަށެވެ. ދުނިޔޭގެ ބާޒާރުގައި […]
:ރާއްޖޭގައި ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް، މަސްވެރިކަމާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ގދ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙުމަދުއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުގެ ސަބަބުން، ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވައި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް މަގުފަހިވާނެ ކަމަށް މި ބިލު ހުށަހެޅުއްވި ގދ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙުމަދު […]
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ، މި ހިނގާ އޭޕްރިލް މަހުގެ 25 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ހިތަދޫ އުތުރު ދާއިރާގެ އިތުރުން މާލޭގައި ވެސް ވަނީ […]
ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަކަށް، މާދަމާ އިން ފެށިގެން އެސްޓީއޯގެ ކާނިވާ ނުވަތަ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދަކަށް މި ލުއި ފަސޭހަކަން މާދަމާ އިން ފެށިގެން ލިބިގެންދާނެއެވެ. މީގެ އިތުރުން “ފަހި ހަކަތަ” ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ފަސްވަނަ ސެގްމެންޓްގެ ކުއޭވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މި ހަފުތާގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމާއި، ނަރުދަމާ ނިޒާމު އަޕްގްރޭޑް […]
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ “ސީ-ޓު-އެއާ” ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ މާޗް މަހުގެ ތެރޭގައި 75 ޓަނަށް ވުރެ ގިނަ މުދާ ބޭރު ގައުމުތަކަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހުގެ ތެރޭގައި ދުނިޔޭގެ 14 ގައުމެއްގެ 12 މަންޒިލަކަށް ވަނީ މި ޚިދުމަތުގެ ދަށުން މުދާ ފޯރުކޮށްދީފައެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ ހަތް އެއާލައިނަކުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގައި ސީ-ޓު-އެއާ ކާގޯގެ […]
ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ހިދުމަތުގައި ރުކުރުވާލި އެންމެ ބިޔަ ލަޝްކަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހި އަސްކަރިއްޔާއަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ. މި މުނާސަބަތާ ގުޅިގެން މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. […]
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުށީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ތިލަފުށީ ބަނދަރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ދުވެއްޔާ މެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށާއި، […]
ސަރުކާރުގެ އެއްވެސް މަޤާމަކަށް ކުރިއަށް އޮތްތަނުގައި މުވައްޒަފުން އައްޔަންކުރާނީ އެމީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ‘މެރިޓް ބޭސްޑް’ އުސޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަވަނީ ރައްޔިތުން އެދޭ ގޮތަށް، ޚަރަދުތައް ކުޑަކޮށް، ހަރުދަނާ ނަތީޖާއެއް ނެރުމަށް ކަމަށެވެ. ޚާއްޞަކޮށް، ސިޔާސީ ނުފޫޒުން ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. “ދެން […]
ޤާނޫނުއަސާސީއަށް އިތުރު އެއްވެސް އިސްލާހެއް ގެނައުމަށް ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ސާބިތުވެގެންދިޔައީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ. “ފެންނަ ނުފެންނަ ވޯޓުން […]
މޭ 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅޭ މައްސަލައިގެ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ. ޕީޖީ އޮފީހުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމުގައި ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް އިތުރަށް އަވަސްކޮށް، ވީ އެންމެ އަވަހަށް އެ އޮފީހަށް ހުށަހެޅުމަށް މި މަހުގެ 8 ވަނަ […]










