މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ މޯބައިލް އެޕްލިކޭޝަން “މާލެ ޓެކްސީ” ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފިއެވެ. މި އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ޑައުންލޯޑު ކުރެވޭނެއެވެ.މި އެޕްލިކޭޝަންގެ އެހީގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރުތައް ބުކްކޮށް، އެޕްލިކޭޝަންގެ އެތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓުން ނުވަތަ ބޭންކް ކާޑުތަކުން ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން ދަތުރު ނިންމުމަށްފަހު ކިއުއާރު ކޯޑު މެދުވެރިކޮށްވެސް ފައިސާގެ މުއާމަލާތްތައް […]
ޙަބަރު
ފަހުގެ ޚަބަރުތައް
ބ އަތޮޅު މާޅޮހުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ގާއިމުކޮށް، އެ ރަށު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފިއެވެ. މާޅޮހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައ،ި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބަރ އެންޑް ޓެކްނޯލޮޖ،ީ އޮނަރަބަލް ޢަލީ އިޙްސާން އާއ،ި ކޮމިޝަނަ ރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙަމަދު ޖަމްޝީދު އާއި މާޅޮސް ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީއިން ބުނީ،މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް […]
ދިވެހި ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށާއި މަސައްކަތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަގުސަދުގައި، އެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ، އަލަށްގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ ޖޫން 1 ވަނަ ދުވަހުގައި ކަމަށެވެ.މިއީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށާއި، އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އޮނިގަނޑު ތަންފީޒުކުރުމުގެ […]
ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް (ކީވޯލް) ބިނާކުރުމާއި ޕޭވްމަންޓް އެޅުމުގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ، މިއީ ޖުމްލަ 18.80 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. 120 ދުވަހުގެ (4 މަސް ދުވަސް) ތެރޭގައި ނިންމަން ޖެހޭ މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. މަޝްރޫއުގެ ދަށުން […]
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށްގެންދާ މެޑިކަލް ވެލްފެއަރ ސްކީމް ގެ ދަށުން ދެމުންގެންދާ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފިއެވެ. ހެލްތު މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ އެ ހިދުމަތްތައް މިއަހަރުގެ ޖޫން1 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ބަދަލުކޮށްފައިވާ ހިދުމަތްތައް: ގޯޝަން ބަލި ހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން. ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ހާއްސަ ބޭސްތައް ފޯރުކޮށްދިނުން. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ […]
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ގަސްތުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަަލުވުމުގައި،ރައީސް މިކަން ހާމަކުރެއްވީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅަން ނިންމާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފްސީލު ހިއްސާކުރައްވަމުންނެވެ. މީސްމީޑިއާގެ ޒަރީއާއިން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، އޮންލައިންކޮށް ބުލީކުރުމާއި ކުދިން ގްރޫމްކުރުން […]
ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ޕީއެންސީ މެންބަރު އަދި އޭދަފުށީ ދާއިރާގެ މެންނަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ. ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ސަލީމް މި މަގާމަށް އިންތިހާބުވެވަޑައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުލުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އަހުމަދު ސަލީމް ހޮވިވަޑައިގަތީ، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައި […]
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފައި އޮތް އޮތުމަށް މި މަހުގެ ފަހުކޮޅު ބޮޑު ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ،ބީއެމްއެލް އިން މިހާރު ލިމިޓްތައް ހިފަހައްޓާފައިވަނީ ދަތިތަކެއް ހުރުމުން ކަމަށާއި، ނަމަވެސް ރައީސް އޮފީސް މެދުވެރިކޮށް ބޭންކުން މައުލޫމާތު ހޯދުމުން މި މަސް ނިމުމުގެ ކުރިން […]
ދުންފަތާއި ނިކޮޓިންގެ ނުރައްކާތެރި ވަބާއިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި އެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ،ދުންފަތުގެ ވަބާއިން ރައްޔިތުން، ހާއްސަކޮށް ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އީ-ސިނގިރޭޓް ނުވަތަ ވޭޕް މަނާކުރުމަށް ނިންމި ނިންމުމާއި، ދުންފަތް މަނާކުރާ ޖީލެއް ބިނާކުރުމަށްޓަކައި “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޛުކުރާ ދުނިޔޭގެ ފުރަތަމަ ޤައުމަށް […]
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހުގެ މުނާސަބަތުގައި، ޒުވާނުންނަށް އަމާޒުކޮށްގެން ނެރެމުންދާ ދުންފަތާއި އެހެނިހެން ބާވަތްތަކުގެ ގެއްލުންދެނިވި އަސަރުތަކުން އަންނާން އޮތް ޖީލުތައް ރައްކާތެރިކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. ޑަމް ސާޖިދާ އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ މުސްތަޤްބަލަކަށްޓަކައި ރާއްޖެއިން މިހާތަނަށް ތާރީޚީ ފިޔަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ވަބާއިން ޒުވާނުން މުޅިން ސަލާމަތްކުރުމަށްޓަކައި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ތަޢުލީމު ދިނުމުގެ އިތުރުން […]
އިންޑިއާ އަށް ދަތުރުކުރާ ފަތުރުވެރިން، ފުރުމުގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމު ހުށަހެޅުމަށް މޯލްޑިވިއަން އިން އިލްތިމާސްކޮށްފިއެވެ. މޯލްޑިވިއަން އިން ހިއްސާކުރި ދަތުރުވެރިންގެ ނޯޓިސް އެއްގައި ބުނީ، އިންޑިއާއަށް ދަތުރުކުރާ ހުރާ ފަސިންޖަރުން، އިންޑިއާ ސަރުކާރުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންގެ އެންގެވުމާ އެއްގޮަތަށް ، އެ ގައުމަށް ދަތުރު ކުރުމުގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމު ފުރިހަމަ ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ. މޯލްޑިވިއަން އިން ބުނި މި ފިޔަވަަޅަކީ ދުނިޔޭގެ ސިއްހަތު […]
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށެވެ. މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ނާޒިމްގެ އިސްތިއުފާގެ ސިޓީ ލިބިފައިވަނީ މިއަދު ހެނދުނު 08:36 ގައެވެ. އެއީ އޭނާ ވަކިކުރުމުގެ ޖަލްސާ ފެށުމަށް ކުޑަވަގުތުކޮޅަކަށް […]










