ޙަބަރު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ޕީއެންސީ މެންބަރު އަދި އޭދަފުށީ ދާއިރާގެ މެންނަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ސަލީމް މި މަގާމަށް އިންތިހާބުވެވަޑައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުލުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
- އަހުމަދު ސަލީމް (ޕީއެންސީ): 62 ވޯޓު
- ހުސެއިން ޒިޔާދު (އެމްޑީޕީ): 10 ވޯޓު
- ބާތިލު ވޯޓު: 2 ވޯޓު
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.






ކޮމެންޓު