ދުނިޔޭގެ މާލީ ދާއިރާތަކުގެ ކަންބޮޑުވުމަކީ ފިޗެއް ނޫން ކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށް ދަރަނި ނެގުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ރޭޓިންތަކަށް އަންނަ ބަދަލުތަކަށްވުރެ ބޮޑަށް، ފާއިތުވި ދުވަސްތަކުގައި […]
ޙަބަރު
ފަހުގެ ޚަބަރުތައް
އައްޑޫ ސިޓީ ކައުންސިލްގެ މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެ، ކައުންސިލްގެ މާލީ ހިންގުމުގައި ހުރި ބޮޑެތި އިހުމާލުތަކެއް ފާހަގަކޮށްފިއެވެ. އެގޮތުން، މި ރިޕޯޓުގައި ކައުންސިލްގެ އެކައުންޓްތައް ބެލެހެއްޓުމާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ވަނީ ތަފްޞީލްކޮށްދީފައެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، ރަށްރަށުގެ ބިންބިމުން ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ރެކޯޑްތައް އެދެވޭ ގޮތެއްގައި ބަލަހައްޓާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، […]
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް އިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު،، އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން ވަނީ ޖުމްލަ 54 އޮޕަރޭޝަނެއް ފުރިހަމަކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ބަލިމީހުން އުފުލާފައިވަނީ ތަރޑް ސްކޮޑްރަންއިންނެވެ. އެއީ 16 މެޑިކަލް އިވެކުއޭޝަނެވެ. އެމްއެންޑީއެފް އިން […]
ކުޑަކުދިންނަށް ރައްކާތެރި އަދި ބާއްޖަވެރި މުޖުތަމައެއް ހޯދައިދެވޭނީ ދައުލަތުގެ މުއައްސަސާތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމައު އެކުވެގެން، އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ސިއްްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސިއްހަތާއި ޢާއިލާއާއި އިޖުތިމާއާ އެހީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މީރުމާގައި ބޭއްވި “މަޝްވަރާ އޮން ޗައިލްޑް ރައިޓްސް” ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވިގޮތުގައި،ސަރުކާރުގެ ބޮޑު އަމާޒަކީ […]
އދ. ގެ މެންބަރަކަށް ދިވެހިރާއްޖެ ވީތާ 60 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ. ގެ އިޤްޠިޞާދީ އަދި އިޖުތިމާޢީ ކައުންސިލް ގެ 2027 އިން 2029 އަށް ހިނގާ ދައުރުގެ ގޮނޑިއަކަށް ރާއްޖެ އިންތިޚާބުވެ، ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ތާރީޚީ އަދި ފަޚުރުވެރި ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކާމިޔާބީން ކާމިޔާބީން ހާމަވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި، ބައިނަލްއަޤްވާމީ […]
ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެކަނި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ޤައުމީ ކުޑަކުދިންގެ ދުވަހުގެ “މަޝްވަރާ” ފޯރަމް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި ގޮތުގައި، ކުދިންނަށް އަޅާލުމުގެ މާނައަކީ ހަމައެކަނި ޒަރޫރީ ކަންކަން ކޮށްދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިންގެ ވިސްނުމާއި އަޚްލާޤު ކުރިއެރުވުމާއި، ހިތްތަކުގައި […]
ބައިއިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗު ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ‘CCC-‘ އަށް މަތިކޮށްފިއެވެ. ރާއްޖެއިން ދަރަނި ނުދެއްކިދާނެ ކަމަށް ލަފާކުރެވުނު ބިރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.ފިޗުން ލަފާކުރާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ހުރި ހަލަބޮލިކަމާއި ގޮންޖެހުންތަކާއެކުވެސް، މެދު ރާސްތާއެއްގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކުރިއަށްވުރެ ވަރުގަދަވާނެއެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރުގެ ދަތިތަކާއި، އަދި މެދުއިރުމަތީގެ ހަލަބޮލިކަމުގެ ސަބަބުން ކުރު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް އަދިވެސް ގޮންޖެހުންތަކާ […]
ގދ. ފަރެސްމާތޮޑާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ(އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ދަނޑުގައި ފީފާ މިންގަނޑަށް ފެތޭ ފެންވަރު ރަނގަޅު އާޓިފިޝަލް ޓާފް އަޅާފައެވެ. މީގެ އިތުރުން ގޯލްޕޯސްޓް ހަރުކުރުމާއި، ދަނޑު ވަށައިގެން ރައްކާތެރިކަމުގެ ފެންސް ޖެހުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި ކުޅުންތެރިން ބޭނުންކުރުމަށް ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ވެސް މި […]
މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ. އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން – “ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް” ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ޕީޖީ އައްބާސް ވިދާޅުވީ،މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ޤައުމުތަކުން […]
މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމްގެ ދަށުން ފަންނީ ތަމްރީނު ފުރިހަމަކުރުމަށް 77 ބައިވެރިއަކު ބ. ކިހާދުއަށް ފުރައިފިއެވެ. މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ […]
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގައެވެ. ކަސްޓަމްސް އިން ހިފެހެއްޓި މަސްތުވާތަކެތި ތަހުލީހު ކުރިއިރު، އެ ތަކެތި ފެތެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށެވެ.ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެއެވެ. އެއީ 941 ގްރާމް […]
އއ. ފެރިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދިނުމަށްޓަކައި ބިނާކުރި އައު ޕޮލިސް ސްޓޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި ރަސްމިއްޔާތުގައ،ި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބަރ އެންޑް ޓެކްނޯލޮޖ،ީ އޮނަރަބަލް ޢަލީ އިޙްސާން އާއ،ި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދާއި ފެރިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތާއ،ި ސީލިންގް ހަރުކުރުމާއ،ި […]











