ޙަބަރު

ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އާމިނަތު ރޫޔާ

1 މިނިޓު
ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގައެވެ. ކަސްޓަމްސް އިން ހިފެހެއްޓި މަސްތުވާތަކެތި ތަހުލީހު ކުރިއިރު، އެ ތަކެތި ފެތެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށެވެ.ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެއެވެ. އެއީ 941 ގްރާމް މެތަމްފެޓަމިން އެވެ.

ޝެއާ

ކޮމެންޓު