މެޓްއިން ހުދު ސަމާލު ނެރިފައިވަނީ މިރޭ 19:30 އިން ދަންވަރު 1:30 އަށެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00 އަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. ދެކުމުގެ އަތޮލުތަކަށް އިރުދެކުނާއި ދެކުނުން ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރިދެކުނުން ގަޑިއަކު […]
ޙަބަރު
ފަހުގެ ޚަބަރުތައް
ވަޒީރު އިހުސާން އެހެން ވިދާޅުވީ ރޭ ޕީއެންސީގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒާންމަތާއި ހަވާލުވެވަޑައިގެންނެވިއިރު ލިބިވަޑައިގެންނެވީ ފާނަކުރުވަނި ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ ކުރެއްވި ހިޔާލުފުޅާ ދެއްވަން ބޭނުންވި ހިދުމަތްތައް ހުރަސްއެޅި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. “މި ވަރަށް ނަގިލި ވަށްޓައިގެން ހިފައިގެން ހުއްޓާވެސް އަޅުގަނޑުމެން ރާއްޖެ މި ދަތުރުކުރަމުންދަނީ ބާރު ސްޕީޑްގައި. އެހެންވީމަ […]
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މިހާރު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފީއަލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު އެއްކޮށް ކަނޑުވައިލެއްވުން ކަމަށެވެ. ވޭތުވެދިޔަ މުއްދަތުގައި ރައީސް ޑރ.މުޢިއްޒަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ހިނގައްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެކަން ހިނގައިފި ކަމަށް […]
ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ވާހަކަ ކުރިން ވިދާޅުވެފައިވާނެ ކަމަށާއި އަބަދުވެސް ވާހަކަފުޅު ދައްކަވާނީ ތެދުބަހުން ކަމަށެވެ. ”އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑު ދައްކާ ވާހަކަތަކުގަ އަޅުގަނޑުގެ ފަރާތުން ރައްޔިތުންނަށް ދަންނަވާ ވާހަކައެއްވިއްޔާ ޒިންމާ ނަގާނެ މީހެއް.” އެހެންކަމުން ވައުދެއްވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާނެ ކަމަށާއި އެމަނިކުފާނަކީ އެހެން ބައެއް މީހުން ކަންތައް ކުރާހެން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހު ރައީސް ދެއްވީ އެއާޕޯޓުގެ މަސައްކަތް […]
ރައީސް މުއިއްޒު ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފީއަލީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައިވެސް އެރަށުގެ ބިން ހިއްކައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން، އެ ވައުދާ އެއްގޮތަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. “އަޅުގަނދު ކެމްޕެއިނުގެ ތެރޭގަވެސް އެ ވައުދުވިން. ވައުދުވީ ފުއްދުމުގެ ބޭނުމުގައި. އެހެންވީމަ ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ. ހިއްކުނު އެންމެ […]
ސޯލިހް ރޭ ދެއްކި ވާހަކަތަކާއި ގުޅިގެން ހަމްދާން ކުރި އެކްސްއެއްގައި ވިދާޅުވީ، އެންމެ ފަހު 6 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ނަމަކަށް ކަމެއް ކުރަން ކަމަށެވެ. އަދި ސޯލިހްގެ ވެރިކަމުގައި ހިންގީ ޖަރީމާކަން ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ސާފު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “އަދި ކޮށްފަ ހުރި ވައްކަންތަށް ހިސާބުކޮށް ނިމޭ އިރު ދައުލަތަށް ދަރިފަސްކޮޅުގެ މުދާވެސް ނަގާ ހިސާބުގަ ކަން ހުރީ،”. ސޯލިހް ރޭ ވިދާޅުވީ، […]
އައްޑޫ ސިޓީގެ ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެކުނުގައި ޤާއިމްކުރާ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ ކެޕިޓަލްއަކީ އައްޑޫސިޓީކަމަށާއި ހިތަދޫ ހޮސްޕިޓަލް ތަރައްޤީކުރައްވާނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް ކަމުގައެވެ. ހޮސްޕިޓަލަށް ވަރަށް ގިނަ އެކްސްޕޭންޝަން ބޭނުންވާނެ ކަމަށާއި އޭގެތެރެއިން ބައެއް ކަންކަން ފެށުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި އޭރުން އެޚިދުމަތްތައް ހޯދުމަށް މާލެދިޔުން ނިމުމަކަށް އަންނާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިމަޝްރޫޢުތަކުގެ ގިނަމަސައްކަތްތަކަކީ އަންނަ އަހަރުގެ […]
ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ލ. އަތޮޅުގައި ޓޫރިޒަމްގެ ގިނަ އެނދުތަކެއް ތަރައްގީކޮށްގެން ނޫނީ ސަސްޓެއިނަބަލް ގޮތަކަށް އެ އަަތޮޅުގެ ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. “ގަމުގައި ވެފައިވާ 700 އެނދުގެ ވައުދާއި، އަދި ކައްދޫގައި އަޅުގަނޑުމެން މި ޕްލޭންކުރާ ޕްރޮޖެކްޓާއި، އަދި ލ. އަތޮޅުގެ ރަށްރަށަށް ދުނިޔޭގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި، އެހެންކަމުން އެ މަސައްކަތް […]
ރައީސް މުއިއްޒު ލ.މާވަށް ވަޑައިގަތުމުނ،ް މިހާރު އެ ރަށުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ސަރުކާރަށް ކުރިމަތިވި ކަމަށެވެ. މިދިޔަ ސަރުކާރުން ރާވާފައި އޮތީ ރައީސް މުއިއްޒު ވެރިކަމަށް އަންނަތާ 90 ދުވަސްތެރޭގައި ސަރުކާރު ބަނގުރޫޓުވާގޮތަށް ކަމަށް ވިދާޅުވިއެވެ. “މުޅި އެތި ޑިޒައިންކޮށްފައި ރާވާފައި ސީލްކޮށްފައި އެޑިޒައިން ބާއްވާފައި އޮތީ ތިން މަސް ދުވަސްތެރޭގައި ރާއްޖޭގެ ބަނގުރޫޓު ވާނެއޭ. ދެން ބަނގުރޫޓް ވީމަ ކުރީގެ […]
ސޯޝަލް މީޑިއާ އެކްސްގައި ނަޝީދު ގެންގުޅުއްވާ “އަނެއްދިވެހިރާއްޖެ” އެކައުންޓްއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލީ ޒިންމާތައް އަދާކުރައްވާތަން ފެނުމުން އުފާކުރައްވާކަމަށެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ މާލީ ސިޔާސަތު ހާމަކުރައްވައި ދެއްކެވި ވާހަކަފުޅެއް ރިޕޯޓްކޮށްފައިވާ ޚަބަރަކަށް ކޮމެންޓް ދެއްވަމުންނެވެ. ރައީސް މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާވަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 50 މިލިއަނުން މަތީގެ ތަރައްޤީގެ މަޝްރޫޢުތައް ފަށްޓަވާނީ ,މިއަހަރުގެ ޖޫންމަހުގައި ކަމަށެވެ. ރައީސް […]
މިނިސްޓަރު ޝަހީމް އެ ޖަމިއްޔާގެ އެންމެ މަތީ މަޖިލީހަށް އައްޔަން ކުރެއްވީ އެ ތަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމުލްއީސާއެވެ. މުސްލިމް ވޯލްޑް ލީގަކީ އިސްލާމީ އަދި ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ބޭފުޅުން ހިމެނޭ ގޮތަށް މީގެ 62 އަހަރު ކުރިން 1962 ވަނަ އަހަރު އުފެއްދި، އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ތަނުގެ މައި އޮފީސް ހުންނަނީ މައްކާގައެވެ. އިސްލާމީ ދައުވަތާއި ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ އިތުރުން […]
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މަގާމާ ހަވާލު ވެވަޑައިގެން ދިވެހިންގެ އިސްލާމީވަންތަކަށް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި ދީނީ ތަފާތު މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ދެއްވާ ސަމާލުކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ. “އެގޮތުން މި އަހަރުގެ ބަރަކާތްތެރި ފިތުރު އީދުން ފެށިގެން ރާއްޖޭގެ އީދުގެ ތާރީހުގައި މުޅިން އަލަށް ކުލަބޮކީގެ ތަފާތު ކުލަތަކުން ރާއްޖޭގެ އެކި ކަންކޮޅުތައް އީދުގެ މުނާސަބަތަށްޓަކައި ޒީނަތްތެރިކޮށް އީދުގެ ދުވަސްތަކުގައި ތަހްލީލާއި ތަކުބީރުގެ ތަހްޟީދުގެ އަޑު ދިވެހިންގެ […]











