ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 162 / 179

ޙަބަރު

ރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް އިންތިހާބަށް މިހާރު ކުރިމަތިލައްވާފައިވާ އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް ފިޔަވަޅެއް އެޅެން ނެތް ކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީން ވާހަކަ ދައްކައިފި އެވެ. އިދިކޮޅު އެމްޑީޕީގެ މަޖިލިސް ކެމްޕެއިނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ވާދަކުރައްވާ އަލީ ވަހީދާ […]

ޙަބަރު

ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާކަމަށެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައާއި އަދި އެނޫންވެސް ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ އަސަރު ފަތުރުވެރިކަމަށް ކޮށްފައިވާކަމަށެވެ. ނަމަވެސް މިކަންކަމުން މިހާރު އަރައިގަނެވެމުން އަންކަމަށް ވިދާޅުވިއެވެ. ފަތުރުވެރިކަން މިހާރު ކުރިއަރަމުންދަނީ ހަލުވި ދުވެލީގައިކަމަށާއި، އަހަރުގެ މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިހާރު ލަފާކުރެވޭކަމަށް ސައީދު ވިދާޅުވިއެވެ. ދުނިޔޭގެ އެކި […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން އިންތިހާބުގައި ބޭނުންކުރަންފެށި ”ދިވެހީންގެރާއްޖެ“ ޝިއާރަކީ ރީއްޗަކަށް ކީ ނަމެއް ނޫންކަމަށާއި އޭގައި ވަރަށް ފުން މާނަތަކެއް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ދިވެހި ގައުމު އޮތީ އަމިއްލަ ބާރު ގެއްލި، އަމިއްލަ ވަންތަކަން ގެއްލިފައިކަމަށާއި ރައްޔިތުން އެމަނިކުފާނާ ވެރިކަން ހަވާލުކުރެއްވީ އެކަންތައްތައް އިސްލާހުކޮށް ދިވެހީންގެރާއްޖެ ދިވެހީންނަށް އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ […]

ޙަބަރު

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޙަރަކާތުގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ހޯރަފުށި އުލިގަމު ތުރާކުނުގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ ދާއިރާގެ ތަރައްގީ ހާސިްލކުރުމުގައި ސަރުކާރާއެކީގައި ކުރިއަށް ދިއުމަށްކަމަށެވެ. “ތަރައްގީގެ މަގުގައި މިކުރާ މަސައްކަތުގައި އެންމެ ދުވަހެއްވެސް ބޭކާރުވެގެންދާކަށް އަޅުގަނޑު ބޭނުމެއްނޫން” ރައީސް ވިދާޅުވިއެވެ. “ކޮންމެ ދުވަހަކީ ރައްޔިތުންނަށް […]

ޙަބަރު

ރާއްޖެއަށް އެތެރެވާ ބޭހުގެ ކޮލިޓީ ރަނގަޅު ކުރުމުގެ މަސައްކަތް ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ކުރަން ނިންމާފައި އޮތް މަސައްކަތެކެވެ. އެގޮތުން، އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ވަނީ ދިރާސާއެއް ހަދާފަ އެވެ.މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ހަލީލް ދެއްވި ހިތާބުގައި ވިދާޅުވީ، ސިއްހީ ފަރުވާގެ އެންމެ މުހިންމު އެއްބަޔަކީ ބޭސް ކަމުގައިވާއިރު، ރާއްޖޭގައި ދެވޭ ބޭހަކީ ސައްހަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް […]

ޙަބަރު

ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވާ “ރައީސްގެ ޖަވާބު” ޕްރޮގުރާމުގައި ވ.ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދުވަނީ ރަށްތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދޭތެރެއަކުން ކުރިމަތިވާކަން ފާހަގަވެފައިވާތީ، އެ މައްސަލަ ހައްލުކުރެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. މޫނިސާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅު ތެރޭގައި ކަރަންޓާއި ފެނުގެ ޚިދުމަތްދޭ ދައުލަތުގެ ކުންފުނި ފެނަކަ އެތައް ސަތޭކަ މިލިއަން ރުފިޔާއަކުން ދަރަނިވެރިވުމުގެ އިތުރަށް އަތޮޅު ތެރޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައި ހުރި […]

ޙަބަރު

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫއުތައް ހުއްޓިފައި އޮތަސް، މިހާރު އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ސީރީޒްގައި, ކުރިން ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް […]

ޙަބަރު

ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކަމަށްވާ ބުދަ ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ. މި ރޯދަ މަހު، މުޅި ރާއްޖެ އަށް އާދަޔާ ހިލާފަށް ހޫނު ގަދަކޮށް އޮތުމަށް ފަހު، ރެ އިން ފެށިގެން މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވާރޭވެހި، މުޅި މާލޭގެ މަގުތަކުގައި ވަނީ ފެން ހެދިފަ އެވެ. އެކަމާ ގުޅިގެން މެޓް އޮފީހުގެ އޮފިޝަލަކު “މިހާރު” […]

ޙަބަރު

މެޓް އިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރިފައިވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 16:00 އަށެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް: ވާރޭ ވެހުމާއި އުދަ އަރައި ފެން ބޮޑުވެދާނެ ކަމަށް ތައްޔާރުވުންގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުންގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު […]

ޙަބަރު

އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ރޭ މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތެއްގެ ފާޚާނަ ތެރޭގައި ދެ ކުއްޖަކު ވެގެން ފެންނަ ފެނުމަށް އެކުދިންނަށްވުރެ ހަނގު ކުއްޖެއް ގައިގައި ތަޅައި އޭނާއަށް ހަނގާކޮށް އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ.އެ ވީޑިއޯ ފެންމަތިވުމާއެކު އެ ކުއްޖާއަށް އަނިޔާކުރި ކުދިން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ […]

ޙަބަރު

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ވީޑިއޯއެއް ރޭ މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. ފުލުހުން ވިދާޅުވީ މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަ ކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުން ވަނީ […]

ޙަބަރު

ރައީސް މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް އޮފީހުގެ ފަރާތުން ގެނެސްދޭ “ރައީސްގެ ޖަވާބު” މޕްރޮގްރާމުގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނަށް އަމާޒުކޮށް އިދިކޮޅުން ދައްކާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ވާހަކަކަމަށާއި އެ ފާހަގަކުރާ މަޝްރޫއުތަކަކީ އޭރު އެމްޑީޕީގެ ވެރިކަމުގައިވެސް ހުއްޓިފައި ހުރި މަޝްރޫއުތައްކަން އެ […]