ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 157 / 179

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއްޔެ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ މި ބިލު ހުށަހަޅުއްވާފައިވަނީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމާއި، އެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށެވެ. މީގެއިތުރުން އެ […]

ޙަބަރު

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، މި ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް ގަސް ފޮނުވައިފިއެވެ ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް މިވުޒާރާގައި އަންނަނީ އެދެމުންނެވެ. އަދި ހަނިމާދޫގައި ހުންނަ މި ވުޒާރާގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ވަނީ ފޯރުކޮށްދީފައެވެ ފުޑްސެކިއުރިޓީ […]

ޙަބަރު

މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ މިއީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެދިގު […]

ޙަބަރު

މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެމަރުވެފައި ވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ އަތޮޅުވެހީގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭ ފަތިހު 5:50 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޭނާގެ އެއްވެސް ހަަރަކާތެއް ނެތްކަމަށެވެ. އަދި އަފްރާހު ބަންދުކޮށްފައި ހުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް […]

ޙަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުާން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ 16 ވަނަ އިސްލާހުގެ ބިލު ދެކެވަޑައިގަން ގާސިމް ވިދާޅުވީ މި އިސްލާހުތަކަކީ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހެއް ކަމަށެވެ ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 1 އިން ފިޓްސް އެއާއަށް ހިދުމަތް ދޭން މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިއީ ޓަރމިނަލް 1 އިން ހިދުމަތް ދޭން ފެށި ހަތަރުވަނަ އެއަރލައިން ކަމަށާއި، އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަންކާގެ އެއާލައިން ކަމަށްވެއެވެ މިކަމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ވަޑައިގެންނެވި 71 ފަސިންޖަރަކަށް ހަދިޔާ ދެވުނެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް 1 އިން ބިއޯންޑް އެއަރލައިންއަށް ހިދުމަތް ދިނުން މިއަދު ފަށާފައިވެއެވެ. މިއީ ޓަރމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއަރލައިން ކަމަށާއި، ޓަރމިނަލް 1 އިން ހިދުމަތް ދޭން ފެށި ތިންވަނަ އެއަރލައިން ކަމަށް ވެއެވެ އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެމި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑް މެމްބަރުން، ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިން […]

ޙަބަރު

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު “ދަރުމަވަންތަ” ރާއްޖޭގެ ގައުމީ ދިފާއީ ބާރާ (އެމްއެންޑީއެފް) މިރޭ ރަސްމީކޮށް ހަވާލުކޮށް ކޮމިޝަންކޮށް ހިދުމަތަށް ނެރެފިއެވެ. މިއީ ދިވެހި ކަނޑުގެ ސިފައިންގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެކެވެ. މި މަނަވަރުގެ ނަންދެވިފައި އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުންގެ ނަމާ ގުޅުވާފައެވެ މި މަނަވަރަކީ ޖަރުމަން ވިލާތުގެ ލޫރްސެން ވެރްފްޓް ކުންފުންޏުން ފަރުމާކޮށް ތުރުކީ ނޭވީގެ ހިދުމަތަށް ނެރެފައިވާ އެޑޯގަން-ކްލާސްގެ ފާސްޓް އެޓޭކާ ކްރާފްޓް […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރުވެއްޖެއެވެ. މި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެއް ކަމުގައި […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށެވެ ރައީސްގެ ވާހަަކަފުޅުގައި، ލާމަރުކަޒީ ގާނޫނަށް ގެންނަ މުހިންމު ހަތަރު ބަދަލެއްގެ ވާހަކަ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައި ވެއެވެ. އަދި އެ އިސްލާހުތަކަކީ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިސްލާހުތަަކެއް ކަމަށް 50 އަށް ވުރެ ގިނަ ކައުންސިލާއި، އިދިކޮޅު އެމްޑީޕީން ދެކެމުންދާ ކަމަށް ވިދާޅުވިއެވެރައީސް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން […]

ޙަބަރު

މި ޓާމިނަލުން ފުރި ފުރަތަމަ ބައިނަލްއަގްވާމީ އެއާލައިނަކަށް އެއާ އަރަބިއާ ވެގެން ދިޔައިރު، އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ. އެމްއޭސީއެލުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކަކުން ފުރަތަމަ ފުރުމަށް އެއާ އަރަބިއާގެ ފަސިންޖަރުން ފަސޭހަކަމާ އެކު ޗެކް-އިން މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއާ އަރަބިއާ އެއާލައިނަކީ ވެލާނާ އެއާޕޯޓްގެ އާ ޓަމިނަލް ބޭނުން ކުރަން ފެށި ބައިނަލްއަގްވާމީ ދެވަނަ އެއާލައިން: ފޮޓޯ: އެމްއޭސީއެލް ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުމުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުމުހައްމަދު ލަމްޢާން އަދި އެއާ އަރަބިއާގެ މެނޭޖަރު އެއާޕޯޓްސް – ސައުތް އިންޑިއާ، ބެންފަސްވެލިޔަތް ޝަމްސުއްދީންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އަރަބިއާގެއޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާއަރަބިއާ އިން ފުރި 171 ފަސިންޖަރުންނަށް ވަނީ ހަދިޔާ ބަހައިފައެވެ. އަދި ޓާމިނަލް 1 އަށްކައިރި ކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެއާ އަރަބިއާ އެއާލައިނަކީ […]

ޙަބަރު

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ)އެވެޮ މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި މަހުގެ 11ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައެވެކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް […]