ޙަބަރު

ށ. އަތޮޅުގެ 4 ރަށަކަށް މިނިސްޓްރީން 1000އަށްވުރެ ގިނަ ގަސް ފޮނުވައިފި

އަހުސަން

1 މިނިޓު
ށ. އަތޮޅުގެ 4 ރަށަކަށް މިނިސްޓްރީން 1000އަށްވުރެ ގިނަ ގަސް ފޮނުވައިފި

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، މި ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް ގަސް ފޮނުވައިފިއެވެ

ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް މިވުޒާރާގައި އަންނަނީ އެދެމުންނެވެ. އަދި ހަނިމާދޫގައި ހުންނަ މި ވުޒާރާގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ވަނީ ފޯރުކޮށްދީފައެވެ

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ގަސް، ފޮނުވައިފައިވާ ށ. އަތޮޅުގެ 4 ރަށާއި ތަފްސީލް

ށ. ފުނަދޫ

ބަނބުކެޔޮ – (ގޭބީސީ ތަކަށް 8، އޮފީސްތަކަށް 57) ޖުމްލަ 65

ޖަނބުރޯލް – (ގޭބީސީ ތަކަށް 9، އޮފީސްތަކަށް 107) ޖުމްލަ 116

މުރަނގަ – (ގޭބީސީ ތަކަށް 5، އޮފީސްތަކަށް 106) ޖުމްލަ 111

އަލަ – (ގޭބީސީ ތަކަށް 32) ޖުމްލަ 32

ޅައިމަގު

ބަނބުކެޔޮ – (ގޭބީސީ ތަކަށް 59، ) ޖުމްލަ 59

ޖަނބުރޯލް – (ގޭބީސީ ތަކަށް 52) ޖުމްލަ 52

މުރަނގަ – (ގޭބީސީ ތަކަށް 51) ޖުމްލަ 51

އަލަ – (ގޭބީސީ ތަކަށް 216) ޖުމްލަ 216

ނަރުދޫ

ބަނބުކެޔޮ – (ގޭބީސީ ތަކަށް 7، އޮފީސްތަކަށް 53) ޖުމްލަ 60

ޖަނބުރޯލް – (ގޭބީސީ ތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71

މުރަނގަ – (ގޭބީސީ ތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67

އަލަ – (ގޭބީސީ ތަކަށް 56) ޖުމްލަ 56

ބަލަތްފަހި

ބަނބުކެޔޮ – (ގޭބީސީ ތަކަށް 29، ) ޖުމްލަ 29

ޖަނބުރޯލް – (ގޭބީސީ ތަކަށް 29) ޖުމްލަ 29

މުރަނގަ – (ގޭބީސީ ތަކަށް 29) ޖުމްލަ 29

އަލަ – (ގޭބީސީ ތަކަށް 116) ޖުމްލަ 116

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށްވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފައެވެ

ޝެއާ

ކޮމެންޓު