އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ދ. ކުޑަހުވަދޫ ސަރަޙައްދުގައި، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 ނޯޓިކަލް މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ވަނީ ޤާއިމްކުރެވިފައެވެ މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 02°36.000’N 72°49.000’E މި ކަނދުފަތީގެ ސަބަބުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް މަސްވެރިންނާއި މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި މަންފާއެއް ލިބިގެންދާނެއެވެ މިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. […]
ގައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ގައުމީ ހެދުމުގައި ވަޒީފާއަށް ނިކުމެއްޖެއެވެ އެމްއޭސީއެލުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ފާހަގަ ކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުން ސަގާފީ ތަރިކައިގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ހެދުން ދައްކާލާފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން ގައުމީ ހެދުމުގައި ތިބި މަންޒަރު އެމްއޭސީއެލުން “އެކްސް”ގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ. […]
ފުލުހުން ބުނީ ސައްހަ ނޫން ތައުލީމީ ސެޓްފިކެޓުތަކެއް އުފެއްދި މައްސަލަތަކެއް ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުން ކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ ފުލުހުން ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަމަށާއި، އެފަދަ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، […]
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ “ހުނަވަރު” ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ޖުމްލަ 54 ފަރާތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް ރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދުއެވެ. މިނިސްޓަރު އިބްރާހިމް ވަހީދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލް އިން މީހުން ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، މިފަދަ ޕްރޮގްރާމުތަކަކީ މުހިއްމު ޕްރޮގްރާމުތަކެއް ކަމަށް ވިދާޅުވިއެވެ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ […]
އއ. އަތޮޅުގެ ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިއްމު ރަނގަޅު ޚަބަރެއް ދެއްވިއެވެ. އެއީ ސީޕްލޭން ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ހިދުމަތް ދޭން ފަށާނެ ކަމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސީޕްލޭން ހިދުމަތް ފެށުމުން ކަނޑުގަދަވާ ދުވަސްތަކަށް ޓޫރިޒަމްގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ކަންބޮޑުވުމާއި ދަތިތަކަށް ހާއްސަކޮށް ފަސޭހަކަން ލިބިގެންދާނެއެވެ ތޮއްޑޫގެ ކުޅިވަރުގެ ދާއިރާއިން ވެސް މަޝްރޫޢުތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް […]
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފަށައިފިއެވެ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ އއ. އަތޮޅުގައި ފެށި މި ޚިދުމަތާއެކު މިހާރު 28 ރަށެއްގައި މި ހިދުމަތް ލިބޭނެއެވެ. ޑީއެންއާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ […]
މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލޭގެ ތިން ސަރަހައްދަކުން މިއަދު ހެނދުނާއި މެންދުރު ފަހު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ ހެނދުނު 9:30 އިން 11:30 އާ ދެމެދު މާލެ ސިޓީ، އަޅިވިލާ މަގު އަދި މަޖީދީ މަގު ސަރަހައްދުން، އަދި ހެނދުނު 10:00 އިން 10:30 އާ ދެމެދު އަމީނީ މަގު އަދި ތަބުރޭޒީ ހިނގުން ސަރަހައްދުން ކަރަންޓް ކެނޑިދާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އަބަދަށްފެހި މަގު އަދި […]
އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ މި މަޝްރޫޢުގެ ދަށުން 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ކުރެވުނު އެވެ. އަދި 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓާއި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ފުރިހަމަކުރެވިފައި ވެއެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ނިމިފައި ވެއެވެ. މިހާރު ބާކީ އޮތީ ވަގުތީ ގޮތުން އެޅިފައިވާ ބައި ނެގުމާއި ސަރަހައްދު އެއްވަރުކުރުމުގެ […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފުރާވަޑައިގެންފި އެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ އއ. އަތޮޅަށް ކުރި މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އެ ރަށްތަކަކީ ތޮއްޑޫ، ރަސްދޫ، […]
ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ މިނިސްޓްރީން، ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ https://www.gazette.gov.mv/iulaan/355981 މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާރސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ […]
ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ މި ބައްދަލުކުރެއްވުމުގައި، ދިފާޢީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ނޭވީ މަނަވަރު “ދަރުމަވަންތަ” ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަޑައިގަތުން ފާހަގަކުރައްވައި، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ އަދި، […]











