ރ. ދުވާފަރުގައި ގާއިމުކުރާ އައުޑްޓޯ ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި މަޝްރޫއެކެވެ. ދުވާފަރު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސިޕީ ރިޓަޔާރޑް އަހުމަދު ސައުދީ އާއި ދުވާފަރު ދާއިރާގެ ރައްޔިތުންގެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ ދުވާފަރުގައި ހުޅުވައިފި އެވެ. މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން […]
މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދުތައް ދަށްވެ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު އިތުރުވެއްޖެ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ. ހަމަ އެ މުއްދަތުގައި، ޖުމްލަ ހަރަދު […]
ސައުދީ އަރަބިއްޔާއިން އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ، ރާއްޖެއަށް ފުރުސަތު ދެއްވާނެކަމަށް ޔަގީން ކުރައްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ހައްޖު އުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން އުމްރާގެ ހިދުމަތް ދޭއިރު، އިދާރީ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްނުގެންދިޔުމުގެ ސަބަބުން އޭގެ ތަކުލީފު އުމްރާވެރިން އުފުލަންޖެހޭކަމަށެވެ. މިހެންވުމުން ފަހުވަގުތު އެމައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަންޖެހޭކަމަށާއި، […]
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވާ މިންވަރު އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެސްއީއެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިގްސްއަށް ރަސްމީކޮށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެެވެ. އެސްއީޒެޑް ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ އަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. މިކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް […]
ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފި އެވެ. އެސްއީޒެޑް ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ އަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. އަހަރުތަކަކަށްފަހު މި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިންވެސްޓަރުން ޝައުގުވެރިވާފަދަ ލުއިތަކަކާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހު ވަނީ ގެނެސްފައެވެ. އަދި އެސްއީޒެޑު ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ. އެސްއީޒެޑް ގާނޫނަށް މި ގެނައި […]
ބައެއް ކެރިއަރތައް ފެށެނީ ވަރުގަދަ އަޒުމަކާއެކުއެވެ. ނަމަވެސް އަނެއްބައި ކެރިއަރތަކަކީ ހަމަ އިއްތިފާޤަކުން ފެށި، ފަހުންދިރިއުޅުމުގެ މުހިންމު ބައަކަށް ބަދަލުވާ ކަންކަމެވެ. މާލެ ނޯތް ހާބަރުގެ އޮޕަރޭޝަންސް ޔުނިޓްގެ ހެޑްގެ މަގާމުގައި މިހާރުމަސައްކަތް ކުރަމުންގެންދާ ޖިޔާމް ސައީދުގެ ކެރިއަރު ފެށިފައިވަނީ ވަޒީފާގެ އާދައިގެ އިއުލާނަކުންނެވެ. ނޯތު ހާބަރު އަލަށް ތަރައްގީކޮށް، އެތަން ހިންގުމަށް މުވައްޒަފުން ހޯދަން އުޅުނުއިރު، އޭނާ އެ މަގާމަށް އެދި ހުށަހެޅީ މި ނިންމުމަކީ އޭނާގެދިރިއުޅުމާއި ހިޔާލުތައް ބައްޓަންކޮށް، އަދި އެންމެ ޝައުގުވެރިވާ ދާއިރާއަކަށް […]
ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުން ދޫކޮށްލައިފި އެވެ. އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި މައްސަލާގައި އާއްޓޭއާއި […]
ސަރުކާރުންގެ ތިން މިނިސްޓްރީއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ހަދިޔާކޮށްފި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު، ހައުސިން މިނިސްޓްރީގެ އިމާރާތުގައި ރޯވެ، އެ އިމާރާތުގައި އޭރު ދެން ހިންގި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޖެހިގެން ހުރި ގްރީން ބިލްޑިންގްގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެހެންކަމުން އެ ތިން […]
ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި މި 4 […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ އާއިލާއާއި ގައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި […]
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އަނިޔާވި އަހްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ. މިދިޔަ މަހުގެ 26ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. އޭނާއަކީ ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން […]











