ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 106 / 179

ޙަބަރު

މިއަދު ރާއްޖޭގައި އެންމެ ވައި ނުސާފުވާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް) އޮފީހުން ބުނެފިއެވެ. ވައިގެ ސާފުކަން މިންކޮށްދޭ އައިކިއު އެއާއިން މިއަދު ދައްކާ ގޮތުގައި، ރާއްޖޭގައި ޔޫއެސް އައިކިއުއައި ހުރީ 57 ގައެވެ. އެއީ، ނުރައްކަލުގެ ރީނދޫ ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް 2.5 ރާއްޖޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 12.9 މައިކްރޯގްރާމްގައެވެ. މައުލޫމާތުލިބޭ ގޮތުގައި މިއަދު ރާއްޖޭގައި ބޮޑަށް ވައި ނުސާފު ވާނީ […]

ޙަބަރު

ރ.ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއެއް ހަދަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ރ. ދުވާފަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ވަނީ ތްރީ ވޭ އެންޓަޕްރައިޒެސް އާއެކު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އިބްރާހީމެވެ. މި އެއްބަސްވުމުގެ ދަށުން ކުރިން ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން، މަސްދޯނިތަކާއި […]

ޙަބަރު

ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތާއެކު އެ ސަރަޙައްދުގެ އެއްގަމު ތޮށިވެސް އަލުން ތަރައްގީކުރުމަށް ހަމަޖެހިފައިވާތީ، މިހާރު މަސް ދޯނިތައް އަޅާ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން އަންގައިފިއެވެ. އެމްޕީއެލްއިން ބުނީ، ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތަށް، ބާޒާރު މަތީ ސަރަޙައްދުގެ ފަޅުތެރެ ހުސްކުރާނީ 3 ބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ހުސްކުރުމަށް އަންގާފައިވަނީ މަސް މާރުކޭޓުން ފެށިގެން، 100 މީޓަރުގެ ސަރަޙައްދަށެވެ. އެއީ މިހާރު މަސް މާރުކޭޓު ކުރިމަތިން، މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ […]

ޙަބަރު

ކުރިއަށް އޮތް ދޮޅުމަސް ތެރޭ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެކަމަށް އެމަސައްކަތް ކުރިޔަށްގެންދާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ. އެމްއޭސީއެލްއިން ބުނީ، މި މަޝްރޫއުގެ ތެރެއިން ހޮނިހިރު ދުވަހުގެ ނިޔަލަށް 31 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 49.2 އިންސައްތަ މަސައްކަތެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް […]

ޙަބަރު

މަސްވެރިކަމުގެ ސިނާއަތަކީ ހަގީގީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ، ރ ދުވާފަރުގައި ބޭއްވި، 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، މަސްވެރިކަމަކީ ދިވެހީންގެ ޝަހިސިއްޔަތާއި ގައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްގީކުރުމަށްޓަކައި، 6 ދާއިރާއަކުން ކަނޑައަޅާފައިވާ 6 […]

ޙަބަރު

ރ. ދުވާފަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަޝްރޫރު ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ ދަށުން، 15.80 ހެކްޓަރުގެ ސަރަހަށްދެއްގެ ބިން ހިއްކާނެއެވެ. އަދި 812 މީޓަރުގެ ސަރަހަށްދެއްގައި ރިވެޓްމަންޓް ޖަހައި،450 […]

ޙަބަރު

ރ. ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މިކަމައްޓަކައި ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މަގު ހެދުމުގެ އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަހުމަދު ސައުދީއެވެ. މި މަޝްރޫއުގެ ދަށުން، ޖުމްލަ 16.65 ކިލޯމީޓަރުގެ އެކުލެވޭ 75 މަގު […]

ޙަބަރު

ސަރުކާރުން ރ. ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ. އެމްއޭސީއެލް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލުޖުމްހޫރިއްޔާ ދުވާފަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ. މި ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނީ އެ ސަރަހައްދުގެ އެކި ކުޅިވަރު މުބާރާތްތައް […]

ޙަބަރު

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) މިއަދު ފަށައިފި އެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) ކުރިއަށްދާނީ 13 ޑިސެމްބަރު އިން 14 ޑިސެންބަރަށް ކުރުނބާ މޯލްޑިވްސްގައެވެ. ރާއްޖެއާއި ރާއްޖޭން ބޭރުން ބައިވެރިވާ ފަރާތްތައް ހިމެނޭހެން 100 އަށްވުރެ ގިނަ ބައިވެރިން، މި […]

ޙަބަރު

ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ […]

ޙަބަރު

ރ ދުވާފަރުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާހްކުރުމުގެ ގޮތުން ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ “ހަކަތަ” ޕޯޓަލް އިފްތިތާހުކޮށްފި އެވެ. މި ޕޯޓަލް އިފުތިތާހްކުރުމަށް މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެެވެ. ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އާދަމް ޝަރީފު އުމަރު އެވެ. މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ […]

ޙަބަރު

ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފިއެވެ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށާފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައެވެ. އެރަށުގައި ބަހުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. 4000 މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމާއެކު އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކަރުން ބުނެ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ އާބާދީގެ ގޮތުން ބޮޑެތި ރަށްރަށާއި […]