ސްކޭމްގެ ކޮށްގެން އެއް ހަފްތާތެރޭ ފަސް ލައްކަ ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރު ހަތަކުން، 13 ގެ ނިޔަލަށް ސްކޭމްގެ 45 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. މި މައްސަލަތަކުގައި ޖުމްލަ 591،751.47 ރުފިޔާ ގެއްލިފައި ވެއެވެ. މީގެތެރެއިން އަނބުރާ ހޯދިފައިވަނީ 130،287.80 ރުފިޔާ އެވެ. މި މުއްދަތުގެ ތެރޭގައި ރިޕޯޓް ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް އާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސް އާ ގުޅުންހުރި […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރިޝްވަތާއި ކޮރަޕްޝަންގައި ފުލުހުން ނުޖެހުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ނަސޭހަތްތެރިވެއްޖެ އެވެ. 41 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުން ދަސްވެނިވި ހުރިހާ ދަސްވެނިންނަށް އަގުހުރި ނަސޭހަތްތަކެއް މިނިސްޓަރު ވަނީ ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މި މާހައުލުގައި ކޮރަޕްޝަން އެބައޮތް ކަމަށާއި މީހުން ފައިސާ ބަހައި އަދި ފައިސާ ދިއްކުރާނެ ކަމަށެވެ. ފުލުހުންގެ ތަމްރީނަށް ފަހު ހިދުމަތާއި ގުޅޭ އޮފިސަރުން ވެސް އެންމެ އިސްކަމެއް ދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން […]
ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އުފެދިފައިވާ ގުޅުންތައް އިތުރަށް ވަރުގަވެފައިވާ ކަމަށް ނައިބުރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި އަހަރަކީ، އިނގިރޭސިވިލާތާއި، ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، […]
ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ. އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. […]
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ބުނީ އަތުލައިގެންފައިވަނީ، ކެނަބިސް ފަތްކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް) އެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ. މި ތަކެތި އަތުލައިގަތީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން މިފަހުން ވަނީ […]
އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް ދިން ނިރުބަވެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަރާނެއްގައި ބުނީ، އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް އިއްޔެ ދިން ނިރުބަވެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. މިފަދަ ލާއިންސާނީ އަމަލުތައް ކުށެއް ނެތް އެތައް ބަޔަކަށް ދިނުމަކީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ. މި ބަޔާނުގައި ހަމަލާގައި ނިޔާވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ކިޔާފަ އެވެ. “މި ހިތާމަވެރި ދަނޑިވަޅުގައި […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ޑިސްކަވާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ. އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރީޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ. އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގަ ޑިސްކަވާ އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި 114 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. […]
މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށް، މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފިއެވެ. މީގެ ކުރިން މަސް ގަންނަ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓް ކަނޑައަޅާފައި ވަނީ ދޮޅު ކިލޯއަށް ވުރެ ބަރުކޮށް ހުންނަ މަހަށެވެ. ނަމަވެސް މިހާރު މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް ވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެ އެވެ. މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، […]
މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައިފިއެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 359 މީހަކަށް ތެރަޕިއުޓިކް ފަރުވާއަށް ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފާރުވާ ދިނުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ […]
އައްޑޫސިޓީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެެވެ. އެމްއެންޑީއެފުން ބުނީ ސ.ހިތަދޫގައި މިރޭ 22:15 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ފާއިތުވި 2023 އަދި 2024 ވަނަ އަހަރަކީ އައްޑޫ ސިޓީގައި އެންމެ ގިނައިން ހަވާއެރުވި ދެ އަހަރުކަމުގައިވާއިރު އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ ބުދަ ދުވަހު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. ހީނާ ވިދާޅުވީ މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ […]
މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަގްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިިނިސްޓްރީން އިއުންކޮށްފި އެވެ. އިސްލާމިކް މިިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ވަނީ ދާރުއްނޫރު ވަގްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމާއި ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އިސްލާމިކް މިިނިސްޓްރީން ބުނީ، މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ […]











