ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 108 / 179

ޙަބަރު

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް ހޯދައިފިއެވެ. ކަސްޓަމްސް އިން ބުނީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މި މަހުގެ 04 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގީ މާލޭ ކޮމާޝަލް ހާބަރުގަ އެވެ. މިއޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި އެގޮތުން […]

ޙަބަރު

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރި އާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ގަވާއިދުން ފައިސާ ނުލިބުމެވެ. މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދިވެހިންގެ އަދަދު ދިޔައީ ދަށްވަމުންނެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު މިފްކޯއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތާ އެތައް ދުވަހެއްވަނީ ވެފައެވެ. ނުލިބިހުރި ފައިސާގެ އަދަދު 250 މިލިޔަނެއްހާ […]

ޙަބަރު

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. ޖުވާގެ މުއާމަލާތްތަކަކީ އިސްލާމްދީނުގައިވެސް ހަރާމް […]

ޙަބަރު

ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ ފުރަތަމަ ފަހަރަށް ދީފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސް އިން އެ ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. “ސަސްޓެއިނަބްލް ޓައުންޝިޕް” ގާއިމްކުރަން އެ ކުންފުންޏަށް ހުއްދަ ދިނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ނެވެ. އެގޮތުން އެ […]

ޙަބަރު

45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ. ދުވާފަރުގައި ފަށައިފިއެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ދުވާފަރުގައެވެ. މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ. މިފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 […]

ޙަބަރު

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅިގެން 172 ވަޒީފާއަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. ކޮންމެ އާންމު އިންތިހާބަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން ވަގުތީ މުވައްޒަފުން ނަގައެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް އެކި ދާއިރާތަކުން ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް އެސިސްޓެންޓް މާސްޓާ ޓްރެއިނާ- 1 […]

ޙަބަރު

ޕާކިންގ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ ޕާކިންގ ޒޯންތަކެއް ކަނޑައަޅައިފިއެވެ. އެޗްޑީސީން ބުނީ، މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން މިހާތަނަށް 1،964 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ވަގުތީގޮތުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ. އެޗްޑީސީން ވަގުތީ ޕާކިންގ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަސްޖިދުލް ވާލިދައިން ކައިރި 115 ޕާކިންގ ޖާގައިގެ ސަރަހައްދަކާއި، ގާޒީ ސްކޫލު ކައިރި 254 ޕާކިންގ […]

ޙަބަރު

މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅިލާމެހިފައިވާކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ […]

ޙަބަރު

މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ރ. ދުވާފަރުގައި “މަސްވެރިންގެ ގުންޒަރު” ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ވަގުތުން ސަރުކާރުން ކުރަން ޖެހޭ ހޭދަ ވެސް ބޮޑު ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް […]

ޙަބަރު

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެން ފަށާނީ ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން، ނޯތް ހާބަރަށް ހިމެނޭ ސަރަޙައްދުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފި އެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ 250 މީޓަރުގެ ސަރަޙައްދެކެވެ. އެމްޓީސީސީން ބުނީ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މަގު ތަރައްގީކުރަނީ 4 ލޭނަކަށެވެ. އެމްޓީސީސީން މިމަސައްކަތް ފަށަނީ ރޯދައިގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލުމަށް އަމާޒު ކަނޑައަޅައިގެންނެވެ. އާދީއްތަ ދުވަހުގެ […]

ޙަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާލައިފިއެވެ. ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ “ރަސްމާލެ” ނަމުގައި ބިޔަ މަޝްރޫއެއް ފައްޓަވާފައިއެވެ. […]

ޙަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފިއެވެ. ރިޕޯޓު އާންމުކުރުމާއެކު ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ވަގުތީ ރިޕޯޓުގައިވާ ގޮތުން ރަށު ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ ކައުންސިލަރުންގެ ޖުމުލަ […]