ޙަބަރު

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެއަށް

Hafeez

1 މިނިޓުއަޕްޑޭޓުކުރީ
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި، އެމަނިކުފާނު ލ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގެންނެވިއެވެ.

އެ އަތޮޅު އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އިރު، ކޮންމެ ރަށެއްގައި ވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ގެންދަން ރާފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްފައިވެ އެވެ.

މި ދަތުރުފުޅުގައި ރަށްރަށުގަ ތަރައްގީގެ މަޝްރޫއުތައް ފަށައި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށައި އުމްރާނީ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރާތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިއްމު ސިޔާސަތެ ކެވެ.

ޝެއާ

ކޮމެންޓު