އެމްއެންޑީއެފް

ޙަބަރު

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ. ނޮވެންބަރު 3 ވަނަ ދުވަހު ފެށިގެންދާ މި ހަރަކާތްތަކުގެ ތެރޭގައި، އިސްލާމީ މަރުކަޒުގައި ސިފައިން ބައިވެރިވާ ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދެއް ހިމެނެއެވެ. ނަމާދަށްފަހު، ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތެއް ކުރިއަށްދާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި […]

ޙަބަރު

ދިވެހިރާއްޖެއިން ކަނޑުމަގުން ކުރާ ވިޔަފާރީގެ ދަތުރުފަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި މެރިޓައިމް ސެކިއުރިޓީ ވަރުގަދަކުރުމަށް ސައުދީ އަރަބިއްޔާއިން އުފެއްދި “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގެ ޗާޓަރުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންޑާރަކޮށީގައި ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ކޯލިޝަންގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ބައްދަލުވުމުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި، ހާރިޖީ ވަޒީރު ޑރ. […]

ޙަބަރު

“ފްރެންޑް 4″މުދާ އުފުލާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. ހޯމް މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ގެއްލުނު ފުލުސް ސާޖަންޓް އަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރެއްވީ ނ.މަނަދޫއިންނެެވެ. […]

އަޕްޑޭޓު
ޙަބަރު

“ފްރެންޑް 4” ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަޙައްދު އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައި ފާސްކޮށްފިއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިހާތަނަށް އެ ސަރަޙައްދުން އެއްވެސް މީހެއްގެ ނުވަތަ ދޯނީގެ ނިޝާނެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހުން އޮޔާ ހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރު ހުރި ގޮތަށް ރިޢާޔަތްކޮށްގެން އެ މިސްރާބުން ވެސް ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތް […]

ޙަބަރު

ދައުލަތް ހިފަހައްޓައިދޭ މުހިންމު މުއައްސަސާތަކުގެ އަގުވައްޓާލައި ނަފުރަތު ފެތުރުން ހުއްޓުވުމަށް، މިހާރު ހުރި ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް ގާނޫނީ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިޙުސާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އޮންނަ ރައްޔިތުންގެ އިތުބާރު ސިޔާސީ ބޭނުންތަކަށްޓަކައި ނަގާލައިގެން ނުވާނެ […]

ޙަބަރު

“ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް 9,000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ. އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި, އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް […]

ޙަބަރު

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު، “ޢިމާދުއްދީން” ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރިކަމުގެ ރަމްޒާ ހަވާލުވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ […]

ޙަބަރު

ފާއިތުވި ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން އިޖާބަދީ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިޕޯޓްކުރި ތަފާތު އެކި ކުއްލި ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.މީގެތެރޭގައި، އަލިފާނުގެ ހާދިސާތަކާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ އިތުރުން އާންމު ދިރިއުޅުމަށް ބުރޫއަރާފަދަ ކުއްލި އެކި ކަންކަން ހިމެނެއެވެ. […]

އަޕްޑޭޓު
ޙަބަރު

ވޭތުވެދިޔަ ހަފުތާގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވި ބަލިމީހުން އުފުލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ޖުމްލަ 71 މެޑިކަލް އިވެކުއޭޝަން ދަތުރުކޮށްފިއެވެ. އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކާއި ސީ އެމްބިއުލާންސް ޚިދުމަތް ގުޅިގެންނެވެ.މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ދަތުރުތައް ކޮށްދީފައިވަނީ ކޯސްޓްގާޑުގެ ފަސްޓް ސްކޮޑްރަންއިންނެވެ. އެއީ ޖުމްލަ 48 ދަތުރެވެ. މީގެ އިތުރުން […]

އަޕްޑޭޓު
ޙަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1,785 ޒުވާނުންގެ ތެރެއިން ހޮވުނު ފުރަތަމަ 352 ބައިވެރިން، ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނުތަކަށް ފުރައިފިއެވެ. ރައީސް ޑރ މުހަެްމަދު މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށީގައި ކުރިއަށްދާ މި ތަމްރީނުތަކަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށެވެ. މީގެ އިތުރުން، މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ […]

އަޕްޑޭޓު
ޙަބަރު

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް އިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު،، އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން ވަނީ ޖުމްލަ 54 އޮޕަރޭޝަނެއް ފުރިހަމަކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ބަލިމީހުން އުފުލާފައިވަނީ ތަރޑް ސްކޮޑްރަންއިންނެވެ. އެއީ 16 މެޑިކަލް އިވެކުއޭޝަނެވެ. އެމްއެންޑީއެފް އިން […]

އަޕްޑޭޓު