ފަހުގެ

ސަފުހާ 45 / 192

ޙަބަރު

ހައްޖުގެ އެންމެ މުހިންމު އަދި އެންމެ މާތް އަޅުކަން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމާއި މުޒްދަލިފާގައި ރޭކުރުމުގެ އަޅުކަން، ދިވެހި ހުރިހާ ހައްޖުވެރިންވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1,019 ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅެވެ. ހައްޖުވެރިން މިހާރު ވަނީ މުޒްދަލިފާ ދޫކޮށް، އަނބުރާ މިނާއަށް ވާސިލްވެފައެވެ. މުޒްދަލިފާގެ އަޅުކަން ނިމުމާއެކު، ދެން ހައްޖުވެރިންނަށް އޮތީ ހައްޖުގެ އެންމެ ބޮޑު އެއް ޝިއާރު ކަމަށްވާ ޖަމްރާތަކަށް ހިލައުކުމުގެ […]

އަޕްޑޭޓު
ޙަބަރު

ބަރަކާތްތެރި އަޟްޙާ ޢީދުގެ ބާއްޖަވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފިއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި، އީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު އިސްލާމީ ރިވެތި އުސޫލުތަކާއި އަދަބުތަކުގައި ހިފެހެއްޓުމަށާއި، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އީދުގެ މުނާސަބަތަކީ މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދޭންވީ ވަގުތެއްކަން […]

ޙަބަރު

ހުޅުމާލޭ ކޮވިޑް ފެސިލިޓީ ޖަލު ޔުނިޓްއަކަށް ބަދަލުކޮށްފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ، ‏ހުޅުމާލެ ޕޮލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށެވެ.އެގޮތުން، ފުރަތަމަ ބެޗްގެ 16 ޤައިދީން އިއްޔެ އެ ޔުނިޓަށް ބަދަލުކުރެވިފައިވާ ކަމަށް ކަރެކްޝަނަލް ސާރވިސް އިން ވަނީ ބުނެފައެވެ. ކަރެކްޝަންސް އިން ބުނީ، […]

ޙަބަރު

ތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއް الله ވިދާޅުވެއްޖެއެވެ. އަބްދުއްރްހީމް ވިދާޅުވީ، މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް،ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުށައެއް ނާޅުއްވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް ކަމަށެވެ. “‏ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ.” އަބްދުއްރަހީމް ވިދާޅުވި […]

ޙަބަރު

ފައިސާދީގެން ހިންގާ އެފަދަ ޖަރީމާތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް އިތުބާރު ކުޑަނުކުރެވޭނެ ކަމަށް ކޮންގްރެސް ޕާޓިގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ. ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕާޓީގެ ސެނެޓުގައާއި ލީޑަރޝިޕްގެ ތެރޭގައި ނުހިނގާނެ ކަމަށާއި، މުޅި ލީޑަރޝިޕުން […]

ޙަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެެއްގައެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ބޮޑުއީދު (ޢީދުލްއަޟްޙާ) އާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް އިތުރުކޮށްދެއްވައި، މުވައްޒަފުންނަށް ދިގު ބަންދެއް ދެއްވަން ނިންމަވާފައެވެ. އެގޮތުން ރަސްމީ ކަލަންޑަރުގައި ބަންދު ދުވަސްތަކެއްގެ ގޮތުގައި ނެތް 2026 މޭ 24 ވާ އާދީއްތަ ދުވަހާއި މޭ 25 ވާ ހޯމަ ދުވަސް […]

ޙަބަރު

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރު، އެޕްރީލް މަހު އެކި ކަންކަމަށް 3.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.. އެގޮތުން މިދިޔަ އެޕްރީލް މަހު ޖުމްލަ 3,811,259.91 ރުފިޔާ ބަހާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު ބެހި 2,828,118.28 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފައިސާގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ބެހޭ އެކިއެކި މަޝްރޫޢުތަކަށެވެ. ފަގީރުންނާއި މިސްކީނުންގެ […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް (ޤާނޫނު ނަންބަރު 8/2009) މުހިންމު ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. އެގޮތުން، . މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި މި ބިލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، އާ އުސޫލުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.މި އިޞްލާޙުގެ ދަށުން އަސާސީ ޕެންޝަނުގެ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށްވުރެ […]

އަޕްޑޭޓު
ޙަބަރު

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ބިދޭސީން މަސައްކަތްކުރާ ވޯކްސައިޓްތައް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ އަވަސްކުރުމުގެ ގޮތުން، މީގެ ކުރިން ހުށަހަޅަންޖެހޭ އަދި ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހަމަޖައްސައިފިއެވެ. މި ހިނގާ މޭ މަހުގެ 24 އިން ފެށިގެން ޢަމަލުކުރަން ފަށާ މި އާ އުސޫލުގެ ދަށުން، ކުންފުނިތަކާއި އެމްޕްލޯޔަރުންނަށް ސިސްޓަމްގެ ތެރެއިން ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން ބިދޭސީން ގެންގުޅޭ ކޮންމެ ސައިޓެއް ރަޖިސްޓްރީ […]

އަޕްޑޭޓު
ޙަބަރު

ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ޤައުމަށް އެތެރެވުމުގެ ކުރިން “އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ” އެއް ހޯދަންޖެހޭ ގޮތަށް ކަނޑައަޅައި ސްރީލަންކާ ގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން މި ހިނގާ މޭ މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް ސްރީލަންކާއަށް އެތެރެވުމުގެ ކުރިން “ETA” ހޯދަންޖެހޭ ގޮތަށް ސްރީލަންކާ ގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. .އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދަން ޖެހުމުގެ ސަބަބުން، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކަށް […]

އަޕްޑޭޓު
ޙަބަރު

މާލޭގައި އާންމު ސިއްޙަތުގެ ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ “ދަމަނަވެށި” ބޮޑު މަރާމާތަކަށްފަހު “އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު” ގެ ނަމަށް ބަދަލުކުރުމަށްޓަކައި، ވަގުތީގޮތުން ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ވޭތުވެދިޔަ 42 އަހަރު ޚިދުމަތް ދެމުން އައި ދަމަނަވެށި ބަންދުކޮށްގެން ކުރިއަށްގެންދާ މަރާމާތުގެ ބޮޑު މަސައްކަތްތަކަށްފަހު، މި މަރުކަޒު އާ ނަމާއެކު ރަސްމީކޮށް އަލުން ހުޅުވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ 26 ޖުލައި ގައެވެ. ދަމަނަވެށިން ނެރުނު ބަޔާނުގައި ބުނީ، ދިވެހީންގެ އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން […]

ޙަބަރު

މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމުގެ ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓު ވިއުގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ސްޓެލްކޯ އިން […]

އަޕްޑޭޓު