ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަޤްވާމީ މަކަރާއި ހީލަތުގެ (ސްކޭމް) ނެޓްވޯކްތަކާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއަރ+ III” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ “ފްރޮންޓިއަރ+ އެލަޔަންސް” ގެ ދަށުން 10 މާރިޗު 2026 އިން 7 މޭ 2026 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ގުޅިފައިވާ އެންޓި-ސްކޭމް އޮޕަރޭޝަން “އޮޕަރޭޝަން ފްރޮންޓިއަރ+ III” ގައި ބައިވެރިވެ، އެ އޮޕަރޭޝަން ނިންމުމުގެ ބައްދަލުވުން ރާއްޖޭގައި ހޯސްޓްކޮށްފައެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ […]
ފަހުގެ
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ އަސަރާއެކު،ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ގޯސްވެ،އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ. މެޓް އިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު،އެންމެ ގިނައިން ވާރޭވެހުނީ އއ.ތޮއްޑޫ އަށްކަމަށެވެ.އެއީ 144 މިލިމީޓަރުގެ ވާރޭއެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު،އުތުރާއި މެދުރާއްޖެތެރެއަށް ވަކިން ހާއްސަކޮށް ވައިގަދަވެ، ކަނޑު ގަދަވާނެކަމަށް މެޓް އިން ލަފާކުރެއެވެ. މި […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެެއިން ޝީޓް ޕައިލިންގް މަސައްކަތް ނިމިއްޖެއެވެ. އެގޮތުން އެމްޓީސީސީއިން މައުލޫމާތު ދިން ގޮތުގައމަޝްރޫއުގެ ސެގްމެންޓް 2، 3 އަދި 4 ގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލިންގް މަސައްކަތުގެ ތެރެއިން 400 މީޓަރުގެ ސަރަހައްދެއްގައި މިހާރު ވަނީ ޝީޓް ޕައިލް ހަރުކޮށް ނިންމާލާފައެވެ. މިއީ މި ދާއިރާއިން ކުރަންޖެހޭ މަސައްކަތުގެ 76 އިންސައްތައެވެ. އެމްޓީސީސީ އިން ބުނިގޮތުގައި، […]
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމެހެއްޓެނިވި ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ. ފޮރިން މިނިސްަޓްރީއިން ނެރުނު ބަޔާނުގައި ބުނީ، ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައިވެސް، “ވަން ޗައިނާ ޕްރިންސިޕަލް”އަށް ދޭ ސާބިތު ހިފެހެއްޓުމެއްނެތް ތާއީދު އަލުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ. […]
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 535،އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޢަލީ ނަޞީރު ޤާސިމަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް […]
ރާއްޖެއިން މީގެކުރިން ނައްތާލާފައިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެ، މި އަހަރުގެ މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 7 އަށް އަރާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކާ، އަދި ހޮސްޕިޓަލް އަށް ދިއުމަށެވެ. އަދި ހޮސްޕިޓަލް އަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ހިމަ ބިހި ކޭސް އެއް ފެނިއްޖެނަމަ އާއްމުކޮށް […]
ވ. އަތޮޅު ކަނޑުއަޑީގެ ނުރައްކާތެރި ހޮހަޅައަށް ޑައިވްކުރުމުގެ ތެރޭގައި މަރުވި އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން، ހޮހަޅަ ތެރޭގައި ނުނެގި ތިބި ފަހު ދެ މީހުންގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. ދިޔަ ބުރާސްފަތި ދުވަހު (14 މޭ 2026) ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ 5 އިޓަލީ ޑައިވަރުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ މަޝްހޫރު މެރިން ސައިންސްވެރިންނާއި ރިސާޗަރުން ހިމެނެއެވެ. މި ޑައިވަރުން މަރުވީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ޑައިވިންގްއަށް ހުއްދަ އޮންނަ […]
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ (ޓެރިފް) މިއަދުން ފެށިގެން އެއްކޮށް ކަނޑާލަން އެ ޤައުމުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ. ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް މުހިއްމު ތާރީޚީ ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ […]
ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން އުފެއްދި “ސްޓޭޓްފާމާ” ކުންފުނީގެ ފުރަތަމަ ފާމަސީ، އައި.ޖީ.އެމް.އެޗް ގައި ހުޅުވައިފިއެވެ. ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ” ގެ ނަމުގައި ހުޅުވި މި ބޭސްފިހާރަ ހުންނަނީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައެވެ. މިއީ އެ ކުންފުނިން ހުޅުވި އެންމެ ފުރަތަމަ ފިހާރައެވެ.މިއީ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ލިބުނު މުހިއްމު ކާމިޔާބީއެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ސްޓޭޓް ފާމާއިން ބުނީ ރައްޔިތުންނަށް މެދުނުކެނޑި ބޭސް ލިބޭނެ […]
ސުމޫދު ފްލޮޓިލާ އަށް އިސްރާއީލުން ދިން ހަމަލާތައް ދިވެހިރާއްޖެ ހިމެނޭހެން 10 ގައުމެއްގެ ޚާރިޖީ ވަޒީރުން ކުށްވެރިކޮށްފިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އާންމުންގެ އުޅަނދުތަކަށް ހަމަލާދީ، އެހީ ހިފައިގެންދިޔަ އެކްޓިވިސްޓުން ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ގްރީސްގެ ކްރީޓް އައިލެންޑް ކައިރިން މި ފްލޮޓިލާ ހުއްޓުވައި، ޑްރޯން އާއި ހަތިޔާރު ބޭނުންކޮށްގެން އުޅަނދުތަކަށް އަރައި ބޮޑެތި […]
އެއްވެސް ހުއްދައެއް ނެތި ރާއްޖެއަށް އާންމުކޮށް އެތެރެކޮށްގެން ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކޮށްފިއެވެ. އެމްއެފްޑީއޭ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭސް އިމްޕޯޓް ކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި އެތެރެކުރާ ކޮންމެ ބޭހަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އުސޫލާ އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖޭގެ “އެޕްރޫވްޑް ޑްރަގް ލިސްޓު”ގައި […]
ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ ސީނިއާ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ 5 އިޓަލީ ޑައިވަރުން މަރުވެފައިވާއިރު، އެމީހުން ހޯދުމަށް ސިފައިން ހިންގި އޮޕަރޭޝަނުގެ ތެރެއިން މަހުދީ ޝަހީދުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމްއެންޑީއެފްއިން ކަށަވަރުކޮށްދޭ ގޮތުގައި މަހުދީ ނިޔާވީ ކަނޑުގެ މާ […]










