މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ފާއިތުވި ހަފުތާގެ ތެރޭގައި 35،456.12 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފިއެވެ. އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު މިފާއިތުވި ހަފުތާގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގެ ދަށުން ކޮންޓޭނަރު ބޯޓުފަހަރުން 35,456.12 ފްރައިޓް ޓަނުގެ މުދާ (1,101 ކޮންސައިންމަންޓް) އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2,323.30 ފްރައިޓް ޓަނުގެ މުދާ (291 ކޮންސައިންމަންޓް) ވަނީ ނެރެފައެވެ. މީގެއިތުރުންް، ބަނދަރުގެ ހަރަކާތްތަކަށް ބަލާއިރު ކޮންޓޭނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 3 […]
ފަހުގެ
ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު 5 މީހަކު ފެނިއްޖެއެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، މި އާ ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ޖުމްލަ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ.އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށްވެސް […]
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ރެކޯޑް އަދަދެއް ކަމަށްވާ 58,505 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ލިބިފައިވާ ޖުމްލަ އެޕްލިކޭޝަންތަކުގެ […]
މިއަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ޒުވާން ޚަޠީބުންގެ ޢަދަދު 1,000 އަށް އަރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ އައު ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ޒުވާން ޚަޠީބުންގެ އިތުރުން، ރާއްޖޭގައި ތިބި ކީރިތި ޤުރުއާން ހިތުދަސް ކުރި ޙާފިޒުންގެ ޢަދަދުވެސް މިއަހަރުގެ ތެރޭގައި 350 އަށް ގާތްކުރާނެ ކަމަށް […]
ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށްހުށަހަޅައިފިއެވެ. މި ބިލަކީ ރާއްޖޭގެ އިގްތިސާދާއި ޚިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތުގެ ދަށުން މަޖިލީހަށް ފޮނުވި ބިލެކެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން އާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ސަރުކާރުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ބަދަލުވުމުގެ (ޑިޖިޓަލް […]
ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް ބަޔާންކުރައްވައި، ސިޔާސީ އަދި އިޖުތިމާޢީ ބައިބައިވުންތައް އެއްކިބާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތޯބުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހެއެވެ. އަދި […]
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައި، އެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރެއްވީ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ވިދާޅުވީ މީގެކުރިން އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމާފައިވާ މި ބައްދަލުވުން އަވަސްކުރަން ނިންމީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ކައުންސިލުން […]
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކުރާ ޚާއްޞަ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް 19 ޖޫން 2026 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެންނެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްއިރު، މާލެ ސިޓީއިން ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ވަކި ލިމިޓެއްގެ ދަށުންނެވެ. އެގޮތުން މާލެއިން ބައިވެރިވެވޭނީ ފޯމު ހުށަހަޅާ […]
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން،މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އިފްތިތާހުކޮށްދެއްވައިފިއެވެ. ކަރެކްޝަނަލް ސާރވީސް އިން ބުނީ،މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝނެއް ކަމަށެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ. މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފޯރުކޮށްދެއްވާފައިވީއިރު، ބެގެޖް […]
ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 20 އަހަރު ފުރުމާ ގުޅިގެން، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އަޒަރުބައިޖާނުގެ ޚާރިޖީ ވަޒީރު ޖޭހުން ބޭރަމޮފްއަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކަމަނާގެ މި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނު މި އުފާވެރި މުނާސަބަތުގައި އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރަށާއި ސަރުކާރާއި އަދި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައިވާ ކަމަށެވެ. […]
ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާ، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. ބައިނަލްއަޤުވާމީ ލޭ ހަދިޔާކުރާ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ލޭ ހަދިޔާކުރުމަށް ބިރުގަންނަ ފަރާތްތަކުން އެ ބިރުތައް ނައްތާލައި، އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި ޚިދުމަތުގައި ބައިވެރިވުމަށެވެ. ކުޑަކުޑަ ހެޔޮ އަމަލަކުން ވެސް ބަލިމީހެއްގެ […]
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ)މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނޚ 15 ޖޫން 2026 ވީ ހޯމަ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މެންބަރު ޞާދިޤަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އެވެ.މެންބަރުންގެ އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، މިއަދުގެ މަޖިލިސް ޖަލްސާގައި ޞާދިޤަށް މަޖިލީހުގެ ރައީސް ޢަބްދުުއްރަޙީމް ޢަބްދުﷲ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ގޮނޑި […]










