ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބަށް ހުޅުވާލައިފި

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައި، އެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރެއްވީ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ވިދާޅުވީ މީގެކުރިން އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމާފައިވާ މި ބައްދަލުވުން އަވަސްކުރަން ނިންމީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. އިންތިޚާބުގައި ވޯޓު ދެވޭނީ މި މަހުގެ 23 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.






ކޮމެންޓު