ޔަމަނުގެ އަޚުވަންތަ ރައްޔިތުން ޙިޞާރުކުރާކަމަށް ބުނެ، ހޫޘީ ހަނގުރާމަވެރިން ސައުދީ ޢަރަބިއްޔާއަށް ކުރި ތުހުމަތުތަކާއި އިލްޒާމްތައް ކުށްވެރިކޮށް، އެޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަށް ދިވެހިރާއްޖޭގެ ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޔަމަނުގެ ސަރުކާރާއި އދ. އާ ގުޅިގެން އެޤައުމަށްޞުލްޙަ ހޯދައިދިނުމަށާއި ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް ސައުދީން ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތްތައް ރާއްޖެއިން ބަލައިގަނެއެވެ. މީގެ އިތުރުން، އިންސާނީ އެހީތެރިކަމާއި ތަރައްޤީގެ ދާއިރާއިން ސައުދީން ޔަމަނަށް ދެމުންދާ މެދުކެނޑުމެއްނެތް […]
ފަހުގެ
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވަނީ “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” ގެ ދަށުން ރަށްރަށާއި ސިޓީތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އެގޮތުން މި ނިންމެވުން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 13/2026 ޤަރާރުގެ ޒަރީއާއިންނެވެ. އިޚްތިޞާޞަށް ގެނައި ބަދަލުތައް ޗާޓު […]
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ތިލަފުށީގައި ބައިނަލްއަޤުވާމީ އަދި ޑޮމެސްޓިކް ކީ-ވޯލް (ބަނދަރު ތޮށި) އެޅުމުގެ ބޮޑު މަސައްކަތް ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީއާ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ […]
ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބި އާމްދަނީ އިތުރުވެފައިވާއިރު، ކައުންސިލް ގްރާންޓާއި ސަބްސިޑީއަށް ކުރާ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. ދައުލަތަށް ފާއިތުވި ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. މިއަހަރުގެ މިހާތަނަށް ލިބުނު ޓީޖީއެސްޓީގެ މިންވަރު ވަނީ، ކުރީ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 475 މިލިއަން ރުފިޔާ (7.7 އިންސައްތަ) އިތުރުވެފައެވެ. މީގެއިތުރުން، […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައިކާމިޔާބު ކަމާއެކު އެމްޓީސީސީ އިން ނިންމާލައިފިއެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ އެއްކޮށް ނިންމާލާފައެވެ. އަދި މަޝްރޫޢުގެ ސެގްމަންޓް 2 އާއި 3 ގެ ދުވާރުތަކާއި ޕާކިންގް ޒޯންތައް ހެދުމުގެ އޮނިގަނޑުގެ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައެވެ. އެމްޓީސީސީ އިން ހާމަކުރިގޮތުގައި،ކޮންސްޓްރަކްޝަން މަސައްކަތްތަކަށްފަހު […]
ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ފަހުމުނާމާ އެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެގޮތުން،މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ […]
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި،އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. އަދި އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަލްއުސްތާޛު […]
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސް، ހުރިހާ މައިގަނޑު އިމްތިހާންތަކެއް ދަރިވަރުން އަމަލީ ގޮތުން ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް މަޖުބޫރުކޮށްފިއެވެ. އެގޮތުން، ގާނޫނީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ބާ ކައުންސިލުން ގެނައި މި ބަދަލާ އެކު، އޮންލައިންކޮށް ނުވަތަ ރިމޯޓްކޮށް ބާއްވާ އިމްތިހާންތައް ދެން ބަލައެއް ނުގަންނާނެއެވެ. މި އިސްލާހުތަކަކީ ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ ޝަރުތުތަކާއި ލޯ ޑިގްރީ ކޯސްތަކުގެ ފެންވަރު […]
ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ “ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމް” ގެ ބޮޑު މަޝްރޫއެއް ރާ އަދި ބާ އަތޮޅުގެ 25 ރަށެއްގައި ރަސްމީކޮށް ފަށައިފިއެވެ. އެންވާރަމެންޓް މިނިސްޓްރީއިން ހާމަކުރިގޮތުގައި،6.4 މެގަވޮޓްގެ ސޯލާ ހަކަތައާއި 10 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރާ މި މަޝްރޫއުން އަހަރަކު 3 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ބޭރުން އެތެރެކުރާ ޑީސަލަށް ބަރޯސާވާ […]
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 65 އިންސައްތައަކީ ބައިވެރިޔާއާއެކު ދަތުރުކުރާ ފަރާތްތައް ކަމަށް “މޯލްޑިވްސް ވިޒިޓަރ ސާވޭ”ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ސަވޭގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ބައިވެރިޔާއާއެކު އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތް (77 އިންސައްތަ) އިން އައި ފަތުރުވެރިންނެވެ. އެމެރިކާއިން އައި ފަތުރުވެރިންގެ ތެރެއިން 74-75 އިންސައްތަ އާއި، ސްވިޒަލޭންޑާއި އިންޑިއާއިން އައި ފަތުރުވެރިންގެ 71 އިންސައްތަ މީހުންވެސް ރާއްޖެއަށް ދަތުރުކުރީ ބައިވެރިޔާއާއެކުގައެވެ. މައުލޫމާތުތައް ދައްކާގޮތުން، ރާއްޖެއަށް ޗުއްޓީއަށް އަންނަ ބައިނަލްއަގްވާމީ ފަތުރުވެރިންގެ ބޮޑު ނިސްބަތެއް […]
އެންޓިބަޔޮޓިކް ރެސިސްޓެންސްގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ރާއްޖޭގައި އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ލިބެން ހުންނަންޖެހޭ ކަމަށާއި، އެކަން ކަށަވަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް 1-2 އަހަރަށް ބޭނުންވާ ބޭސް ފޯކާސްޓްކޮށް ގަނޑުކޮށް އެތެރެކުރުމާއި، ބޭސް ހުސްވުމުގެ ކުރިން ސްޓޮކް ދެނެގަނެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ރާއްޖޭގެ މީޑިއާއަކަށް ދެއްވި […]
ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް۔ އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މިނިސްޓްރީ އޮފް ފޮރިން […]










