ފަހުގެ

ސަފުހާ 30 / 192

ޙަބަރު

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ އޮތް ބައި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވާ މަރުޙަލާގައި މުހިންމު ބައެއް މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި […]

އަޕްޑޭޓު
ޙަބަރު

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން އަރުވައިފިއެވެ. މި ޝަރަފު އެރުވުމުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، 2026 ޖުލައި 26 ވީ އާދީއްތަ ދުވަހުގެ ހެނދުނު ޒުވާނުންގެ މަރުކަޒުގެ ސޯޝަލް ސެންޓަރުގައެވެ.މި ޖަލްސާގައި ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖޭގެ މިނިވަންކަމުގެ މަތިވެރި ނިޢުމަތް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ކާބަފައިން އެކަމަށްޓަކައި ކުރެއްވި މަތިވެރި ޤުރުބާނީގެ ޙަޤީޤަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުމަކީ މިއަދު ކޮންމެ ދިވެއްސެއްގެވެސް އެންމެ އިސް ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، މިއަދު ދިވެހިން މިދެކޭ މިނިވަންކަމަކީ މާޒީގައި ކާބަފައިން އަމިއްލަ ފުރާނައާއި މާލުން ވެވަޑައިގެންނެވި ބޮޑެތި ޤުރުބާނީތަކެއްގެ ސަބަބުން ލިބިފައިވާ މަތިވެރި ނިޢުމަތެކެވެ. މެޑަމް […]

އަޕްޑޭޓު
ޙަބަރު

ކާބަފައިން ބޮޑެތި ޤުރުބާނީތަކެއްވެގެން ހޯދައިދިން މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ބުރަ ޒިންމާ އަދާކުރެވޭނީ ކޮންމެ ދިވެހި ރައްޔިތަކުވެސް އަމިއްލަ އެދުމުގެ ކުރިއަށް ޤައުމީ މަސްލަހަތާއި ޤައުމީ ލޯބި އިސްކޮށްގެން […]

އަޕްޑޭޓު
ޙަބަރު

ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކޮށް، އަނިޔާވެރިކަމުގެ ބަދަލުގައި އަމާންކަން ޤާއިމުކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި،އޮތް ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މިނިވަންކަމުގެ ފުރިހަމަކަން ގުޅިފައިވަނީ ޤައުމުގެ ދާޚިލީ މިނިވަންކަމާއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގު ކުށްތަކުގެ އިތުރުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ […]

އަޕްޑޭޓު
ޙަބަރު

ޤައުމަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ހަތަރު ބޭފުޅެއްގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ދިވެހި ދައުލަތުގެ މަތިވެރި ޝަރަފު ކަމަށްވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު މިއަދު އަރުވައިފިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ލަޤަބު އަރުވާފައިވަނީ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ލަތީފަށާއި، ދީނީ ހޭލުންތެރިކަން އާލާކުރަން މަސައްކަތް ކުރެއްވި އިބްރާހީމް ރަޝީދު މޫސާއަށެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ބާނީ ޗަމްޕާ […]

އަޕްޑޭޓު
ޙަބަރު

ޒުވާނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަށްވާއިރު، އެކަމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލައި، މިހާރު ކުރިއަށްދާ މަސައްކަތްތަކުން އެދެވޭ ކާމިޔާބީއެއް ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގައި ވާހަަކަ ދައްކަވަމުން ރައީސް ވަނީ،ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްޤީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ […]

ޙަބަރު

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ފުޅާކޮށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، މި ތާރީޚީ އަދި ބުރަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަފުލާއެއް ބާއްވައިފިއެވެ. މި ހަފުލާގައި ވާހަކަދައްކަވަމުން އެމްޑީ ސަޢުދީ ވަނީ، ކުންފުނީގެ ހުރިހާ ޑިވިޒަނަކުން ގުޅިގެން ޓީމެއްގެ ގޮތުގައި ބަދަހިކޮށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މުވައްޒަފުންގެ ލާބަޔާއި ހެވަށްޓަކައި ގިނަ ކަންތައްތަކެއް ރާވާފައިވާކަން ހާމަކުރެއްވިއެވެ. […]

އަޕްޑޭޓު
ޙަބަރު

ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު އަދި ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ރައީސް މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީގެ […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާ ދިމާކޮށް ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި އެވެ. މި ސަރަހައްދު ދަތުރުފަތުރަށް ހުޅުވާލި ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދިކުދި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސއިން ވަނީ ބުނެފައެވެ. އެމްޓީސީސީން […]

އަޕްޑޭޓު
ޙަބަރު

ޗައިނާގެ ޝަންހާއީގައި ބޭއްވި ބައިނަލްއަޤުވާމީ ވައިގެ މުދާ އުފުލުމުގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ “އެއަރ ކާގޯ ޗައިނާ 2026” ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ. އެގޮތުން، މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.އެމްއޭސީއެލް އިން ހާމަކުރިގޮތުގައި، މައުރަޒުގެ ހަވާސާގައި ބައިނަލްއަޤުވާމީ އެއަރލައިންތަކާއި ލޮޖިސްޓިކްސް ދާއިރާގެ އިސްވެރިންނާއެކު އެމްއޭސީއެލް […]

ޙަބަރު

61 ވަނަ މިނިވަން ދުވަހުގެ މުނާސަބާތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ހުޅުމާލޭގައި “ސައްބީސް ކާނިވަލް”ގެ ނަމުގައި ބޮޑު ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ. މި ކާނިވަލަކީ އެއް ހަފުތާގެ މުއްދަތަށް އެޗްޑީސީއިން ‘އޮފިޝަލް އިވެންޓްސް’ އާ ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވަލެކެވެ.މި ކާނިވަލް ކުރިއަށް ދާނީ،މާދަމާއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 04:00 އިން ރޭގަނޑު 11:00އަށް،ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެޗްޑީސީން ބާއްވާ ކާނިވަލުގައި އާއިލީ […]

އަޕްޑޭޓު