ދިގު މުއްދަތެއްގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް، 66 ބޭފުޅަކަށް ގައުމީ ޝަރަފު ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން އަރުވައިފިއެވެ.
މި ޝަރަފު އެރުވުމުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، 2026 ޖުލައި 26 ވީ އާދީއްތަ ދުވަހުގެ ހެނދުނު ޒުވާނުންގެ މަރުކަޒުގެ ސޯޝަލް ސެންޓަރުގައެވެ.މި ޖަލްސާގައި ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.މިއީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ޝަރަފުގެ ބެޖާއި، އައްޑަނަ އަދި ހަނދާނީ ލިޔުމެކެވެ.އެ ބޭފުޅުންނަށް އިނާމު ދިނުމަށް ކަނޑައަޅައި، އެ ފަރާތްތަކުގެ
މަޢުލޫމާތުތައް ރައީސް އޮފީހުން ވަނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީއާ ޙަވާލުކޮށްފައެވެ.






ކޮމެންޓު