ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުން ފައިނޭންސް ދިނުމަށް ނިންމައިފި އެވެ. ބޭރު ގައުމުތަކުން ބަލައިގަންނަ ތަމްރީނުތަކާއި ކޯސްތަކުގެ ފީ ދެއްކުމުގައި ދަރިވަރުންނަށް ދިމާވާ ޑޮލަރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ “ކިޔަވާ ލޯނު” އަދި “އެޑިއުކޭޝަން ފައިނޭންސިން” ޔޫއެސް ޑޮލަރުން ލިބޭނެ ގޮތް ހަމަޖައްސާފައެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި، ޕްރޮފެޝަނަލް […]
ފަހުގެ
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ، ގިނަ ފަހަރު އެތެރެވޭ އައު ‘މަލްޓިޕަލް-އެންޓްރީ’ އުމްރާ ވިސާއެއް ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އެގޮތުން، ވިސާ ދޫކުރާ ތާރީޚުން ފެށިގެން 365 ދުވަހުގެ މުއްދަތަށް ސައުދީއަށް އެތައް ފަހަރަކު އެތެރެވުމުގެ ފުރުސަތު މި ވިސާގެ ދަށުން ލިބިގެންދާނެއެވެ.ވިސާގެ އެއް އަހަރުގެ މުއްދަތުގައި ސައުދީގައި ޖުމްލަ ހުރެވޭނީ އެންމެ ގިނަވެގެން 90 ދުވަހަށެވެ. މި 90 ދުވަސް އެއްފަހަރާ ނުވަތަ އެކި ދަތުރުތަކަށް […]
ޓްރެފިކް ކަންކަން ހަރުދަނާކުރުމުގެ އާ ޕްލޭނެއް މިއަދު އިފުތިތާހުކޮށްފި އެވެ. އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ‘ޓްރެފިކް އެންހޭންސްމެންޓް ޕްލޭން’ ތަޢާރަފްކޮށްދެއްވާފައެވެ. ފުލުހުން ބުނީ، އިފުތިތާހުކުރެވުނު ޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ. މަގުމަތީގެ އަމާންކަން ބެލެހެއްޓުމާއި ތޮއްޖެހުން ކުޑަކުރަން ކުރާ މަސައްކަތްތައް މިއަށްވުރެ ވަރުގަދަކުރަން ސީޕީ އިލްތިމާސްކުރެއްވިއެވެ. އެގޮތުން […]
މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، ނިމިދިޔަ ޖޫން މަހު ރާއްޖެއިން ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެއި މަހާ އަޅާބަލާއިރު ޖޫން މަހު މި ތިން ބަލި ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ ނިސްބަތުން މަދުވެފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ […]
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސްއޮފީހުން މައުލޫމާތު ދިން ގޮތުގައި، މީރާގެ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ. ފާޠިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މީގެކުރިން އެ އޮތޯރިޓީގެ […]
ފާއިތުވި ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން އިޖާބަދީ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިޕޯޓްކުރި ތަފާތު އެކި ކުއްލި ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.މީގެތެރޭގައި، އަލިފާނުގެ ހާދިސާތަކާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ އިތުރުން އާންމު ދިރިއުޅުމަށް ބުރޫއަރާފަދަ ކުއްލި އެކި ކަންކަން ހިމެނެއެވެ. […]
ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މިފަދަ ބޮޑު މަޝްރޫއެއް މީގެކުރިން ހިންގީ ރައީސް މައުމޫނުގެ ދައުރުގައި ކަމަށާއި، އޭގެ ފަހުން މަގުތައްބެލެހެއްޓުމުގައި އިހުމާލުވެފައިވާ […]
މާލޭ ނޯތު ހާބަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށްޓަކައި، އެތަނުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތުތަކެއް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން އުސޫލަށް ގެނައި ބަދަލާއެކު، އުޅަނދުފަހަރު ކިއުއިން ކެންސަލް ނުވާގޮތަށް ފަސް ދުވަހުގެ މުއްދަތަށް “ހޯލްޑް”ކުރުމުގެ ފުރުސަތު އުވާލައިފިއެވެ. ނަމަވެސް، […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތަށްއަތުވެއްޖެކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. އެގޮތުން، މަގުގައި ކޭބަލް ވަޅުލުމަށް ހަދާ ކޮންކްރީޓް ކާނު (ކޭބަލް ޓްރެންޗް) އެޅުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.މީގެ އިތުރުން، މި މަޝްރޫއުގެ ދެވަނަ ސެގްމަންޓް އަދި ތިންވަނަ ސެގްމަންޓްގައި ހިމެނޭ ޕާކިންގ ޒޯންތައް ހެދުމާއި ދުވާރުގައި ގާ އެޅުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަޝްރޫއުގެ ތަފްސީލުތަކުން ދައްކައެވެ. މިހާރު ކުރިއަށްދާ […]
ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިންގ ޔުނިޓް ޑިޒައިންކޮށް، ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން ހުޅުވާލާފައިވާ މި މަޝްރޫއަކީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ ޑިމާންޑަށް ހައްލެއް ހޯދުމަށާއި، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އަގުހެޔޮ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. ހައުސިން މިނިސްޓްރީ އިން […]
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1،000 އެފޯޑަބަލް ހައުސިންގ ޔުނިޓު (ފްލެޓް) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މަޝްރޫޢު ހަވާލުކުރެވުނު ކުންފުނިތައް: މި މަޝްރޫޢުގެ ދަށުން ފްލެޓްތައް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ތަޖުރިބާކާރު ކުންފުނިތަކާއެވެ. އޭގެ ތެރޭގައި ހިމެނެނީ: 1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް 2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި […]
އާސަންދަ ކުންފުނިން ރާއްޖޭގެ 8 އަތޮޅެއްގައި އާ ސަރވިސް ކައުންޓަރުތަކެއް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. އާސަންދަ ކޮމްޕެނީ ލިމިޓްޑް އިން ހާމަކުރި ގޮތުގައި،މި ލާމަރުކަޒީ މަސައްކަތުގެ ދަށުން އަލަށް ކައުންޓަރުތައް ގާއިމުކޮށްފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، އަދި ޏ. ފުވައްމުލައް ސިޓީގައެވެ. އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި، މި ކައުންޓަރުތަކުން ބޭސްފަރުވާގެ އެހީއަށް އެދި ފޯމު ހުށަހެޅުމާއި، ސްކީމާ […]










