މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކި މިންވަރު، ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު 172 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭގެ ތަފާސްހިސާބަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު 686.8 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ރަސްމީ ރިޒާވް، ޖުލައި މަސް ނިމުނުއިރު ވަނީ 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، ޖުލައި މަހަކީ އެ އޮތޯރިޓީއަށް ބޭރުފައިސާ […]
ފަހުގެ
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ވިއްސާރަ ދުވަސްވަރު ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޓީސީސީން ދެ ޕަންޕު ސްޓޭޝަން ބަހައްޓަން ފަށައިފިއެވެ. އެމްޓީސީސީއިން ހާމަކުރާ ގޮތުގައި، މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޮޑުތަކުރުފާނު މަގުގައި ދެ ޕަންޕު ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ މާލޭގެ ނަރުދަމާގެ ނިޒާމު ހަރުދަނާކޮށް، ވާރޭވެހޭއިރު މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މަސްވެރިންގެ ޕާކު ސަރަޙައްދުގައި ގާއިމުކޮށްފައިވާ “ޕަންޕު ސްޓޭޝަން 2” […]
ޤައުމީ ދުވަހުގެ ރަސްމީ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމުގައި ބިނާކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި” ހުޅުއްވައިދެއްވައިފިއެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ މި ބިނާ ހުޅުއްވައިދެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު […]
ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ފިލާވަޅު ހާސިލްކޮށް، ޒަމާނާ ގުޅޭ ޢިލްމާއި ހުނަރު ދަސްކުރުމަކީ ޤައުމީ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ވާހަކަފުޅުގައެވެ. ބޮޑުތަކުރުފާނު ނިޔަމިކަމާއި ހަނގުރާމައިގެ އުކުޅުތައް އުނގެނިވަޑައިގެން ޤައުމީ ލޯބި ބިންވަޅުނެންގެވި ފަދައިން، ކޮންމެ ޒަމާނަކަށް ބޭނުންވާ ޢިލްމާއި ހުނަރު އެ އިރެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. […]
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވުމަށްޓަކައި، ނިޒާމީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އެފަދަ ކަންކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައިފިއެވެ. ރައީސް މި ފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނުތައް ނުހެދޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން ކަށަވަރުކުރާނެ ހަރުދަނާ އިޖުރާއީ ނިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. […]
މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ 116 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުދައްކާ އޮތުމުން ވެމްކޯގެ މާލީ ދެމެހެއްޓެނިވިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މައްސަލަ ހުށަހަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީވެގެން ޚިދުމަތް ހޯދުމަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، 2024 އިން ފެށިގެން ހޯދާފައިވާ ޚިދުމަތްތަކަށް ސިޓީ ކައުންސިލުން […]
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ގޮތަށް ރައީސް އޮފީހުން ނިންމައިފިއެވެ. އެގޮތުން މި ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ. ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، […]
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ބޮޑުވަމުންދާތީ، ފިލިޕީންސްގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، 800 މިލިއަން ޑޮލަރު އަވަސް މިނެއްގައި ދޫކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަށައިފިއެވެ. އޭޑީބީގެ ރައީސް މަސާޓޯ ކަންޑާ ފާހަގަކުރެއްވި ގޮތުގައި، ދުރުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސަރު ބޭހުގެ އަގާއި ކަރަންޓާއި ފެނުގެ ހިދުމަތް ފަދަ އަސާސީ ކަންކަމަށް ކުރެއެވެ. މި އަސަރުތައް ކުޑަކޮށް، ފިލިޕީންސްއަށް ސިއްހީ ފަރުވާ […]
ވީ ޙަޤީޤަތާ ޚިލާފަށް އިޤްތިޞާދީ ވާހަކަ ދެއްކުމަކީ އެއްވެސް ފަރާތަކަށް މަންފާއެއް ކުރާނެ ކަމެއް ނޫންކަމަށާއި އެފަދަ ވާހަކަތައްް ނުދެއްކުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ. ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ ރޭޓާ ގުޅުވައިގެން ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ބާޒާރުގައި ނޭދެވޭ ނުތަނަވަސްކަމެއް އުފެދިގެންދެއެވެ. އަދި މީގެ ސަބަބުން ބްލެކް މާކެޓުގައި ހިނގާ ޣައިރުޤާނޫނީ މުޢާމަލާތްތަކަށް އިތުރު ހިތްވަރެއް ލިބި، ރާއްޖޭގެ މުޅި އިޤްތިޞާދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް […]
އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އުފެއްދި “އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް” (އެއިމް) ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ. އެގޮތުން، މި ރަސްމިއްޔާތުގެ ތެރެއިން، އެ އިންސްޓިޓިއުޓުން ހިންގި ފުރަތަމަ ކޯހުގެ ދަރިވަރުން ދަސްވެނިވެ، އެ ކުދިންނަށް ސަނަދުތައް ވަނީ ޙަވާލުކޮށްފައެވެ.ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީވެސްް ބައިވެރިވެވަޑައިގެންނެވިއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި […]
ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ސްޓޭޓްފާމާއިން އެޗްޕީއެލްއާއެކު ސޮއިކޮށްފި
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްމެ ފެންވަރު ރަނގަޅު ބޭސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) އާއެކު ސްޓޭޓްފާމާއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސްޓޭޓްފާމާއިން ހާމަކުރިގޮތުގައި، މިއީ ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ބޭސް ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.ސްޓޭޓްފާމާ އިން ބުނިގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ކުންފުނީގެ ބައިނަލްއަޤްވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުޙަލާތައް ހަރުދަނާވެގެންދާނެއެވެ. […]
ޑިކަލް ދާއިރާއިން ކިޔެވުން ނިންމާ ދިވެހި ދަރިވަރުންނަށް (މެޑިކަލް ގްރެޖުއޭޓުން) ބޭނުންވާ މެޑިކަލް އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލްސްއާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މެޑިކަލް ދާއިރާއިން ކިޔެވުން ނިންމާ ދިވެހި ދަރިވަރުންނަށް ޢަމަލީ ތަމްރީނު (މެޑިކަލް އިންޓާންޝިޕް) ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލްސްއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.އެގޮތުން،މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް […]











