ޙަބަރު

އުތީމުގައި ބާއްވާ ޤައުމީ ދުވަހުގެ ޖަލްސާގައި ޤައުމީ އިނާމު ދިނުމަށް ނިންމައިފި

އާމިނަތު ރޫޔާ

1 މިނިޓު
އުތީމުގައި ބާއްވާ ޤައުމީ ދުވަހުގެ ޖަލްސާގައި ޤައުމީ އިނާމު ދިނުމަށް ނިންމައިފި

މިއަހަރުގެ ޤައުމީ ދުވަހުގެ  މުނާސަބަތުގައި ހއ. އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ގޮތަށް ރައީސް އޮފީހުން ނިންމައިފިއެވެ.

އެގޮތުން މި ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް އެރުވުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ޤައުމީ ޚިދުމަތުގެ އިނާމު ވަނީ އަވަހާރަވެފައިވާ އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ކަނޑައަޅުއްވާފައެވެ.

ޝެއާ

ކޮމެންޓު