ފަހުގެ

ސަފުހާ 24 / 192

ޙަބަރު

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރަމުންދާ ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައއްވައިފިއެވެ. އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން 12 ނޮވެމްބަރު 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ޢަރަބިއްޔާ ސްކޫލުގެ އައު ސައިޓަށް ރައީސް ކުރެއްވި މި ޒިޔާރަތުން އެމަނިކުފާނަށް މަރުޙަބާ […]

ޙަބަރު

ދިވެހިބަހުން ވާހަކަދައްކަން މި ޖީލުގެ ކުދިން ފަސްޖެހުމާއި، މާދަރީ ބަސް ބޭނުންކުރުމުގައި އުނދަގޫތަކެއް ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެެވެ. ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، އަންނަން އޮތް ޖީލުތަކުގެ ކުދިންގެ ކިބައިގައި ވާހަކަދެއްކުމުގެ ޤާބިލުކަން އަށަގަންނުވަން ޖެހޭކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މި ހުނަރަކީ ވަށައިގެންވާ މީހުންނާ މުޢާމަލާތުކުރުމުގައާއި އަމިއްލަ މުސްތަޤްބަލުގެ ކެރިއަރުން ކާމިޔާބީ ހޯދުމުގައި […]

ޙަބަރު

އޮފީހަށް ނިކުންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާ ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެތީ، ކޮންމެ މީހެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވެ ސަމާލުކަން ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ވިދާޅުވީ، މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ބޭއްވި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ސިވިލް ސަރވިސް ކޮމިޝަނުގެ […]

ޙަބަރު

ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި ހާއްސަ މެސެޖުގައެވެ. އެކި ރަށްތަކާއި މުޖުތަމައުތަކުގެ އިތުރުން ތަފާތު ސަގާފަތްތަކަށް ނިސްބަތްވާ ޒުވާނުން ދިރިއުޅެމުންދަނީ އެކި ކަހަލަ ހާލަތްތަކެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ޒުވާނުންގެވެސް ބޭނުންތަކާއި އުންމީދުތައް […]

ޙަބަރު

އާއިލާގެ ތެރެއިން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނުނަގާނެ ކަމަށާއި، ދާދިފަހުން ވިހެއުމާއެކު ދައުލަތަށް ނެގި ތުއްތު ކުއްޖާގެ ކަންކަން ކުރިއަށްގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ކުއްޖަކު ދައުލަތަށް ނެގެމާއި ގުޅިގެން އެކުއްޖާގެ މަންމަ ވަނީ ސޯޝަލްމީޑިއާގައި، ބޮޑެތި ތުހުމަތުތަކެއް ކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ސުވާލުތަކެއް އުފައްދާފައެވެ. އުމުރުން 25 އަހަރުގެ އެ މަންމަ […]

ޙަބަރު

އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓް މެދުވެރިކޮށް ގާއިމުކުރި ލިންކުތަކުން މިއަހަރުގެ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު އިތުރަށް ތަރައްޤީކޮށް އެ ފަންޑަށް އެހީތެރިކަން ހޯދުމަށް މީރާގެ ވެބްސައިޓްގައި ހުޅުވާލި ލިންކުތަކުން ބޮޑު ތަރުޙީބެއް ލިބެމުންދާ […]

ޙަބަރު

ހިނގަމުންދާ 2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ފުލުހުން މުޅި ރާއްޖޭގައި ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށްފައިވާއިރު، މި މުއްދަތުގައި ޖުމްލަ 1،875 މީހުން ހައްޔަރުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކުގެ މާލީ މުއާމަލާތްތައް ހޯދުމުގެ ފުޅާ ތަހުގީގުތަކެއް ވެސް ވަނީ ފަށާފައެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ފާއިތުވި ހަތް މަސްދުވަހުގެ ތަފާސްހިސާބުތައް […]

ޙަބަރު

ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ނަގާލުމަށް ދޮގު ޚަބަރު ފެތުރުމަކީ ބޭރުގެ މާލީ އިދާރާތަކާ އެކު އޮންނަ ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން ބޭރު ގައުމުތަކުގައި ތިބޭ ދިވެހި ދަރިވަރުންނަށާއި، ބޭރަށް ފައިސާ ފޮނުވާ ވިޔަފާރިވެރިންނަށް ކާޑު ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްއިކޮނޮމިކް،މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކާ ގުޅުން ކެނޑިއްޖެނަމަ، އޭގެ ސީދާ ގެއްލުން އާންމު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. […]

ޙަބަރު

ދައުލަތް ހިފަހައްޓައިދޭ މުހިންމު މުއައްސަސާތަކުގެ އަގުވައްޓާލައި ނަފުރަތު ފެތުރުން ހުއްޓުވުމަށް، މިހާރު ހުރި ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް ގާނޫނީ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިޙުސާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އޮންނަ ރައްޔިތުންގެ އިތުބާރު ސިޔާސީ ބޭނުންތަކަށްޓަކައި ނަގާލައިގެން ނުވާނެ […]

ޙަބަރު

“ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް 9,000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ. އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި, އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް […]

ޙަބަރު

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކަށާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސާކްއިން އަދާކުރާ މުހިއްމު ދައުރަށް އަލިއަޅުއްވާލައްވައި، ޖަމްޢިއްޔާ ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ […]

ޙަބަރު

ޒުވާން ފާމަސިސްޓުން ތަމްރީނުކުރުމާއި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސްޓޭޓްފާމާ އިން ވިލާ ކޮލެޖާ އެކު މަޝްވަރާކޮށްފިއެވެ. މީގެ އިތުރުން، މިހާރު މި ދާއިރާގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި، ވިލާ ކޮލެޖާ ގުޅިގެން ހާއްސަ ރިފްރެޝަރ ކޯސްތަކެއް ހިންގުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ސްޓޭޓްފާމާ އިން ހާމަކުރި ގޮތުގައި، ދިވެހި ޒުވާނުން ބިނާކުރުމަށާއި އެފަރާތްތަކަށް ކުރިއަށްދިއުމުގެ މަގުތައް ތަނަވަސްކޮށްދިނުމަށް ކުންފުނީގެ ދޮރުތައް އަބަދުވެސް […]