ފަހުގެ

ސަފުހާ 183 / 192

ޙަބަރު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ފެބްރުއަރީ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކުރިން ހިމެނިފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅާފައިވާއިރު، ފަހުން ގަވައިދަށް ގެނައި ބަދަލު ވެސް ގާނޫނުއަސާސީއާ ހިލާފު ކަމަށް މަޖިލީހުގެ ގާނޫނީ ބޭފުޅުން ލަފާދެއްވާފައިވާ ކަމަށެވެ.ފެބްރުއަރީ 19 ގައި ބޭއްވި […]

ސިޔާސީ

ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ކިތައް ޕަސެންޓް މިހާތަނަށް ފުއްދިއްޖެތޯ އެވެ.”ހަފުތާ 14″ގައި ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 ވައުދެއް ފުއްދަން ހިމަނައިފަ އެވެ.”އޭގެ ތެރެއިން ހުރިހާ ވައުދެއްހެން މިހާރު ވަނީ ކަނޑައެޅި ޓާގެޓާ ހަމައަށް ފުއްދިފައި،” ރައީސް ވިދާޅުވި އެވެ.”ދެތިން ކަމެއް ގާތްގަނޑަކަށް ހަމަ ނިމުމަކާ ހަމައަށް ގޮސްފައި ވަނީ 161 ވައުދުގެ ތެރެއިން 155 […]

ސިޔާސީ

ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި މިފަހަރު ރައީސްގެ އަރިހުން މީހަކު އެދިފައި ވަނީ ކުރިއަށް ރޯދަ މަސް އޮތުމާ އެކު ކާބޯތަކެތި އަގު ހެޔޮކޮށްދިނުމަށެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ […]

ޙަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިިޓީތަކުން ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ އެސެސްމެންޓް ހެދުމަށް ފަހު ވެހިކަލް ކެޕޭސިޓީއަކީ ކޮބައިކަން ދެނެގަނެ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަވާދު “ވަގުތަށް” ވިދާޅުވީ މި ގަވައިދަށް ސަރުކާރުން އިސްލާހް ގެނެސްފައިވަނީ މާލޭގައި ދިމާވެފައިވާ ވެހިކަލްގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ. “ކުރިން ގަވައިދު އޮންނަ ގޮތުން މާ ކޮމްޕްލިކޭޓްވެފައި އޮންނަނީ. އަޅުގަނޑުމެން […]

ސިޔާސީ

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ. މުއިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މަހުގެ 6 ގައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ މަތީ އިންސައްތައެއް ލިބުނު ތ. ގުރައިދޫއަށެވެ. ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުގައި ރައްޔިތުންގެ އަޑު އެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނު މިއަދު ވަނީ ޅ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. އެ ދަތުރުގެ […]

ސިޔާސީ

ހަގީގަތާ ހިލާފު ވާހަކަތަކާ ދުރުވެ، މަޖިލިސް އިންތިހާބަށް ރީތި ކެމްޕެއިނެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ހަވީރު ނައިފަރަށް ވަޑައިގެން ކުރިއަށް އޮތީ ރޯދަ މަސް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މާތް މަހާ ދިމާކޮށް ހަގީގަތާ އެއްގޮތަށް ރީތި ބަހުރުވައިން ކެމްޕެއިންކޮށް ރީތި އާދަކާދަތައް އާލާކޮށް ދިރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ، […]

ޙަބަރު

ނައިފަރަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނެވި ތަރައްގީ ހާސިލްވާ ގޮތަށް ކަންކަން ކުރުން ކަން އެމަނިކުފާނުގެ މެނިފެސްޓޯގައި ވާނެ ކަމަށެވެ. އަދި އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން އުތުރުގެ އިންޓަގްރޭޑެޓް ޑިވެލޮޕްމެންޓް ކޮންސެޕްޓުގައި ކުރިއެރުވުމާއި ދެކުނު ހަތަރު އަތޮޅު ހިމެނޭހެން ސަދަން ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީކުރުމާއެކު މެދު ރާއްޖެތެރެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 7 އާބަން ސެންޓަރެއް ތަރައްގީ […]

ޙަބަރު

“ކްރިޓިސައިޒްވެސް ކުރަންވާނެ. އެއީ ޕޮޒިޓިވް ނުވަތަ ކަންކަން ރަނގަޅުކުރަން ހެޔޮ ނިޔަތުގަ ބުނާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔާނަން. އަދި ހިތްހަމަ ނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން.” އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުންޏަކުން މުވައްޒަފަކަށް ފިޔަވަޅު އެޅި އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ކަމަށް ލިޔެފައި އޮތް ރިޕޯޓެއް ނޫހަކުން ފެނިަވޑައިގެންނެވި ކަމަށެވެ. އެ ލިޔުން ފެނުމާއެކު އެ ކުންފުނީގެ އެމްޑީއަށް ފޯނުން ގުޅުއްވި ކަމަށާއި އަދި […]

ޙަބަރު

ޕީޖީ ހުސެއިން ޝަމީމްގެ ބްލޮގުގައި މިއަދު ޝާއިއު ކުރި ލިޔުމެއްގައި ވަނީ، މިހާރު އެ އޮފީހުގެ ވެބްސައިޓަށް، އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން “ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން” ކިޔާ ޓެބެއް އޮންނާނެ ކަމަށެވެ. އެޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ޝަމީމް ވިދާޅުވި ގޮތުގައި، ފޯމުގައި ފުރަންޖެހޭ ނަމާއި އެޑްރެހާއި އީމެއިލާއި އެނޫން ވެސް […]

ޙަބަރު

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނީ އިގުތިސާދީ ތަރައްގީ ހޯދައިދިނުމުން ކަމަށެވެ. ގެދޮރުވެރިކަމާ ފުދުންތެރިކަން ލިބެންޖެހޭ ކަމަށާއި އެހެންކަމުން ކުރެންދޫއާ މާ ދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުށި އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ގަސްދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “މިރަށުގެ ދާއިމީ ތަރައްގީއަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި، އަޅުގަނޑު ގަސްދުކުރަނީ މިރަށާ މާ ދުރުނޫން ހިސާބެއްގަ އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް […]

ޙަބަރު

ރައީސް ވިދާޅުވީ މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑައެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ.. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖޭއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހެދުމަށްކަން ފާހަގަކުރެއްވިއެވެ. މިހާރު ލިބޭ ބްލޮކްގްރާންޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ ފަސް އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ޚާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު […]

ޙަބަރު

ޝިޔާމް ވިދާޅުވީ، މި މަހުގެ ފަސް ވަނަ ދުވަހު 50 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރަން ފޮނުވާފައިވާ ކަމަށާއި، މިފްކޯއިން މިހާރު އެ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހާ ހިސާބަށް މަސްވެރިންނަށް ދޫކުރަން ފޮނުވާފައިވާ ފައިސާއަކީ މި އަހަރުގެ 25 ޖެނުއަރީއާ ހަމައަށް މަސްވެރިންނަށް ލިބެންޖެހޭ ފައިސާއެވެ. އެހެންވެ، އޭގެ ފަހުން ވެސް ކިރާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގެއް އޮތްކަން […]