ރީރަޖިސްޓްރީ ކުރަން ޖެހޭނީ މީގެ ކުރިން ވޯޓުލާން ރަޖިސްޓްރީ ކުރި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމައެވެ. އޮންލައިންކޮށް ވެސް ރީރެޖިސްޓަރ ކުރެވެއެވެ.އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 03:00 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.އެހެންކަމުން ވޯޓުލާންދާންޖެހޭތަން ބަދަލުވާނަމަ މުއްދަތު ހަމަވުމުގެ ކުރިން ރީ-ރަޖިސްޓަރީ ކުރުމަށް ވަނި އެދިފައެވެ.މަޖިލީސް އިންތިހާބު މިހާރު ބާއްވަން ނިންމާފައި ވަނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.އީސީން […]
ފަހުގެ
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަލަށް ގެނައި ހުރިހާ ބަގީތައް ހުރީ ހަލާކުވެފައި ކަމަށާއި ކުރިން ކައުންސިލުން އެހެން ފަރާތަކަށް ދީގެން ހިދުމަތް ދެމުންދިޔަ ބަގީތައް މަރާމާތުކޮށްގެން ދެ ވަރަކަށް ބަގީއިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެންކަމުން އާޒިމް ހުށަހެޅުއްވީ ބަގީގެ ހިދުމަތަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ހިދުމަތެއް ކަމަށް ވާތީ ބަގީތައް މަރާމާތުކޮށްގެން ކައުންސިލުން އަމިއްލައަށް އެ ހިދުމަތް އޮޕަރޭޓް ކުރުމަށެވެ. ބަގީގެ […]
މިޚިދުމަތް ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ. މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭން މިހާރުވަނީ ބޭނުންވާ ވަސީލަތްތަކާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ […]
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނައި އަސްކަރީ ޑްރޯން ޓެސްޓު ކުރަން ފަށައިފި އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މި ސަރުކާރުން ތުރުކީ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ގަތް ޑްރޯންތައް ރާއްޖެ ގެނެސް ނ. މާފަރުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ޑްރޯން ޓެސްޓު ކުރަން މާފަރު މަތިން ދުއްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެނގިފައިވާ ގޮތުގައި ޑްރޯން އޮޕަރޭޓް ކުރުމަށް އެމްއެންޑީއެފްގެ […]
އެ ކޮމިޝަނުން އާންމު ކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ތަހުޤީޤު ކުރުމުގެ މަސައްކަތަކީ ގިނަ ގޮންޖެހުންތައް ދިމާވާ މަސައްކަތަށްވާއިރު އަބަދުވެސް ދިމާވާ ގޮންޖެހުމަކީ ތަހުޤީޤަށް ބޭނުންވާ ހެކި ހޯދުމުގައި ދިމާވާ ގޮންޖެހުން ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރަކީ ވެސް ހެކީގެ ގޮތުގައި ބައެއް އިދާރާތަކުން ހޯދަން ޖެހޭ ލިޔުން ހޯދުމުގައި އެ އިދާރާތަކުގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބިފައިނުވާ އަހަރެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްސީލުތަކެއް […]
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށުު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުުއްވި “އެންޓި ޑިފެކްޝަން ގާނޫނު”ގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ. ޑިމޮކްރެޓްސްއިން ދެކޭގޮތުގައި އެގޮތަށް އޮޓޯއިން މެމްބަރުން ވަކިވާ ގޮތަށް ގާނޫނު ހެދުމުގެ ބަދަލުގައި ހަދަންވީ މެމްބަރު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުން އެ މެމްބަރު ވަކި ކުރުމާ މެދު ގޮތެއް ނިންމޭ ގޮތެކެވެ. އެ ބަހުސްގައި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވިދާޅުވެފައި […]
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ ލީޑަރުންގެ ސަބަބުން ޕާޓީ ދޫކޮށް މެންބަރުން ދިޔަ ކަމަށާއި އޭނާ ވެސް ޕާޓީ ދޫކޮށްލީ ކުރާ މަސައްކަތް ބަލައިނުގަނެ ބާކީކޮށްލުމުން ކަމަށެވެ. “އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކީ ގިނަ ދުވަހު މަސައްކަތްކުރި ޕާޓީ ބަދަލުކުރީ، އެޕާޓީގެ ލީޑަރުން އަޅުގަނޑު ބަލައިނުގަނެ އަޅުގަނޑު ނޫން ގޮތެއް ހޯދަން ވިލަރެސް ކޮމިޓީގައި ވިދާޅުވެފައި އޮތީމަ، މިއަދު ރާއްޖޭގެ ރައްޔިތުންނަށާ އަޅުގަނޑު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް […]
މި މަހުގެ 5-7 އަށް އައިޓީބީ ބާލިން ފެއާގައި ރާއްޖޭން ބައިވެރިވުމަށް ފަހު، އެ ކަމުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމްގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށާއި އެހެންކަމުން، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ހޯސްޓުކުރުމަކީ އަމާޒެއް ކަމަށެވެ. “2026 ވަނަ އަހަރު އައިޓީބީ ފެއާ ހޯސްޓްކުރުމަށް ވާން ޖެހޭ ތައްޔާރީތައް ހަމަޖެއްސުމުގައި ސްޓޭކް ހޯލްޑަރުންނާ އެކީ އެމްއެމްޕީއާރުސީގެ އެމްޑީ އަދި މުޅި ޓީމު […]
ދަނޑުވެރިންނަށް ހާއްސަކޮށްގެން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް ސްކީމެއް ފެށުމަށް އެގްރިކަލްޗާ މިނިސްޓްރީ އާއި އެސްޑީއެފްސީން އެއްބަސްވުމެއްގައި މިއަދުސޮއިކޮށްފި އެވެ. އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމަކީ އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުންދާ “މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް” (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި 15،188،700ރ. ގެ މެޗިން ގްރާންޓެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއް ކަމަށެވެ. “އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް” […]
ކޯރަމް ގުނާ ގޮތާ މެދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމްކުރީ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެކަމަކު، ހުކުމާ ހިސާބަށް ދިޔައިރު މަޖިލީހުން އޮތީ ހުށަހެޅި މައްސަލައިގައި ބުނާ މާއްދާ ކުރިން އޮތް ގޮތަށް ބަދަލުކޮށް، އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައި ކަމަށް ވާތީ ކޯޓުން ނިންމީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާސޫސްކުރައްވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއިން ނިކުމެވަޑައިގެން ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވި ކަމަށް ފެތުރި ހަބަރު އެމަނިކުފާނު މިއަދު ދޮގުކުރައްވައިފިއެވެ. ޗެނެލް 13އިން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ނައިބު ރައީސަށް ޖާސޫސް ކުރާތީ އެކަމާ އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގެން ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ އެޕާޓުމެންޓަކަށް ބަދަލުވެވަޑައިގެންނެވި ކަމަށް ބުނެ ހަބަރު ފަތުރައިފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނައިބު ރައީސް ހުސައިން މިއަދު އެކްސްގައި ކުރެއްވި ކުރި […]
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ އެ ޕާޓީން ކޮމިޝަނަށް 3370 ފޯމް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ. […]











