ފަހުގެ

ސަފުހާ 180 / 192

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު މަޤާމާ ހަވާލުވިއިރު ސްކޫލްތަކާ ގުޅޭ މަޝްރޫއުތަކެއް ކުރީ ސަރުކާރުން ފެށުމަށްފަހު ފައިސާ ނުދީ ހުރި ކަމަށާއި އެފައިސާގެ ތެރެއިން މިހާރު 90 މިލިޔަން ރުފިޔާ ދެއްކިއްޖެ ކަމަށެވެ. ޝަފީއު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ސްކޫލްތަކާއި ގުޅޭ 107 މަޝްރޫއެއް ހިންގަމުންދިޔަ ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކަށް ދައްކަންޖެހޭ ފައިސާގެ ލަސްތަކެއް ހުރުމުން ބައެއް މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. އެ […]

އާންމު

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން، އެ ތަނުން ގޯތި ލިބުނު މީހުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަން އިއުލާނުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ގިރާވަރު ރައްޔިތުންގެ ޖަމިއްޔާއާއި ކުރިންވެސް ހިއްސާކޮށްފައިވާ ކަމެކެވެ. އަދި ގޯތިލިބިފައިވާ ރައްޔިތުން ބައިވެރިވެގެން އެތަނުގެ ކަންކަން ނިންމާފައިވާކަމަށް ރައީސްވަނީ ކުރިންވެސް ވިދާޅުވެފައެވެ.. މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ބައްދަލުވުން ބާއްވަން ރާވާފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ. ގިރާވަރުފަޅުން ގޯތި ލިބުނު މީހުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް […]

ސިޔާސީ

ރައީސް އޮފީހުން ވިދާޅުވީ އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ރައީސް ގާއިމުކުރެއްވީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ކަމަށް ރައީސް އޮފީހުން މައުލޫމަަތު ދެއްވައެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ […]

އާންމު

“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ކުރީ ސަރުކާރުންވެސް ވަނީ ބައެއް ފަރާތްތަކަށް ބިމާއި ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރ މުހައްމަދު ސިރާޖު ވިދާޅުވީ، މި ސްކީމްގެ ދަށުން ބިން ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު، ބިން ލިބުނު ބައެއް ފަރާތްތަކަށް ބިން ހަވާލު ކުރެވި، އިންފާރު ރޭނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. “އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފައި […]

ޙަބަރު

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވެއިތު ފަންޑު މެދުވެރިކޮށް ފަންޑިން ހޯދަން ކުރީ ސަރުކާރުން ނިންމި ކަމަށެވެ. “ނަމަވެސް އޭރުގައި ދިމާވި ބައެއް ކަންތައްތަކާ ހުރެ ފަންޑިން ވަނީ ހުއްޓިގެން ގޮސްފައި، ދެން ސަރުކާރުގެ ވަރަށް ފަހުކޮޅުގައި އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ދައުލަތުގެ ބަޖެޓުން ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތްކަމުގައިވީ ނަމަވެސް މިއަހަރުގެ ބަޖެޓުގައި […]

ސިޔާސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގަނެ، ކެމްޕެއިން ފައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައެވެ. ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ އަލީ އިބްރާހިމެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ މި ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު […]

ސިޔާސީ

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްއިން ތަހުގީގު ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ، އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ދައުރު ކުރުވާފައި ހުރި ކަމަށާއި ކޮވިޑުގެ ހާލަތު ނިމުމުން ވެސް އެ އިސް މުވައްޒަފުން ކަންތައް ކުރީ އެހެން ކަމަށެވެ. ލޫތު ވިދާޅުވީ އެ އިސް ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ވަރަށް އަވަހަށް ޕީޖީ އޮފީހަށް މައްސަލައިގައި […]

އާންމު

އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީއިން ކުރާ ކަމެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓްސް ސްޓޭޓަސް […]

ޙަބަރު

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މިފަދަ ހަރަދުތަކުގެ ދެ ފުށް ފެންނަން ޖެހޭނެ ކަމަށެވެ. އަދި މި މުއާމަލާތުގައި ސިއްސައިގެންދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިކަން ބަލައިދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މި ޑްރޯން ތަކަކީ ހިލޭ ލިބުނު އެއްޗެއް ކަމަށް އެމްއެންޑީއެފްގެ އެއާކޯ އިފްތިތާހު […]

ސިއްޙީ

އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން މި ވީ 18 ދުވަސްތެރޭގައި 35 ދަތުރު ކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު “ވަގުތު” އަށް ވަނީ ވިދާޅުވެފައެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. އެއާ އެމްބިއުލާންސްގައި ބަލި މީހާ ރާއްޖެއިން ބޭރަށްވެސް […]

ސިއްޙީ

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކަށްް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ ލެބޯޓްރީ ހިދުމަތް ފަށަން ބޭނުންވާ ތަކެތި ރަށްރަށަށް ނުފޮނުވައި ހުރީ ހުރިހާ ތަކެތި ގެނެސް ނުނިމޭތީ ކަމަަށެވެ. އޭނާ ވިދާޅުވީ ކުއްލި ހާލަތުގައި ހަދަން ޖެހޭ ޓެސްްޓްތައް ހެދޭ ވަރަށް ބައެއް ރަށްރަށުގައި ލެބޯޓްރީ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. “އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި، މިހާރު ލެބޯޓްރީގެ […]

އާންމު

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އިންސްޓްޓިއުޓްގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އެކު ތިބެގެން އެ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ. އަދި އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް ވެސް […]