މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު އެހެން ވިދާޅުވީ މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުހުއްޓޭ ކަމަށެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ވެލި ނަގަން މާބޮޑު ސަރަހައްދެއް ދިރާސާ ނުކޮށް ކަމަށާއި އަދިވެސް އިތުރަށް ވެލި ހޯދުމަށް ދިރާސާ ކުރަން ބޮސްކާލިސްއިން ބޭނުންވާ ކަމަށެވެ. އަދި ގުޅިފަޅު ހިއްކައި ނިމުމުން އެކަމަށް ބޭނުންކުރާ ޑްރެޖަރު […]
ފަހުގެ
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްފުޅާއި ޕްލޭންތަކުގެ ސަބަބުން ރާއްޖެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އޮތް ދަތިހާލުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ. “ރޯދަ މަހުގެ އުމްރާ ދަތުރުތައް ގިނަވެ އިމްޕޯޓް ގިނަވި ނަމަވެސް ޑޮލަރު ރޭޓް މިހާރު ދަށަށް ދާން ފަށައިފި.” ސައީދު ވިދާޅުވެފައިވެއެވެ. ސައީދު ވިދާޅުވީ އިތުރު ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު އިތުރަށް ދަށްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. ޑޮލަރުގެ އަގު ދަށް […]
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ބްރިޖުގެ 35.53 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދަނީ ޝެޑިއުލްކޮށްފައިވާ ވަރަށް ވުރެ އަވަހަށް ކަމަށް ވިދާޅުވިއެވެ. “ޝެޑިއުލަށްވުރެ ކުރީގައި މަސައްކަތްތައް ދަނީ. މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝެޑިއުލަށް ގެންދިއުމަށް. އެ އަމާޒަށް ވާސިލްވެ ކޮންޓްރެކްޓަރަށް މަސައްކަތް ރަނގަޅަށް ގެންދެވެން ފެށީމަ، މަސައްކަތުގެ ޓައިމްލައިން އަވަސްކުރަން ބުނާނަން. މިހާރު ސަމާލްކަން ދެނީ މިހާރު އޮތް […]
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކޮށްފައިވާ މަޝްރޫއު ކުރިއަށް އޮތް މަހެއް ތެރޭ ނިމޭނެ ކަމަށެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިތުރު 85 ހެކްޓަރު ހިއްކުމުގެ މަޝްރޫއު ފަށާނީ އޭގެ ފަހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. “ރައީސް ފަހުން އިއުލާނު ކުރެއްވި […]
މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ޤައުމީ ދިފާޢީބާރުގެ ވައިގެ ބާރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. “ރަސް އައިން” އެޕްލިކޭޝަންގައި މަސްވެރިންނަށް ބޭނުންވާ މަޢުލޫމާތުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދެއެވެ.މި އެޕްލިކޭޝަންގައި ހިމެނޭ މަސްވެރިންނާ ގުޅުންހުރި މުހިންމު ކަންކަމުގެތެރޭގައި ދިވެހިރާއްޖޭގެ ތަފްސީލީ ޗާޓާއި ކަނދުފަތިތައް ހިމެނޭ ހިސާބު އަދި އެކި ދުވަސްތަކުގައި މަސް އައިންތައް އޮންނަ ސަރަޙައްދާ މަސްވެރިކަން ތިއާގި ސަރަޙައްދުތަކާގުޅޭ މަޢޫލޫމާތު މަސްވެރިންނަށް ލިބޭނެއެވެ. މި […]
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ދެ މިސްކިތެއްގެ އަންހެނުން ނަމާދު ކުރާ ބައިތަކަށް ގެއްލުން ދިނުން ކުށްވެރިކުރައްވާ ކަމަށާއި، މިނިސްޓްރީގެ ފަރާތުން، މިކަން ބަލައި ފިޔަވަޅުއަޅާނެ ކަމަށެވެ. “މިސްކިތްތަކަކީ ﷲ ގެ ގެކޮޅުތަށް، އެތަންތަނަށް ދޭންޖެހޭ ޤަދަރާއި އިޙުތިރާމް ދަމަހައްޓަންޖެހޭނެ.” ޑރ. ޝަހީމް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ […]
70 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން: މިނިސްޓަރ ޝަފީއު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެއްސެވީ އެއްވެސް ދިރާސާއެއް ނަހަދާ ދިރާސީ އައު އަހަރު ފަށާ ތާރީހު ބަދަލުކުރީ ކީއްވެގެންތޯއެވެ. ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް ނިންމީ، ކުރީ ސަރުކާރުން ގެނައި ބަދަލު ދިރާސާ ކުރުމަށްފަހުކަމަށެވެ. ކުރީ ސަރުކާރުން ގެނައި ބަދަލާއި އެއްގޮތަށް އޮތުމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް ޝަފީއު ވިދާޅުވިއެވެ. މިއީ ބެލެނިވެރިންނާއިި، ދަރިންވަރުންނާއި އަދި ޓީޗަރުންވެސް އެދޭ […]
އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ ވުޒާރާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއާއި، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި މަޖިލިސް އިންތިޚާބުގެ ވޯޓުލުމަށްފަހުގައި، ވޯޓު ގުނުމާއި ވަގުތީ ނަތީޖާ އިޢުލާނުކުރުމާއި، އަދިވެސް އިންތިޚާބާއި ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެތީވެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕްރީލް މަހުގެ 22 ވެސް ބަންދުދުވަހެއް ކަމުގައި ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިފައެވެ. ރައްޔިތުންގެ މަޖިލީހުގެ […]
ރާއްޖޭގެ ބައެއް ރަށްރަށުގައި ހޮސްޕިޓަލު އެޅުމަށް ކުވައިތު ފަންޑުން ފައިސާ ހަމަޖައްސާފައިވާ މަޝްރޫޢުތައް ހިންގާނެ ކުންފުނިތައް ކަނޑައެޅުމުގައި ކުރީ ސަރުކާރުން ކުވައިތު ފަންޑުގެ އުސޫލާ ޚިލާފުވެގެން އެ ފަންޑުން ހަމަޖެއްސި ފައިސާ ނުދިނުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެން، ކުރީ ސަރުކާރުގައި ބައެއް ރަށްރަށުގައި ކުރީ ސަރުކާރުން އަޅަން ފަށާނެކަމަށް އިއުލާނުކުރި ހޮސްޕިޓާތަކުގެ މަސައްކަތް ކުރިއަށްނުގޮސް އޮތް […]
ރައީސް މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ސިލްސިލާގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ހިޔާ ފްލެޓެއްގައި ދިރިއުޅޭ ނިޝްރީނާ މޫސާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނިޝްރީނާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފައެވެ. އަދި އެ ސަރަހައްދުގައި އެފަދަ ވަސީލަތްތައް ޤާއިމުކުރެވޭނީ ކޮންއިރަކުތޯ ރައީސްއާ ސުވާލުކުރިއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހިޔާ […]
ޒަކާތް ހައުސްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 829،948ރ އެވެ. އެ މުއްދަތުގައި އެހީ އަށް އެދުނު 69 މީހަކަށް އެހީގެ ގޮތުގައި 740،805ރ ހޭދަކޮށްފައިވެއެވެ. އެހީ ދީފައިވާ ގޮތުގެ ތަފްސީލް 1 ކެންސަރު ފަރުވާއަށް 245،948ރ2 ހިތުގެ އޮޕަރޭޝަނަށް 16،962ރ3 ޓްރާންސްޕްލާންޓަށް 76،329ރ4 ސިކުނޑީގެ އޮޕަރޭޝަނަށް 16،962ރ5 އެހެނިހެން 473،746ރ6 ޒަރޫރީ އެހީގެ ގޮތުގައި 12،750ރ މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ހުޅުވިގެން […]
އެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މިއަދު ފަށައިގަންނަނީ ފެންސް މަސައްކަތް ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަސް ތެރޭގައި ފެސިލިޓީ ޤާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކައުންސިލުން ވެސް މަސައްކަތް ކުރަމުން ގެންދަނީ ވަރަށް އަވަހަށް […]











