އާންމު

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން، އެ ތަނުން ގޯތި ލިބުނު މީހުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް

ismailazmeeadnan@gmail.com

1 މިނިޓު
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން، އެ ތަނުން ގޯތި ލިބުނު މީހުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން، އެ ތަނުން ގޯތި ލިބުނު މީހުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަން އިއުލާނުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ގިރާވަރު ރައްޔިތުންގެ ޖަމިއްޔާއާއި ކުރިންވެސް ހިއްސާކޮށްފައިވާ ކަމެކެވެ. އަދި ގޯތިލިބިފައިވާ ރައްޔިތުން ބައިވެރިވެގެން އެތަނުގެ ކަންކަން ނިންމާފައިވާކަމަށް ރައީސްވަނީ ކުރިންވެސް ވިދާޅުވެފައެވެ..

މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ބައްދަލުވުން ބާއްވަން ރާވާފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓްރީން އެދިފައިވެ އެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެ، ހިޔާލު ހުށަހަޅަން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ވެސް އިއުލާނުގައި އެދިފައިވެ އެވެ.

އެކަމަށް އިއުލާންއާ އެކު އޮންލައިން ފޯމެއް ވަނީ ހިމަނައިފަ އެވެ.

މިހާރު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

އެ ޕްލޭންގައިވާ ގޮތުގައި ގިރާވަރުފަޅުގައި މީހުން ދިރިއުޅޭ ގޯތިތަކުގެ އިތުރުން ކޮމިނިއުޓީ ޒޯންތަކާއި ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ ބިންތަކާއި ޕްރެޒިޑެންޝަލް ޕްލޮޓްސް ހިމަނާފައިވެ އެވެ.

ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކަށް ބޭނުންވާ ބިމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންކަމަށް ބޭނުންވާ ބިން ވެސް ކަނޑައަޅާފައިވެ އެވެ. ކޮމާޝަލް ބިންތައް ވެސް ކަނޑައަޅާފައިވާއިރު، އިންޑަސްޓްރިއަލް ޒޯނެއް ވެސް ވަނީ ހިމަނައިފަ އެވެ.

މީގެއިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން ޒޯނެއް ވެސް ގިރާވަރުފަޅުގައި ވަނީ ކަނޑައަޅައިފަ އެވެ.

ޝެއާ

ކޮމެންޓު