ފަހުގެ

ސަފުހާ 161 / 192

ޙަބަރު

އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ މި މަޝްރޫޢުގެ ދަށުން 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ކުރެވުނު އެވެ. އަދި 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓާއި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ފުރިހަމަކުރެވިފައި ވެއެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ނިމިފައި ވެއެވެ. މިހާރު ބާކީ އޮތީ ވަގުތީ ގޮތުން އެޅިފައިވާ ބައި ނެގުމާއި ސަރަހައްދު އެއްވަރުކުރުމުގެ […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފުރާވަޑައިގެންފި އެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ އއ. އަތޮޅަށް ކުރި މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އެ ރަށްތަކަކީ ތޮއްޑޫ، ރަސްދޫ، […]

ޙަބަރު

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ މިނިސްޓްރީން، ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ https://www.gazette.gov.mv/iulaan/355981 މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާރސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ […]

ކުޅިވަރު

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ މޮބައިލް ލެޖެންޑްސް މުބާރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އެއްވަނަ ލިބިއްޖެއެވެ. މިއީ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރެވެ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމުތައް އެއްތަނަކަށް އެއްވެ، އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ދިނުމެވެ. ފަސް ކުންފުންޏަކުން ނުވަ ޓީމު މި މުބާރާތުގައި ބައިވެރިވިއެވެ. އެ […]

ޙަބަރު

ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ މި ބައްދަލުކުރެއްވުމުގައި، ދިފާޢީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ނޭވީ މަނަވަރު “ދަރުމަވަންތަ” ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒް ވަޑައިގަތުން ފާހަގަކުރައްވައި، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ އަދި، […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއްޔެ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ މި ބިލު ހުށަހަޅުއްވާފައިވަނީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމާއި، އެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށެވެ. މީގެއިތުރުން އެ […]

ޙަބަރު

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، މި ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް ގަސް ފޮނުވައިފިއެވެ ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް މިވުޒާރާގައި އަންނަނީ އެދެމުންނެވެ. އަދި ހަނިމާދޫގައި ހުންނަ މި ވުޒާރާގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ވަނީ ފޯރުކޮށްދީފައެވެ ފުޑްސެކިއުރިޓީ […]

ސިއްޙީ

ސަރުކާރުގެ ސިއްޙީ އިންޝުއަރެންސް ސްކީމް، އާސަންދައާއި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ކުރީސަރުކާރުން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިސަރުކާރުން ދައްކައިފާވާކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ މާލިއްޔަތު ކޮމިޓީން މިކަން ހާމަކުރެއްވީ އެ ކޮމިޓީން އެކުލަވާލި ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި އިތުރު މައްސަލަތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ. ރިޕޯޓުގައި ވަނީ އާސަންދައިން ދައްކަންޖެހޭ ފައިސާ އަމިއްލަ ހޮސްޕިޓަލްތަކަށް ދައްކާފައި ނުވުމުގެ ސަބަބުން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ދަތިވެފައިވާކަމަށާއި، […]

ޙަބަރު

މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ މިއީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެދިގު […]

ޙަބަރު

މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެމަރުވެފައި ވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ އަތޮޅުވެހީގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭ ފަތިހު 5:50 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޭނާގެ އެއްވެސް ހަަރަކާތެއް ނެތްކަމަށެވެ. އަދި އަފްރާހު ބަންދުކޮށްފައި ހުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް […]

ކުޅިވަރު

އިންޑިއާގެ ޓަމިލް ނާޑޫގައި ކުރިއަށްދިޔަ މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމް އާއި އިބްރާހިމް އާމިރުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް އަހުމަދު ސައީދް އެވެ މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ނަތީޖާ ރަނގަޅުވުމާއެކު, 2026 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދާ […]

ޙަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުާން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ 16 ވަނަ އިސްލާހުގެ ބިލު ދެކެވަޑައިގަން ގާސިމް ވިދާޅުވީ މި އިސްލާހުތަކަކީ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހެއް ކަމަށެވެ ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި […]