ފަހުގެ

ސަފުހާ 160 / 192

ތަރަައްގީ

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފިވެއެވެ. މި މުހިއްމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަށްވާ ރަސްމިއްޔާތު ބޭއްވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފަރާތުން […]

ކުޅިވަރު

އއ. ރަސްދޫ އާއި އއ. އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ ރަސްދޫ އަދި އުކުޅަހުގައި ޤާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް އެމްއޭސީއެލްއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ އަންނަ އަހަރު ނިމުމުގެ […]

ސިއްޙީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. ރަސްދޫއަށް ވަޑައިގެން އއ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. މިއީ ކިޑްނީ ބަލި ތަޙައްމަލް ކުރަމުން ދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކި ވަރަކަށްވުރެ ދަށްވާ މީހުންނަށް ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ދޭ ޚިދުމަތެކެވެ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، […]

ތަރަައްގީ

އއ. އުކުޅަސް ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރެވިފައިވެއެވެ. އއ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުކުޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ މި މަޝްރޫއުގެ ދަށުން 15،860 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 117 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ނެރު ބޭރުތޮއްޓެއް ލުމާއި، 63 […]

މުނިފޫހިފިލުވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ފާހަގަ ކުރެއްވީ ބޮޑު އަދަދަކަށް ރަށްރަށުން ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުމަށް އެދުމާއި، އާއިލާ އެކު ޕިކްނިކްގޮސް މަޖާކޮށްލާނެ ރަށެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަމެއް […]

ކުޅިވަރު

އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމާއި، ރ. ކިނޮޅަހުގައި ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ މި އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިީމް ނިޔާޒްއެވެ. އަދި އެމްޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ. ކިނޮޅަހުގައި […]

ތަރަައްގީ

އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމުގެ މަޝްރޫއު މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިންއެވެ މި މަޝްރޫޢު އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން […]

ޙަބަރު

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފަށައިފިއެވެ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެއެވެ އއ. އަތޮޅުގައި ފެށި މި ޚިދުމަތާއެކު މިހާރު 28 ރަށެއްގައި މި ހިދުމަތް ލިބޭނެއެވެ. ޑީއެންއާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ […]

ޙަބަރު

މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލޭގެ ތިން ސަރަހައްދަކުން މިއަދު ހެނދުނާއި މެންދުރު ފަހު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ ހެނދުނު 9:30 އިން 11:30 އާ ދެމެދު މާލެ ސިޓީ، އަޅިވިލާ މަގު އަދި މަޖީދީ މަގު ސަރަހައްދުން، އަދި ހެނދުނު 10:00 އިން 10:30 އާ ދެމެދު އަމީނީ މަގު އަދި ތަބުރޭޒީ ހިނގުން ސަރަހައްދުން ކަރަންޓް ކެނޑިދާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އަބަދަށްފެހި މަގު އަދި […]

ތަރަައްގީ

އއ. ހިމަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ ހިމަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި […]

ސިއްޙީ

ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރު ވުޒާރާ އާއި އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެހ. މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރު ވުޒާރާއިން ސޮއިކުރެއްވީ ފިޓްނަސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއުއެވެ. އަދިއެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ މި އެއްބަސްވުންތަކާއި ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު […]

ތަރަައްގީ

އއ.ހިމަންދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިފިއެވެ ރައީސުލްޖުމްހޫރިއްޔާ ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވީ އއ.މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި އިދާރީ ބަޔާއި، މަލްޓިޕާޕޮސް ހޯލަކާއި، ލޯންޑްރީ އަދި ގަރާޖެއް ހިމެނޭއިރު، މެޑިކަލް އަދި ނޮން-މެޑިކަލް ތަކެތި ރައްކާކުރުމަށް ވަކި ޖާގައެއް ވަނީ ޚާއްސަކުރެވިފައެވެ އަދި މިއިމާރާތުގައި ޕަބްލިކު ހެލްތަށް ވަކި ބައެއް ވަނީ ޚާއްސަކުރެވިފައެވެ. މިއޮފީސްބައިން […]