ފަހުގެ

ސަފުހާ 144 / 192

ޙަބަރު

2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ހާއްސަކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ހުށަހަޅުއްވަނީ، 2026، 2027 އަދި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ. މިކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިން ވެސް މެ އެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ […]

ޙަބަރު

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބޭއްވި މަޝްވަރާ ބައްދަަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓާ، ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި […]

ޙަބަރު

އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ހޮނިހިރު ދުވަހު ފުރާވަޑައިގެންފި އެވެ. މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްދާނީ ސެޕްޓެމްބަރ 22 އިން 30 އަށެވެ އަދި އާންމު ބަހުސް އޮންނާނީ ސެޕްޓެމްބަރ 23 އިން 29 އަށެވެ. މި ދަތުރުފުޅުގައި ދެ ވަޒީރުން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާނެ […]

ޙަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވަގުތީ ގޮތުން ހިންގާ ފަސް މެމްބަރުންގެ ކޮމިޓީއެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު އެކުލަވާލައިފި އެވެ. ވަގުތީ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށް މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމެޓީއަށް އައްޔަންކުރެވުނު މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ކޮމިޝަނުގެ މެންބަރުން ވަނީ އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ އާ މީޑިއާ ކޮމިޝަނަށް އައްޔަނުކުރަންދެން، […]

ޙަބަރު

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް ސްޓެލްކޯ އިން ބުނެފި އެވެ. ރޭ މެންދަމު 3:30 އިން ފެށީގެން ގާތގަނޑަކަށް ދޮޅު ގަޑި އިރަށް ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނެވެ. ކަރަންޓު ކެނޑުނީ ފޭސް 2 ގެ އެމްޕީއެލް ޓަވަރުތަކާއި ވިނަރެސް ޓަވަރު ސަރަހައްދުންނެވެ. މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އަނބުރާ ދޭން ފެށިފައިވަނީ ފަތިހު 4:56 ހާއިރުއެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެ ސަރަހައްދުން ކަރަންޓު […]

ޙަބަރު

ފ. މަގޫދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ. އެ ރަށު ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ، ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަގޫދޫ އަށް ވަޑައިގެންނެވެ. ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދާއިރާގެ މެމްބަރު އަދި މަގޫދޫ ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ. މަގޫދޫ ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ ފެނަކައާއި ޙަވާލުކޮށްގެންނެވެ. މިއާއި […]

ޙަބަރު

ފ. ދަރަނބޫދޫގެ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަލްޓި ޕާޕަސް ހޯލަކާއި އިތުރު ކްލާސްރޫމްތައް ތަރައްގީކޮށްދިނުމަށް އެ ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ. ކައުންސިލުން މިގޮތަށް އެދުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދަރަނބޫދޫގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްގީއަށް […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގައި ވެސް ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ. އެރަށު ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް ފަހު ރައީސް ވަނީ، ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ އަލަށް އިތުރު ކުރާ އިމާރާތުގެ އަމަލީ މަސަތްކަތް ފައްޓަވާދެއްވާފަ އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި ސިއްޙީ މަރުކަޒުގެ އަލަށް އިތުރު ކުރާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް […]

ޙަބަރު

ފ. ދަރަނބޫދޫ ގިރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮރުގައި ބަލައި، އެ މައްސަލަ ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލައަކީ ރަނގަޅަށް ދިރާސާކުރެވެންޖެގޭ މައްސަލަ އެކެވެ. އެހެންވެ، އެ މަސައްކަތް […]

ޙަބަރު

ފ. ނިލަންދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަށުގެ މަގުތައް ތަރައްގީކުރާ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ […]

ޙަބަރު

ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ. ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ހަތަރު އަތޮޅަކަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފ. ނިލަންދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތުގަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް […]