ފަހުގެ

ސަފުހާ 145 / 192

ޙަބަރު

ފ. ފީއަލީ ބަނދަރު ތަރައްގީކުރުމާ އެކު ޖެޓީއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ފީއައްޔަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން […]

ޙަބަރު

ފ. ނިލަންދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސައުދީ ފަންޑުން ފައިސާ ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުއާ ގުޅޭ […]

ޙަބަރު

ފ. ބިލެއްދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. ބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. މި މަޝްރޫއުއަކީ 91.2 މިލިޔަން ރުފިޔާއަށް، 720 ދުވަހުގެތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ […]

ޙަބަރު

ފ. ބިލެއްދޫ ރައްޔިތުން އެދޭވަރަކަށް އެރަށު ބަނދަރު ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެެއިން ބިލެއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ބިލެތްދޫގެ ބިން ބޮޑުކުރުމަށް، އެރަށު ބަނދަރުން ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ބިން ހިއްކައިދޭނެކަމަށެެވެ. އަޅުގަނޑު ދޭނެ ޔަގީންކަމަކީ މިރަށުގައި ބަނދަރު ބޮޑުކުރުން ނުވަތަ ފުޅާކުރުން، ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި ޑިޒައިނަށް […]

ޙަބަރު

ވ.ރަކީދޫގެ 80 އިންސައްތަ ރައްޔިތުން އެދޭނަމަ، އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެ އަތޮޅު ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ވ. ރަކީދޫ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި، ވ. ރަކީދޫގެ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް […]

ޙަބަރު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ގޭދޮށު މަސްފެކްޓްރީއެއްވެސް އެޅިފައި ނުވާކަމަށާއި، ނަމަވެސް މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް އޭޓީއެމްތައް އަޅާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައްޔިތުންނަށް ދަތިވެ، ތަކުލީފަކަށްވެފައިވާ ކޮންމެ ކަމަކަށް އަވަސް ހައްލެއް ހޯއްދެވުމަށް ރައީސް ޑރ.މުއިއްޒު ރެއާއިދުވާލު ގެންދަވަނީ މަސައްކަތްކުރައްވަމުންކަމަށެވެ. އޭޓީއެމްގެ ހިދުމަތް ރަށްރަށުން ލިބުމާއި، ކޮންމެ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވުން އެއީ އާދައިގެ ކަންކަންކަމަށް ބައެއް ސިޔާސީ ފަރާތްތަކަށް ހީވިއަސް، […]

ޙަބަރު

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވޭނެ ގޮތް ހަދައިފިއެވެ. ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރުމުގެ ވައުދުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންނެވީ، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި، ޕާސްޕޯޓް ހައްދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީ ނިންމެވުމަށެވެ. އިއްޔެ ފެލިދެއަތޮޅު ފެލިދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމާއެކު ރާއްޭގެ ހުރިހާ އަތޮޅަކުން މިހާރު […]

ޙަބަރު

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް-ސަރވިސް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ. ވ. ރަކީދޫގައި މިއަދު ފެށި އޭޓީއެމްގެ ހިދުމަތާއެކު، އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މިހާރު އެ ހިދުމަތް ލިބޭނެއެވެ. އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް ރަކީދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން […]

ޙަބަރު

ވ. ކެޔޮދޫ ކައިރީގައި އޮންނަ ފަޅު އެރަށު ކައުންސިލަށް ލިބޭނެގޮތް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ. ކެޔޮދޫ ކައުންސިލުން މިކަމަށް އެދިފައިވަނީ، ރައީސް ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލު އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް، […]

ޙަބަރު

ވ. ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލެއް އެޅުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ ކެޔޮދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. ކެޔޮދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ. ކެޔޮދޫ ސްކޫލް އައު […]

ޙަބަރު

ބިމުގެ ދަތިކަމުގެ ސަބަބުން ރަށްރަށައް އެހެނިހެން ކުރިއެރުން ހޯދަން ދަތިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ ކެޔޮދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ ބިން ހިއްކުންކަމަށެވެ. އަދި މިއީ ރަށުގެ ކުރިމަގާއި ގުޅިފައިވާ އެންމެ ބޮޑު މަސައްކަތްތަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރަށް އިސްކަންދީގެން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްތަކެއް ފަށާފަވާއިރު، 2026ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން […]

ޙަބަރު

ވ. ފެލިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ. ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. ފެލިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ފެލިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަނުގެ […]