ރާއްޖޭން މަސް އެކްސްޕޯޓްކުރާ މިންވަރު 90 އިންސައްތަ އިތުރުވެއްޖެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 90.3 ވަނީ އިތުރުވެފައެވެ. އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ […]
ފަހުގެ
ށ. ފޭދޫގައި މިވަގުތު ކުރަން ހުރި ހުރިހާ ކަމެއްގެ ތެރެއިންވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެރަށަށް ތައުލީމީ ދާއިރާއިން ގެންނަންޖެހޭ ތަރައްގީއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ފޭދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުުވީ، ފޭދޫ ސްކޫލް ތަރައްގީކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދެ އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތްކުރީ މަޝްރޫއު ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށްކަމަށެވެ. ނަމަވެސް […]
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިފް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮހްރާމުގައި މިއަހަރު ހަ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މިފަހަރު ހިމެނޭ ދާއިރާތަކަކީ: މާކެޓިން އެންޑް ޕީއާރް އެޑްމިން ފައިނޭންސް ޕްރޮކިއުމަންޓް އިންފޮމޭޝަން ޓެކްނޮލޮޖީ އިންޖިނިއަރިން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ އުމުރުން18 އަހަރު ނުވުމާއި، ގްރޭޑް 10ގެ ތައުލީމް ނިންމާފައި ވުމެވެ. މި […]
ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވުމުން، ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލްކޮށްދޭން ހޯމް މިނިސްޓްރީން ނިންމައިފި އެވެ. ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، އިއްޔެއިން ފެށިގެން، ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވޯކް ޕާމިޓްތައް ބާތިލުކުރެވޭނެ ކަމަށެވެ. މިގޮތަށް ބާތިލުކުރާ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ، އެ ޕާމިޓަކާ […]
ށ ބިލެތްފަހީގައި ތަރައްގީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ މުހައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފި އެވެ. ރައީސް މިފަދައިން ޔަގީންކަންދެއްވާފައި މިވަނީ، ބިލެތްފައްސަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް އިއްޔެ ބިލެއްފައްސަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ. އެއާއެކު އިއްޔެ […]
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން މިއަދު އައްޔަނުކުރައްވައިފި އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ އިބްރާހީމް އަފީފު އަދި ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ ޝަވްފާ އިބްރާހީމެވެ. ރައީސް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ […]
ކަނޑިތީމު ސިއްހީ މަރުކަޒު ތަރައްގީކުރާނީ 20 އެނދުގެ ޖާގައާއެކު، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުގެ ސްކޯޕްފުޅާ ކުރުމާއެކު، ސަރަޙައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހެދުމަށް، އިތުރު ބާރަކަށް […]
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއް ރިޝްވަތަށް އެދިފައިވާ މައްސަލައިގައި އޭނައަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، މުއާޒު އަލީގެ މައްޗަށެވެ. އޭސީސީން ހުށައަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާއެވެ. މިއީ، 2018ވަނަ އަހަރު […]
އަންނަ އަހަރު ނިމުމުގެ ކުރިން، ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހުރިހާ ރަށެއްގައި ހެދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވައިގެން ތަރައްގީކުރާ އެއް ދާއިރާކަމަށެވެ. އެގޮތުން، އިންސާނީ ވަސީލަތުގެ […]
އައްޑޫސިޓީގެ ހަންކެޑެގައި ރިސޯޓެއް ރިސޯޓެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ. ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް އެރަށް ޓޫރިޒަމް މިނިސްޓްރީއަށް ހަވާލުކުރީ މިމަހު އެއް ވަނަ ދުވަހުގައެވެ. އެއާއެކު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޓުއަރިޒަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ކަމަށެވެ. އެގޮތުން މަދުވެގެން 1000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް […]
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް 10 މީހަކު ކުރިމަތިލައިފި އެވެ. މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލުމުން 10 މީހަކު އެ މަގާމަށް ކުރިމަތިލާފައި ވެއެވެ. އޭތެރޭގައި ކުރިން މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި […]
މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު […]











