ފަހުގެ

ސަފުހާ 132 / 192

ޙަބަރު

ށ. ފުނަދޫ އެއަރޕޯޓުގެ ހިދުމަތްތަށް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ށ އަތޮޅުގެ ރަށްތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފުނަދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު […]

ޙަބަރު

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ. އަސާސީ ބާވަތްތައް ހެޔޮއަގެއްގައި ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 23 ވާބަތެއް ހިމަނާފައިވާކަަން ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ. އެސްޓީއޯއިން އިއްޔެ ވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ފަށާފަ އެވެ. މި […]

ޙަބަރު

އަންނަ އަހަރުގެ ބަޖެޓުން، 500 މިލިޔަން ރުފިޔާ ސިއްހީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެކުރިން ނުދޭވަރަށް އިސްކަންދީފައިވާ […]

ޙަބަރު

ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ބަންޑުން ޖަހާލާފައިވަނީ، މާލޭން ފުރައިގެން ކ އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަކަމަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު އެވެ. ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާއިރު، ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކަނޑުއަޑިން މިއަދު ހެނދުނު ފެނިފަ އެވެ. […]

ޙަބަރު

ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަދު ވަބީ ފަށާފަ އެވެ. ރައީސް ވިދާޅުވީ، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، 8 […]

ޙަބަރު

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި ރޭ ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އަބުރުގެ ގާނޫނެއް ހުށައެޅުމަށް މަސައްކަތްކުރަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ. އުޝާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. މެމްބަރު ވިދާޅުވީ، އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިދިން ގަވާއިދުތަކުގެ ތެރެއިން ގަވާއިދަކަށް ނުހެދި މިހާރު އޮތީ އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު ކަމަށެވެ. އެހެންކަމުން އެ […]

ޙަބަރު

ށ ނަރުދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ނަރުދަމާއާއި ބަނދަރުގެ މައްސަލަކަމަށާ، މިކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނަރުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ. ރައީސް ވިދާޅުވީ، އެންމެ މުހިންމީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެގެން ދިއުންކަމަށެވެ. ފެނަކައިން މިމަސައްކަތް އަލުން ފަށާނެކަމަށާ، އެކަމަށް ވާންޖެހޭ ތައްޔާރީތައް […]

ޙަބަރު

ކަސްޓަމްސްއިން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ސިނގިރޭޓްތައް ވަގަށް ނެގި މައްސަލާގައި ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފި އެވެ. އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް […]

ޙަބަރު

އުރީދޫ މޯލްޑިވްސް އާއި ޕޭޕަލް ގުޅިގެން، އަންނަ އަހަރު ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން ނިންމައިފި އެވެ. އުރީދޫއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނައުމަށްޓަކާ އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުރީދޫން ބުނީ ޕޭޕަލް ހިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ހިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރި ކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓްތަކުން […]

ޙަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާ ބިންހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ތިން ޑްރެޖަރު ގެންނަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ. ރައީސް ވިދާޅުވީ، އެމްއޭސީއެލުން ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުންކަމަށެވެ. […]

ޙަބަރު

އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯދުމަށް ކަމާބެހޭ މިނިސްޓްރީން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. އެހެންކަމުން، […]