ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. ރައީސް މާވަށަށް ކުރެއްވި ދަތުރުފުގައި، ވަނީ އެރަށު މަގު ހެދުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން މާވަށުގެ […]
ފަހުގެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކޮށް ހިނގުމާ ގުޅެގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ މަޤަޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހޮކޮށްދިނުން ކަމަަށް ވުޒާރާއާ އިން ބުނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުމެއްކަން އަންގައިދޭ ޝާމިލް ލޯގޯ ބޭނުންކުރަން […]
ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ. ކަސްޓަމްސްއިން ބުނީ، އެއިދާރާގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. ވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ތަކެތި ނައްތާލީ ދޫނިދޫގައި މީޑިއާގެ ކުރިމަތީގަ އެވެ. ކަސްޓަމްސްއިން ތިން މިލިއަން ސިނގިރޭޓް ނައްތާލާފައިވާއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން […]
ލ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށެވެ. ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ މާވަށެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް […]
މިދިޔަ ސެޕްޓެމްބަރު މަހުވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، މާލެ ފްރަންޓްލައިން ޕޮލިސިންއަށް ޖުމްލަ 109 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ވައްކަމުގެ 71 މައްސަލައަކާއި، ފޭރުމުގެ 12 މައްސަލައެއް އަދިމާރާމާރީގެ 16 މައްސަލައަކާއި އެކްސިޑޓެންޓްގެ 10 މައްސަލައެކެެވެ. މިިދިޔަ މަހު 27،464 ލޮކޭޝަން ޗެކް ކުރިއިރު 86 ވެހިކަލް ޗެކްޕޮއިންޓުގައި މަސައްކަތް ކޮށްފައިވެއެވެ. މަގުމަތިން 5264 މީހަކު ހުއްޓުވައި ސުވާލުކުރި އިރު، […]
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާޗު28 އަށް ތާވަލްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އީސީގެ ރައީސް ވިދާޅުވީ މި ދެ އިންތިހާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތައް ވާން ޖެހޭ އިންތިހާބު ކަމަށެވެ. އެހެންކަމުން ދުރާލާ އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްދާ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އިންތިހާބާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރައްވަމުން ޒާހިދު […]
ސައިބަރ ކްރައިމްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ސައިބަރ ކްރައިމްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، އެފަދަ ކުށްތަކާއި އެކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރަން ނިންމާފައިވާ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ […]
އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 960 ޕާސްޕޯޓު ދޫކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ. އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ. އަދި 3897 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސްކޮށްފައެވެ. އެގޮތުން މާލެއިން 2115 ޕާސްޕޯޓް ދޫކޮށްފަވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ފާސްޕޯޓު ދޫކޮށްފައިވާ ކަމަށާއި ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް، ވިލިމާލެއިން 36 ޕާސްޕޯޓް މި މުއްދަތުގެ ތެރޭގައި ވަނީ ދޫކޮށްފައިވާ […]
10 ރަށެއްގައި ޖުމްލަ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްޓީސީގެ ފަރާތުން އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒާއި، ހުސައިން ނިހާދު އަދި އަސްލަމް ރަހާ އެވެ. މި އެއްބަސްވުމުގެ ދަށުން ފޮނަދޫގައި ފުޓްސަލް ދަނޑު ހެދުމާއި، […]
އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުގައި، ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދީފި އެވެ. އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމުވޯޓު ނެގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު އެވެ. އީސީއިން ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް […]
މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ. ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށްކަމަށްވާ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވާފައި ވެއެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، […]
ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާވެސް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ބަންޑުން ޖަހާލާފައިވަނީ، މާލޭން ފުރައިގެން ކ އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަކަމަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު އެވެ. ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާއިރު، ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކަނޑުއަޑިން މިއަދު ހެނދުނު ފެނިފަ އެވެ. ފުލުހުން ބުނީ، […]











