ފަހުގެ

ސަފުހާ 130 / 192

ސިއްޙީ

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ލ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، މުންޑޫ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާއި ހިއްސާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލުން ވިދާޅުވީ […]

އަޕްޑޭޓު
ސިއްޙީ

ލ. ކުނަހަންދޫ ގޮނޑދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަސްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. މީގެ ދަށުން، 14,680 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުރުމާއި، 120 މީޓަރުގެ 1,222 ރިވެޓްމެންޓެ ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޟްރޫއާ 36.07 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުން އެމްޓީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން […]

ޙަބަރު

ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާއި، މި މަޝްރޫއުގެ ކޮންޓްރެކްޓަރ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ […]

ސިއްޙީ

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި މިއަދު މި ފެށި މަސައްކަތަކީ، ރަށުގެ ހެލްތް ސެންޓަރު،ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެށެވެ. މިއަދު އެރަށުގައި އަމަލީ ގޮތުން މަސައްކަތް ފެށި، […]

ސިޔާސީ

ފެންބޮޑުވުމުގެ މައްސަލައަކީ ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫޢާއި ގުޅުވާލައިގެން އެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް […]

ޙަބަރު

ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާވަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން، ޑރ. އަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ. މި މަޝްރޫއުގެ ދަށުން، 38,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 445 […]

ޙަބަރު

ލާމު އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ރަށަކާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ލ އަތޮޅަށް މިހާރު ކުރައްވަމުން ގެއްދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ލ އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވައުދެއްކަމުގައިވާ، އެއަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީކުރެއްވުމުގެ މަޝްރޫއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން […]

ޙަބަރު

އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ވޯޓަށް ޖުމުލަ 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފިއެވެ. އަންނަ ހޮނިހިރު ދުވަހު ވޯޓު ނަގަނީ އައްޑޫ ފޭދޫގެ އިތުރުން ހުޅުދޫ އަދި މީދޫގައެވެ. އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައިވާ ގޮތުން، ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެ ކަމަށް ބޭނުންވާ ވޯޓު ކަރުދާސް މިހާރު ޗާޕުކޮށް ވަނީ ނިމިފައެވެ. ހުޅުދުއަށް 2،922 ވޯޓް ކަރުދާސް […]

ޙަބަރު

ޤައުމީ ދާރުލްއާސާރު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެކަމުގައި ލެންގުއޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ދާރުލްއާސާރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތަކީ އެއިމާރާތުގެ އެތެރެއާއި ބޭރު ސަރަޙައްދާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، އާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައިވެސް އާސާރުގެ ގޮތުގައި ދައްކަން ބެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. […]

ޙަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި މީހުންގެ ތެރެއިން 3 މީހަކަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލުމުން 10 މީހަކު އެ މަގާމަށް ކުރިމަތިލާފައި ވެއެވެ. އޭތެރޭގައި ކުރިން މޯލްޑިވްސް […]

ޙަބަރު

ލ. މާވަށުގައި ސިއްހީ ދާއިރާ ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ހިދުމަތް ދެވޭގޮތަށް އަމާޒުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން ހާމާކުރެއްވީ، އެމަނިކުފާނު ލ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ސިއްހީ މަރުކަޒުގެ ހދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި […]

ޙަބަރު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލުގެ މަސައްކަތް ކުރިޔަށްދިޔަ އިރު، ކޮމިޓީ ރޫމްގެ މައިކަކަށް ގެއްލުންދިން މައްސަލާގައި ތިން މެމްބަރެއްގެ އަތުން އަގު ނަގަން ނިންމައިފި އެވެ. މީޑިއާ ބިލުގެ މަސައްކަތް ކުރިޔަށްދިޔައިރު، ކޮމިޓީ ހޫނުވެ، މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒުކޮށް އަޑުގަދަކޮށްފައި ވެއެވެ. އެވަގުތު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މައިކު ކައިރިއަށް ވަޑައިގެން ވާހަކަދައްކަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ހެންވޭރު […]