ފަހުގެ

ސަފުހާ 134 / 192

ޙަބަރު

ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރުވެސް އެފުރުޞަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ. މިކަމަށް ހާއްސަކޮށްގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންނެވެ. ސަރުކާރުގެ ހަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި […]

ޙަބަރު

މިދިޔަ ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނުކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެންބަރު މަހުގެ 28 އިން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މި މުއްދަތުގައި ހުށައެޅި މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށައަޅާފައިވަނީ އިކޮމާސް […]

ޙަބަރު

މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން އެމީހާއަށް ބިރުދައްކައިގެން ފައިސާތަކެއް ހޯދި މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، ބަޔަކު މީހުން ވެގެން ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅެފައިވާ ކަމަށެވެ. މިކަން ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގަ އެވެ. މި މައްސަލާއާ ގުޅިގެން […]

ޙަބަރު

މިދިޔަ ސަރުކާރުން ވިއްކި 500 މިލިއަން އެމެރިކާ ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފިއެވެ. މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ސްކޫކަށް އަނބުރާ ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތަށް، ސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާގެ […]

ޙަބަރު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ އާންމު ވޯޓު ނެގުން މިމަހުގެ 25 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ވަނީ ހުށައަޅުއްވާފަ އެވެ. އެހެންކަމުން އެސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ރައީސް ނިންމެވީ މިިދޔަ […]

ޙަބަރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވިކަން ސާބިތުވެެ، އެއެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. ބައްސާމްގެ މައްޗަށް ދައުވާކޮށްފައިވަނީ، އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު އޭނަގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. މި މައްސަލާގައި ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ހިޔާނާތުގެ ކުށުގެ […]

ޙަބަރު

އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ. ރައީސްގެ މި ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށަކަށް ވަޑައިގެންނެވި އެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވާފައިވެ އެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް […]

ޙަބަރު

އދ. މަންދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަޝްރޫއުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ތުރުފުޅުގައި އެންމެ ފަހު ރަށް ކަމަށްވާ މަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. ރަށު ކައުންސިލާއި، ރައްޔިތުންނާއެކު މިއަދު، މަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، މަންދޫ ރައްޔިތުންގެ އާންމު އިޖުތިމާއީ […]

ޙަބަރު

ކުނބުރުދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ އދ ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ކުނބުރުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ވަނީ ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އަދި ސްކޫލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއެވެ. މި މަޝްރޫއުތަކުގެ […]

ޙަބަރު

އދ ކުނބުރުދޫ ސްކޫލުގައި ތިން ފަންގިފިލާގެ އައު އިމާރާތެއް ބިނާކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސް އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުނބުުރުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. މި […]

ޙަބަރު

އދ އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އޮމަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، އޮމަދޫ ސިއްހީ މަރުކަޒަށް 16 […]

ޙަބަރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބި، މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މިއަދު ކުރިޔަށްގެންދަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ބައިވެރިނުވާ މީހުންގެ މެދުގައި މިއަދު ގުރުއަތު ނެގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 73 އިން ފެށިގެން މަތިން މާރކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށްވުރެ […]