ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާ ވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އަދި އެދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ޙަބަރު
ފަހުގެ ޚަބަރުތައް
20 އަހަރުގެ މާސްޓާޕްލޭން އަކީ ހަމައެކަނި ކަރުދާހެއްގައި އޮންން އެއްޗަކަށް ނުހަދައި ޕްލޭން ހިމާޔަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގެ ރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމުގެގޮތުން، ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. “މި މައްސަލައަށް […]
ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރިކަމަށް ބުނާ މައްސަލަ އެއް އެވުޒާރާއިން ފުލުހުންނަށް ހުށަހަޅައިފިއެވެ. މިކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ގެދޮރުވެރިކަމާއި ބެހޭ ވުޒާރާހައި ހުރި ރަސްމީ ލިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރިކަމަށް އެ ވުޒާރާއިން ކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން25 ސެޕްޓެމްބަރު2026 ވަނަ ދުވަހުގެ19:18 ހާއިރު ފުލުހުން އެ ވުޒާރާއަށް ހާޒިރުވެފައި […]
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ. ނައިބު މިގޮތަށް ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި “ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް” ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްވި ބަޔާނުގައެވެ. ނައިބު ވަނީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ […]
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތައް އިސްމާޢީލް އިޒުޢާން އިބްރާހީމް، ޢާއިޝަތު ޒީކް ރިޔާޟް އަދި އާޔަން އަޙްމަދު ޢިނާން ހޯދައިފިއެވެ. ރައީސްގެ ދެ ކަނބަލުން ވަނީ މި މުބާރާތް ޝަރަފުވެރިކޮށްދެއްވާ ރަންވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދެއްވާފައެެވެ. މި މުބާރާތުގެ ޙާފިޡުންގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އިސްމާޢީލް އިޒުޢާން އިބްރާހީމް ހޯދާފައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ ޢާއިޝަތު ޒީކް ރިޔާޟްއެވެ. އަދި ބަލައިގެން […]
ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބިނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، ސުލްޙަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަމުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ، ރައީސް މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ. “ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ގުޅުން […]
މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ހޭނުމަށާއި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ވިލުންވެށި“ ހިލޭ އެހީގެ ޕްރޮގްރާމް، އަންނަ އަހަރުގެ ތެރޭގައި ކުންފުނިތަކަށް ވެސް ހުޅުވާލަން ނިންމައިފިއެވެ. މިކަން ހާމަ ކުރައްވާފައި ވަނީ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު އަލީ ޝަރީފު ނޫސް ވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ. ވަޒީރު ވިދާޅުވީ މިކަމަކީ އިނޮވޭޓިވް އައިޑިއާ ތަކަށް […]
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމަށާއި، ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުމާއި، ވުނަކުރުމާއި އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުޞަތުތަކެއް ފަހިވަމުންއެބަދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭގެ ޙަފުލާއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ސަޢޫދީ […]
ރާއްޖެ އާއި ބެލަރޫސްގެ ރައްޔިތުންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ މެކްސިމް ރީޒެންކޯވް އެވެ. މި އެއްބަސްވުމުގެ ދަށުން ދެ […]
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ބަނގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤު ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ބަނގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަނގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މި ދެ ޤައުމުގެ […]
އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ، ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ. ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގެ ޢާންމު މަޖިލީހުގެ ހޯލުގައި ކުރިއަށްދާ މި ޖަލްސާގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މަތީ ފަންތީގެ މި ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި، މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެކެވެ. އދ. ގެ […]
މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަހައްދު ބަނދުކުރމާއި ގުޅުގެން އެ ސަރަހައްދަށް ބަސް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވެސްޓަޕާކަށް ދިމާއަށް އޮންނަ ހަވީރި ހިނގުން މަގު ބަންދުކުރުމާއި ގުޅިގެން އޯކިޑް ރޫޓް އަދި އޮރެންޖް ހިޔާ ރޫޓްގެ ބަސްތައް ވެސްޓްޕާކް ބަސް ސްޓޯޕަށް މަޑުނުކުރާނެ ކަމަށެވެ. އެ ކުންފުނި ނެރުނު ބަޔާނުގައި ވަނީ ވެސްޓްޕާކާ ދިމާލުން […]










