ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ކެންޑިޑޭސީ ދޫކޮށްލައްވައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްދިޔަ “ދޮރުން ދޮރަށް” ކެމްޕެއިން ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިބްރާހިމް އަބޫބަކުރަކީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެންވެސް ވަރަށް […]
ޙަބަރު
ފަހުގެ ޚަބަރުތައް
މާލޭގެ މަސްޖިދުއްޒިކުރާ ހުރި ބިމުގައި، އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ ރަސްމީކޮށް މިއަދު އަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަލަށް ބިނާކުރާ މި މިސްކިތަކީ ތިން ފަންގިފިލާއަށް އިމާރާތްކުރާ، ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ އެކި ފަންގިފިލާތަކަށް އަރާފޭބުމުގައި ފަސޭހަކޮށްދިނުމަށްޓަކައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފަިއވާއިރު، މިސްކިތް ނިމުމުން އެއްފަހަރާ 1,500 މީހުންނަށް ނަމާދު ކުރެވޭނެއެވެ. […]
މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި “މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް” ގެ ނަމުގައި އާ މާރުކޭޓެއް އެޅުމަށް ހަވާލުކޮށްފިއެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ޓްރަސްޓެންގް މޯލްޑިވްސްއާ 126 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ. “މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް” ހެދުމަށް ހަމަޖެހިފައި ވަނީ ހަ ފަންގިފިލާގެ މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކޮށްފައިވާއިރު، 400 އަށް ވުރެ ގިނަ ސައިކަލު ބެހެއްޓޭނެ ޖާގަ […]
މާލޭގެ އުތުރު ފަރާތުގައި އޮންނަ ވިޔަފާރި ބަނދަރު (ނޯތު ހާބަރު) ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކޮށްފިއެވެ. އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު މައުލޫމާތުތަކެއް ކަމަށްވެސް […]
ހދ. ކުޅުދުއްފުށި ޕޯޓުން، ހއ. އުލިގަމުގައި ބަނދަރުކުރި ބޮޑު ޕަސެންޖަރ ލައިނާއަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މި ޚިދުމަތް ފޯރުކޮށްދީފައިވަނީ “ވާސްކޯ ޑަ ގާމާ” ނަމަކަށް ކިޔާ ޕަސެންޖަރ ލައިނާއަކަށެވެ. އެގޮތުން، މި ލައިނާގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއަކު 1,348 މީހުން ތިއްބެވެ. އުލިގަމަކީ ރާއްޖޭގެ އުތުރުން ބޭރުގެ ގިނަ އަދަދެއްގެ ކްރޫޒް ލައިނާތަކާއި ޔޮޓްތައް އަބަދުވެސް ބަނދަރުކުރާ މުހިންމު މަންޒިލެކެވެ. އެ ސަރަހައްދަށް އަންނަ […]
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަންނަން ފަށައިފި އެވެ. ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މާލޭގައި ހުންނަ ސެންޓަ ފޯ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ. މި ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޒަކާތް ބަލައިގަންނާނެ ވަގުތުތައް: ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުއެވެ. އެގޮތުން: 14 އަދި 15 […]
މ. ވޭވަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިފްކޯއިން މައުލޫމާތު ދެއްވާ ގޮތުގައި، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ. ވޭވަށުގައި ބިނާކުރާ […]
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 59 ބިދޭސީއަކު ބަލައި ފާސްކޮށް އޭގެ ތެރެއިން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ހެނދުނާއި ހަވީރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 59 […]
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބާއްވާ ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއް ކަމަށާއި، ނަތީޖާ ނެރެވޭ މަޖިލީހެއް ހޯދަން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. ދިޔާނާ މިހެން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް […]
ކައުންސިލްތަކުގެ ބާރު ކަނޑާލައި ސަރުކާރުން ހުރިހާކަމެއް ކުރުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން އިއްޔެ ބޭއްވި ސައިކަލު ބުރު ނިއްމާލުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރަށްރަށުގައި ހުރި ކޮންމެ ކަމަކީ އަަދި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން، ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ބޮޑު ފައިދާއެއް […]
ތ. ވޭމަންޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ވޭމަންޑޫގެ ބިން ހިއްކުމާއި، ބަނދަރު […]
ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ސަލާން ޖަހަންޖެހޭ ޖެހުން ނިމުމަކަށް އަންނަން ގާތްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރުމަށް އެކި މަސައްކަތްތަކެއް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނެރެވި، މައްސަލަ އޮތީ ހައްލުނުވެ ކަމަށް […]











