ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ބައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ. މި މައްސަލާގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފަ އެވެ. ނަމަވެސް، އެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ އިޖުރާއަތެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކަށަވަރުކޮށްދީފި އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، ގާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ 8 ވަނަ އިސްލާހުގެ ބިލު […]
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތު އައްޔަންކޮށްފިއެވެ. ޒިޔަތު މި މަގާމަށް އައްޔަންކުރިކަން އެމްޕީއެލް އިން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން ބޯޑު މެންބަރު ކަމަށް ވެސް ޒިޔަތު މިހާރު އައްޔަންކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އިބްރާހިމް ޒިޔަތަކީ […]
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން، ނިމިދިޔަ ހަފްތާގައި ޖުމްލަ 1،160 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމެނޭއިރު، އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ކުކުޅު ބިހެވެ. އެހެން ރޯދަ މަސްތަކާ ހިލާފަށް މި ރޯދައިގަ އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކަރާ އަދި ބިހެވެ. […]
ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލާފައިވާ އެރަށު ވިނަރެސް، ޙަސަން ފަވާޛު، ބަލިޙާލަތު ހުރިގޮތުން ޝަރުޠުތަކަކާއެކު ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ޖަލު ބަންދުގައި ހުރި ފަވާޛުގެ ބަންދަށް ލުއިދީފައިވަނީ، އޭނާގެ ޞިއްޙީ ޙާލަތާ ގުޅިގެން ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ […]
ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އަންނގަވައިފިއެވެ. ރައީސް މިހެން ވިދާޅުވީ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތުން މަރުވުމާ ގުޅިގެން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ފޮނުވި ތައުޒިޔާގެ މެސެޖުގައެވެ. މިމަހު 13 ގައި ހިނގި މި ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ނިޔާވެ، އިތުރު ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ދިގުރަށުގައި […]
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތައް މައްޗަށް ދިޔަ ނަމަވެސް، އާންމު ދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ތެޔޮ ކުރީގެ އަގުގައި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ. އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން، މަސްވެރިންނަށް […]
މާލޭގެ އަމީރު އަހުމަދު މަގުގައި، ޝަހީދު ހުސައިން އާދަމް ބިލްޑިންގާ އިންވެގެން އޮންނަ، ކުރީގެ ޣާޒީ ބިލްޑިންގް ހުރި ބިމުގައި ހިތްފަސޭހަ ޕާކެއް ނުވަތަ ޣާޒީ ޕާކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރަހައްދު ތަރައްގީ […]
ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުތަކުގެ ސަބަބުން ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ފަންނީ މަސައްކަތާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާ ގުޅިގެން، ފަސްޓް ލޭޑީ ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. މި ބިލަކީ މިދިޔަ މާޗް މަހުގެ 8 ވީ އާދިއްތަ ދުވަހު ބޭއްވި […]
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް ބޮޑެތި ދައުވާތަކެއްކޮށް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފި އެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލާގައި ސަނީގެ މައްޗަށް ފަސް ދަޢުވާއެއް ކުރުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތިން ދަޢުވާއަކާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއެއްގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު […]
ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެއް […]
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މާލޭގެ އުތުރު ފަރާތު ފަޅުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުން، މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 21 މާރޗް 2026 ގައެވެ. މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. މަސައްކަތް ކުރިއަށްދާއިރު ފަޅު […]











