ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 7 / 179

ޙަބަރު

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މި ސަރަޙައްދު ބޭނުންކުރާ ޢާންމު ރައްޔިތުންނަށާއި […]

ޙަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުގައި ކުރިން އަތުރާފައިވާ ގާތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަގުތަކުގެ އުމްރާނީ ފެންވަރު މަތިވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މާލޭގެ އެކި ސަރަހައްދުތަކަށް […]

ޙަބަރު

މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26އ) އެވެ. ފުލުހުން ވިދާޅުވީ، 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭއިން ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން މާލޭގެ ޓްރެފިކް […]

ޙަބަރު

މުދައްރިސުންގެ އަގުވަޒަންކޮށް، އައު ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި، އިންސާނީ ޙަޔާތް ބައްޓަންކުރުމުގައި އެދުރުން ދައްކުވައިދެއްވާ ސާބިތުކަމާއި، އޯގާތެރިކަމުގެ އިތުރުން ކުރައްވާ ބުރަ މަސައްކަތްޕުޅުތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދަރިން ތަރުބިއްޔަތުކޮށް ހެޔޮ މަގަށް އިރުޝާދު ދިނުމުގައާއި، ބަދަހި އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަނީ މުދައްރިސުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ […]

އަޕްޑޭޓު
ޙަބަރު

ކުރިމަގުގެ ޖީލުތައް ބައްޓަންކުރުމާއި، މުޖުތަމަޢު ބަދަހިކުރުމުގެ އިތުރުން ޤައުމު ބިނާކުރުމުގައި މުދައްރިސުން އަދާކުރައްވަނީ ނުހަނު މުހިންމު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ. ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ވަނީ، ޒުވާން ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ފޯރުކޮށްދެއްވާ ޢިލްމާއި، ދެއްވާ އިރުޝާދުގެ އިތުރުން އެބޭފުޅުން ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ކާމިޔާބުކުރުމަށާއި، މުޖުތަމަޢުގެ ކުރިއެރުމަށް […]

އަޕްޑޭޓު
ޙަބަރު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، ހ. މީނާޒް، އަލްފާޟިލް ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޝަމްޢޫން ޙަމީދަށް އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. ހުވައިކުރެއްވުމަށްފަހު، މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްޢޫން ޙަމީދާ ޙަވާލުކުރައްވާފައެވެ. އަލްފާޟިލް ޝަމްޢޫން ޙަމީދަކީ […]

ޙަބަރު

ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި، ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ޝަރަފްވެރި އެވޯޑުތައް ޙާޞިލްކުރި ދަސްވެނީންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ތަހުނިޔާ ވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، ޤައުމާއި މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ޙައްލުކުރުމުގައި ދަސްވެނީންގެ އީޖާދީ ވިސްނުން […]

ޙަބަރު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް އެއްކޮށް ނިންމައި މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން އަމީނީ މަގާއި، ޢިއްޒުއްދީން މަގު މަރާމާތުކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން، ސެގްމަންޓް 1 ގެ ދަށުން ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އާއި ތާރު ނެގުމަށްފަހު، 794.62 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި އޭބީސީ އެޅުމަށްފަހު އަލުން […]

ޙަބަރު

ނުރައްކާތެރިކޮން ދުއްވާ ސަރުކާރު މުވައްޒަފުންނަށް އިދާރީ ފިޔަވަޅު އަޅަން އެދޭނެ ކަމަށް ފުލުހުން ބުނެފިއެވެ. އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ މީހުން ދިވެހި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހު، […]

ޙަބަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މުހާރަށް އެންމެ މުހިންމު މަޝްރޫއުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި އިންޓަވިއުގައެވެ. ރައީސުލްޖުމްހޫރިއްޔާ ތިލަފުއްޓަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީގެވެ. ރައީސް ގެ ވާހަކަފުޅުގައި މި މަސައްކަތް ސަރުކާރުގެ ހުރިހާ ފަރާތްތަކާއި އަދި މިކަމުގައި […]

ޙަބަރު

ފުލުހުން ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން، ރެއިންފެށިގެން މިހާތަނަށް ހަތަރު ފުރޮޅުލީ 9 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތް މިރޭވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންވެ، މަގުމަތީގައި ގަވާއިދާ ހިލާފަށް އުޅަނދު ޕާކުނުކުރުމަށާއި، އަދި އެގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އެންމެހައި ފަރާތްތަކަށް ދިވެހި […]

ޙަބަރު

އާންމު ތަންތަމުގައި ނިވާކަން ކުޑަކޮށް އުޅޭ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިހާރަކަށް އައިސް، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއާ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައި އަދި އެނޫން އާންމު ތަންތަނުގައި އުޅޭކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި އަމަލުތަކަކީ މުޖުތަމައުގެ އާންމު ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއްކަމާއި، އޭގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަަސަލަސްކަމަށް […]